ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL)177-A2/1/2014/67
ޕަބްލިޝްކުރި ތާރީޚް: 10 ނޮވެންބަރު 2014
ޕަބްލިޝްކުރި ގަޑި: 16:41
ސުންގަޑި: 23 ނޮވެންބަރު 2014 14:30
ނޭޝަނަލް ސެންޓަރ ފޮރ ދި އާޓްސް
ދިވެހިރާއްޖެ
ވަޒީފާގެ ފުރުޞަތު

މަޤާމުގެ ނަން: މެނޭޖަރ   

މުސާރަ: 7500.00 ރުފިޔާ  

ކާޑު އެލަވަންސް: 40.00 ރުފިޔާ (ގަޑިނުޖެހި މަސައްކަތަށް ނުކުންނަ ކޮންމެ ދުވަހަކަށް)

އެލަވަންސް: 150.00 ރުފިޔާ (މަސައްކަތަށް ނުކުންނަ ކޮންމެ ދުވަހަކަށް)

މުއްދަތު: 01 އަހަރު

ބޭނުންވާ އަދަދު: 1

މަސައްކަތް ކުރަންޖެހޭ ތަން: ނެޝަނަލް ސެންޓަރ ފޮރ ދި އާޓްސް

ޝަރުޠު:

  1. މިޔުޒިކު ކުޅުމާއި މިޔުޒިކުގެ ދާއިރާގައި 25 އަހަރުގެ ތަޖުރިބާ ހުރުން.
  2. މިޔުޒިކު ބޭންޑެއް ހިންގުން ނުވަތަ ލީޑު ކުރުމުގެ ދާއިރާގައި 15 އަހަރު ދުވަހުގެ ތަޖުރިބާ ހުރުން.

މަޤާމުގައި އަދާކުރަންޖެހޭ މަސްއޫލިއްޔަތު:

- އެން.ސީ.އޭގެ ބޭންޑު ސުޕަވައިޒް ކުރުން.

- ޚާއްޞަ މުނާސަބާތަކުގައި ބޭންޑުގައި ޕާރފޯމް ކުރުން.

- އެން.ސީ.އޭ އިން ހިންގާ މިޔުޒިކު ދަސްކޮށްދޭ ކްލާސްތަކުގައި އިންސްޓްރަކްޓަރެއްގެ ގޮތުން މަސައްކަތްކުރުން.

މަޤާމުގެ ނަން: އިވެންޓް މެނޭޖަރ   

މުސާރަ:  10000.00 ރުފިޔާ

ކާޑު އެލަވަންސް: 40.00 ރުފިޔާ (ގަޑިނުޖެހި މަސައްކަތަށް ނުކުންނަ ކޮންމެ ދުވަހަކަށް)

އެލަވަންސް: 200.00 ރުފިޔާ (މަސައްކަތަށް ނުކުންނަ ކޮންމެ ދުވަހަކަށް)

މުއްދަތު: 01 އަހަރު

ބޭނުންވާ އަދަދު: 1

 

މަސައްކަތް ކުރަންޖެހޭ ތަން: ނެޝަނަލް ސެންޓަރ ފޮރ ދި އާޓްސް

ޝަރުޠު:

  1. އިވެންޓުތައް ރާވައި ހިންގުމުގެ ދާއިރާއިން 10 އަހަރުގެ ތަޖުރިބާ ލިބިފައިވުން.
  2. ޖީ.ސީ.އީ އޯލެވެލް ނިންމާފައިވުން.

މަޤާމުގައި އަދާކުރަންޖެހޭ މަސްއޫލިއްޔަތު:

- އެން.ސީ.އޭ އިން ކުރިއަށްގެންދާނެ އިވެންޓުތައް ކަނޑައަޅައި އެ އިވެންޓުތައް ކުރިއަށް ގެންދާނެ އުސޫލުތައް ކަނޑައެޅުން.

- ފަންނުވެރިކަމުގެ މަސައްކަތާ ގުޅޭ އެކި އިވެންޓުތައް ރާވައި ހިންގުން.

- ފަންނުވެރިކަމުގެ މަސައްކަތާ ގުޅޭ އިވެންޓްތަކަށް ފަންނީ ލަފަޔާއި އެހީތެރިކަން ދިނުން.

މަޤާމުގެ ނަން: ވޯކަލިސްޓް   

މުސާރަ: 5020.00 ރުފިޔާ

ކާޑު އެލަވަންސް: 40.00 ރުފިޔާ (ގަޑިނުޖެހި މަސައްކަތަށް ނުކުންނަ ކޮންމެ ދުވަހަކަށް)

އެލަވަންސް: 100.00 ރުފިޔާ (މަސައްކަތަށް ނުކުންނަ ކޮންމެ ދުވަހަކަށް)

މުއްދަތު: 01 އަހަރު

ބޭނުންވާ އަދަދު: 1

މަސައްކަތް ކުރަންޖެހޭ ތަން: ނެޝަނަލް ސެންޓަރ ފޮރ ދި އާޓްސް

ޝަރުޠު:

  1. ޖީ.ސީ.އީ އޯލެވެލް އިމްތިޙާނުގައި 2 މާއްދާއިން ދަށްވެގެން "ޑީ" ފާސް ލިބިފައިވުމާއެކު، ސެކަންޑަރީ ސްކޫލް ސެޓުފިކެޓު އިމްތިޙާނުގައި "ދިވެހި" މި މާއްދާއިން ދަށްވެގެން "ސީ" ފާސް ލިބިފައިވުމާއެކު، ނެޝަނަލް ސެންޓަރ ފޮ ދި އާޓްސް އިން ޤަބޫލުކުރާ ފެންވަރަށް ލަވަކިޔަން އެނގުމާއި އެކަމުގެ ހުނަރު ހުރުން. ނުވަތަ ނެޝަނަލް ސެންޓަރ ފޮ ދި އާޓްސްއިން ޤަބޫލުކުރާ ފެންވަރަކަށް މިޔުޒިކު އިންސްޓްރޫމަންޓް ކުޅެން އެނގުން.

މަޤާމުގައި އަދާކުރަންޖެހޭ މަސްއޫލިއްޔަތު:

- ސަރުކާރުގެ ރަސްމީ ހަފުލާތަކާއި ޤައުމީ މުނާސަބާތަކުގެ އިތުރުން އަމިއްލަ ފަރުދުންނާއި ޖަމްޢިއްޔާތަކުން ރާވާ އިޖްތިމާޢީ އެކިއެކި ހަފުލާތަކުގައި ލަވަ ކިޔުން.

- އެން.ސީ.އޭ އިން ތައްޔާރު ކުރަންޖެހޭ މިޔުޒިކާއި ލަވަ ރިކޯޑުކުރުން.

- އެން.ސީ.އޭ އިން ހިންގާ އެކިއެކި ހަރަކާތްތައް ރާވައި ހިންގުމުގައި އެހީތެރިވުން.

މަޤާމުގެ ނަން: މިއުޒިކު އިންސްޓްރަކްޓަރ   

މުސާރަ: 9000.00 ރުފިޔާ

ކާޑު އެލަވަންސް: 40.00 ރުފިޔާ (ގަޑިނުޖެހި މަސައްކަތަށް ނުކުންނަ ކޮންމެ ދުވަހަކަށް)

 އެލަވަންސް: 200.00 ރުފިޔާ (މަސައްކަތަށް ނުކުންނަ ކޮންމެ ދުވަހަކަށް)

މުއްދަތު: 01 އަހަރު

ބޭނުންވާ އަދަދު: 1

މަސައްކަތް ކުރަންޖެހޭ ތަން: ނެޝަނަލް ސެންޓަރ ފޮރ ދި އާޓްސް

ޝަރުޠު:

  1. މިޔުޒިކުގެ ދާއިރާގައި 30 އަހަރުގެ ތަޖުރިބާ ލިބިފައިވުން.
  2. މިޔުޒިކު ދަސްކޮށްދިނުމުގެ ދާއިރާގައި 20 އަހަރުގެ ތަޖުރިބާ ލިބިފައިވުން.

މަޤާމުގައި އަދާކުރަންޖެހޭ މަސްއޫލިއްޔަތު:

- އެން.ސީ.އޭ އިން ހިންގާ އެކިއެކި މިޔުޒިކު ޕްރޮގުރާމުތަކުގައި ކިޔަވައިދިނުން.

- އެން.ސީ.އޭ ބޭންޑުގެ މެންބަރުންނަށް މިޔުޒިކް ދަސްކޮށްދިނުން.

- އެން.ސީ.އޭގެ މިޔުޒިކް ބޭންޑުގައި ޕާރފޯމް ކުރުން.

މަޤާމުގެ ނަން: ކީބޯޑިސްޓް   

މުސާރަ: 5020.00 ރުފިޔާ  

ކާޑު އެލަވަންސް: 40.00 ރުފިޔާ (ގަޑިނުޖެހި މަސައްކަތަށް ނުކުންނަ ކޮންމެ ދުވަހަކަށް)

އެލަވަންސް: 100.00 ރުފިޔާ (މަސައްކަތަށް ނުކުންނަ ކޮންމެ ދުވަހަކަށް)

މުއްދަތު: 01 އަހަރު

ބޭނުންވާ އަދަދު: 1

މަސައްކަތް ކުރަންޖެހޭ ތަން: ނެޝަނަލް ސެންޓަރ ފޮރ ދި އާޓްސް

ޝަރުޠު:

  1. ޖީ.ސީ.އީ އޯލެވެލް އިމްތިޙާނުގައި 2 މާއްދާއިން ދަށްވެގެން "ޑީ" ފާސް ލިބިފައިވުމާއެކު، ސެކަންޑަރީ ސްކޫލް ސެޓުފިކެޓު އިމްތިޙާނުގައި "ދިވެހި" މި މާއްދާއިން ދަށްވެގެން "ސީ" ފާސް ލިބިފައިވުމާއެކު، ނެޝަނަލް ސެންޓަރ ފޮ ދި އާޓްސްއިން ޤަބޫލުކުރާ ފެންވަރަށް ލަވަކިޔަން އެނގުމާއި އެކަމުގެ ހުނަރު ހުރުން. ނުވަތަ ނެޝަނަލް ސެންޓަރ ފޮ ދި އާޓްސްއިން ޤަބޫލުކުރާ ފެންވަރަކަށް މިޔުޒިކު އިންސްޓްރޫމަންޓް ކުޅެން އެނގުން.

މަޤާމުގައި އަދާކުރަންޖެހޭ މަސްއޫލިއްޔަތު:

- ސަރުކާރުގެ ރަސްމީ ހަފުލާތަކާއި ޤައުމީ މުނާސަބާތަކުގެ އިތުރުން އަމިއްލަ ފަރުދުންނާއި ޖަމްޢިއްޔާތަކުން ރާވާ އިޖްތިމާޢީ އެކިއެކި ހަފުލާތަކުގައި މިޔުޒިކު ހުށަހެޅުން.

- އެން.ސީ.އޭ އިން ތައްޔާރުކުރަންޖެހޭ މިޔުޒިކާއި ލަވަ ރިކޯޑުކުރުން.

- އެން.ސީ.އޭ އިން ހިންގާ އެކިއެކި ހަރަކާތްތައް ރާވައި ހިންގުމުގައި އެހީތެރިވުން.

ނޯޓް:

- މި މަޤާމުތަކަށް ޝަރުޠު ހަމަވާ މީހެއް ހޮވުމުގައި މަޤާމާ ގުޅޭ ދާއިރާއެއްގައި މަސައްކަތް ކޮށްފައިވާ މީހުންނަށް އިސްކަންދެވޭނެއެވެ.

- މި މަޤާމުގެ އިންޓަރވިއު އޮންނާނީ ނެޝަނަލް ސެންޓަރ ފޮރ ދި އާޓްސްގެ މީޓިންގރޫމުގައެވެ.

- މި ވަޒީފާއަށް ޝަރުޠުހަމަވާ ފަރާތްތަކުގެ އަދަދު 10 އަށްވުރެ ގިނަނަމަ، ތަޢުލީމާއި ތަޖުރިބާއަށް އަދި މި މަސައްކަތަށް ބޭނުންވާ ހުނަރަށް ބެލުމަށްފަހު، އިންޓަރވިއު ކުރެވޭނީ ޝޯޓްލިސްޓު ކުރެވޭ 10 ފަރާތާއެވެ.

ހުށަހަޅަންޖެހޭ ލިޔުންތައް:

  • ވަޒީފާއަށް އެދި ހުށަހަޅާ ފޯމު.
  • ވަޒީފާއަށް އެދޭ ފަރާތަށް ލިބިފައިވާ ތަޢުލީމާއި ތަމްރީނު ދެނެގަތުމަށް ބޭނުންވާ ލިޔުންތަކާއި (އެކްރެޑިޓްކޮށް ފައިވާކަމަށް ތައްގަނޑު ޖަހާފައިވާ ކޮޕީގެ އަސްލު) އަދި މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތް ކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް 
  • ވަޒީފާއަށް އެދޭ ފަރާތުގެ ކާކުކަން އަންގައިދޭ ކާޑުގެ ދެފުށް ފެންނާނޭ ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީ.
  • ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ސީވީ).
  • ސުންގަޑި: 2014 ނޮވެންބަރު 23 ވާ އާދީއްތަ ދުވަހުގެ 14:30 ގެ ކުރިން ނެޝަނަލް ސެންޓަރ ފޮރ ދި އާރޓްސް އަށް.
  • ވަޒީފާއަށް އެދޭ ފޯމު ނެޝަނަލް ސެންޓަރ ފޮރ ދި އާރޓްސްގެ ކައުންޓަރުން ލިބިވަޑައިގަންނަވާނެއެވެ.
  • އިތުރު މަޢުލޫމާތު ސާފު ކުރެއްވުމަށް ގުޅުއްވާނީ 3310729 އަށް

17 މުޙައްރަމް 1436

10 ނޮވެންބަރު 2014