ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)471-HDS3/471/2022/279
ޕަބްލިޝްކުރި ތާރީޚް: 13 ނޮވެންބަރު 2022
ޕަބްލިޝްކުރި ގަޑި: 12:21
ސުންގަޑި:
29 ޑިސެންބަރު 2022 23:59
މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ
ދިވެހިރާއްޖެ
ދިވެހިރާއްޖެ
ޅ.މާފިލާފުށީގައިހުރި ގޯތިގެދޮރަށް ބަދަލު ދިނުން
އިޢްލާން
ޅ.މާފިލާފުއްޓަކީ މީހުން ދިރިނޫޅޭ ރަށެއްގެ ގޮތުގައި 5 އޭޕްރީލް 2011 ގައި ސަރުކާރުން ނިންމަވާފައިވާ ރަށެކެވެ. އެހެންކަމުން އޭރު އެރަށުގައި ދިރިއުޅުނު، އަދި އަމިއްލަނަމުގައި ގޯތި އޮތް ފަރާތްތަކަށް ބަދަލުދިނުމަށް 2014 ވަނަ އަހަރު މިމިނިސްޓްރީން ކުރި ނަންބަރ (IUL)138-DS1/138/2014/76 (14 ނޮވެންބަރ 2014) އިޢުލާނަށް އިޖާބަ ދެއްވާފައިނުވާ 31 ފަރާތް ތިއްބެވުމާއިގުޅިގެން، އެފަރާތްތަކަށް ފުރުޞަތެއްދިނުމުގެ ގޮތުން، 29 ޑިސެންބަރ 2022 ގެ ކުރިން ގޯތީގެ ބަދަލުގައި ގޯތިބޭނުންވާ ރަށެއް މިމިނިސްޓްރީއަށް ސިޓީ އަކުން ފޮނުއްވުމަށް އާންމުކޮށް އަންގާ އިޢުލާންކުރީމެވެ.
ގޯތިބޭނުންވާ ރަށް ބަޔާންކޮށް، ގޯތީގެ ވެރިފަރާތުން ސޮއިކޮށް ފޮނުވާ ސިޓީއާއިއެކު ހުށަހަޅަންޖެހޭ ލިޔެކިޔުން.
- މާފިލާފުށީގައި އޮތްގޯތީގެ ރަޖިސްޓްރީގެ ކޮޕީ
- ގޯތީގެ ވެރިފަރާތުގެ އައިޑީ ކާޑުގެ ކޮޕީ
13 ނޮވެންބަރު 2022