ދިވެހިރާއްޖެ
އަންދާސީހިސާބު ބޭނުންވެއްޖެ.
މި ކައުންސިލްގެ ނަންބަރު: (IUL)354/354/2022/26 (8 ނޮވެމްބަރ 2022) އިޢުލާނުގައިވާ ތާރީޚްތަކަށް ބަދަލުގެނައުމަށްފަހު އަލުން އިޢުލާނުކުރީމެވެ.
މިނިސްޓްރީ އޮފް ޔޫތް، ސްޕޯރޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓްގެ ފަރާތުން އދ.ދިއްދޫގައި ތަރައްޤީކުރުމަށް ހަމަޖެހިފައިވާ ފުޓްސަލް ދަނޑުގެ މަސައްކަތް، މި އިދާރާއިން ދޭ ކުރެހުންތަކާއި އެއްގޮތަށް ކޮށްދޭނެފަރާތެއް ހޯދުމަށް ބޭނުންވެއެވެ. މަޢުލޫމާތު ސާފުކުރުމާއި އަންދާސީ ހިސާބު ހުށަހެޅުން އޮންނާނީ ތިރީގައިމިވާ ވަގުތުތަކުގައެވެ.
|
ތަން |
ދުވަސް |
ތާރީޚް |
ގަޑި |
މަޢުލޫމާތު ދިނުމުގެ ބައްދަލުވުން
|
އދ.ދިއްދޫ ކައުންސިލްގެ އިދާރާ |
ހޯމަ |
21 ނޮވެމްބަރ 2022 |
13:00
|
އަންދާސީ ހިސާބު ހުށަހެޅުމާއި ބީލަން ހުޅުވުން
|
އދ.ދިއްދޫ ކައުންސިލްގެ އިދާރާ |
ހޯމަ |
28 ނޮވެމްބަރ 2022 |
11:00 |
ވީމާ، މި މަސައްކަތަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 13 ނޮވެމްބަރ 2022 ވާ އާދީއްތަ ދުވަހުން ފެށިގެން 27 ނޮވެމްބަރ 2022 ވާ އާދީއްތަ ދުވަހުގެ ނިޔަލަށް މި ކައުންސިލްގެ ފޯނު ނަންބަރ 6680057 އަށް ގުޅުއްވައިގެން ނުވަތަ 9967152 އަށް މެސެޖުކުރައްވައިގެން ބީލަމަށް ރަޖިސްޓްރީކުރައްވައި، މަޢުލޫމާތު ކަރުދާހުގައިވާ ގޮތުގެމަތިން އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.
19 ރަބީޢުލްއާޚިރް 1443
13 ނޮވެމްބަރ 2022
އަޙްމަދު މުޙައްމަދު
ކައުންސިލްގެ ރައީސް