މަސައްކަތް
ނަންބަރު: K7C-A/2022/10
ޕަބްލިޝްކުރި ތާރީޚް: 13 ނޮވެންބަރު 2022
ޕަބްލިޝްކުރި ގަޑި: 12:28
ސުންގަޑި: 04 ޑިސެންބަރު 2022 10:00
މުލަކަތޮޅު ކޮޅުފުށީ މެޖިސްޓްރޭޓް ކޯޓު
ދިވެހިރާއްޖެ
މ. ކޮޅުފުށީ މެޖިސްޓްރޭޓް ކޯޓުގެ ބައެއް ދިޔަދޮވިތަކާއި، ބައެއް ނަލަފިލާ ބަދަލުކުރުމުގެ މަސައްކަތް އަމިއްލަ ތަކެތީގައި ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ.

މުލަކަތޮޅު ކޮޅުފުށީ މެޖިސްޓްރޭޓް ކޯޓު

    މ. ކޮޅުފުށި،

  ދިވެހިރާއްޖެ.

                                                                   ނަންބަރު: K7C-A/2022/10

އިޢުލާން

    މ. ކޮޅުފުށީ މެޖިސްޓްރޭޓް ކޯޓުގެ ބައެއް ދިޔަދޮވިތަކާއި، ބައެއް ނަލަފިލާ ބަދަލުކުރުމުގެ މަސައްކަތް އަމިއްލަ ތަކެތީގައި ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ.

            މ. ކޮޅުފުށީ މެޖިސްޓްރޭޓް ކޯޓުގެ ބައެއް ދިޔަދޮވިތަކާއި، ބައެއް ނަލަފިލާ ބަދަލުކުރުމުގެ މަސައްކަތް އަމިއްލަ ތަކެތީގައި ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެގެން މި ކޯޓުންކުރި (ނަންބަރު: K7C-A/2022/05) އިއުލާނާއި ގުޅިގެން އެއްވެސް ފަރާތްތުން މަޢުލޫމާތު ސާފުކުރުމަށް ދުރުވެފައިނުވާތީ އެމަސައްކަތަށް އަލުން ފުރުޞަތު ހުޅުވާލަމެވެ.

            ވީމާ މިކަމަށް ޝަޢުޤުވެރިކަންހުރި ޤާބިލު ފަރާތްތަކުން 23ނޮވެމްބަރ 2022 ވަނަ ދުވަހުގެ 10:00 އަށްމިކޯޓަށް ނުވަތަ މ. މުލީ މެޖިސްޓްރޭޓް ކޯޓަށް ދުރުވެ މަޢުލޫމާތު ސާފުކުރެއްވުމަށްފަހު ތިރީގައިވާ ގޮތުގެ މަތީން އަންދާސީ ހިސާބު ހުށަހެޅުމުގެ ފުރުސަތު ވަނީ ހުޅުވާލެވިފައެވެ.

އަންދާސީ ހިސާބު ހުށަހެޅުން

            މި މަސައްކަތުގެ އަންދާސީ ހިސާބު ބަލައިގަތުމާއި، އަންދާސީ ހިސާބުތައް ހުޅުވުން އޮންނާނީ 04 ޑިސެމްބަރ 2022 ވަނަ ދުވަހުގެ 10:00ގައި މިކޯޓު ނުވަތަ މ.މުލީ މެޖިސްޓްރޭޓް ކޯޓުގައެވެ. އަންދާސީ ހިސާބުތައް ހުންނަންވާނީ ސިޓީއުރައެއްގައި ބަންދުކުރެވިފައެވެ. ސިޓީއުރައިގެ ބޭރުގައި މަސައްކަތުގެ ނަން، ތާރީޚާއި ވަޤުތު އަދި އަންދާސީ ހިސާބު ހުށަހަޅާ ފަރާތުގެ ނަން ލިޔެވިފައި އޮންނަންވާނެއެވެ. މިމަސައްކަތަށް ކުރިމަތިލެވޭނީ ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ޤާނޫނު (ޤާނޫނު ނަންބަރު: 2014/18) ގެ ދަށުން ރަޖިސްޓްރީ ކުރެވިފައިވާ ކުންފުނިތަކަށާއި، އަމިއްލަ ފަރުދުންގެ ވިޔަފާރި ޤާނޫނު (ޤާނޫނު ނަންބަރު: 2014/19) ގެ ދަށުން ވިޔަފާރި ރަޖިސްޓްރީ ކުރެވިފައިވާ ފަރާތްތަކަށެވެ. އަންދާސީ ހިސާބު ހުށަހެޅުވުމަށް، ވިޔަފާރީގެ ވެރިފަރާތުގެ ބަދަލުގައި ވަޑައިގަންނަވާ ބޭފުޅެއްނަމަ، ވެރިފަރާތުގެ ސިޓީއެއް ގެންނެވުން އެދެމެވެ. މަޢުލޫމާތު ސާފުކުރެއްވުމަށާއި، އަންދާސީ ހިސާބު ހުށަހެޅުއްވުމަށް ވަޑައިގަންނަވާ ފަރާތްތަކުން، ވިޔަފާރީގެ ރަޖިސްޓްރީގެ ކޮޕީއާއެކު އައިޑީ ކާޑު ގެންނެވުން އެދެމެވެ. އަދި މަޢުލޫމާތު ސާފުކުރެއްވުމަށާއި، އަންދާސީ ހިސާބު ހުށަހެޅުއްވުމަށް ގަޑިއަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީ ހިސާބުތައް ބަލައިނުގަނެވޭނެ ވާހަކަވެސް ދެންނެވީމެވެ.

13 ނޮވެންބަރު 2022