ދިވެހިރާއްޖެ
އިޢުލާން
އުނގޫފާރު ރީޖަނަލް ހޮސްޕިޓަލުގެ އޯޕީޑީ އިމާރާތުގައި ރިސެޕްސަން ކައުންޓަރ އެއް ހެދުމާއި ރިސެޕްސަން އޭރިޔާގައި ކުރަންހުރި
މަސައްކަތްކޮށްދޭނޭ ފަރާތެއް ހޯދުމަށް
އުނގޫފާރު ރީޖަނަލް ހޮސްޕިޓަލުގެ އޯޕީޑީ އިމާރާތުގައި ރިސެޕްސަން ކައުންޓަރ އެއް ހެދުމާއި ރިސެޕްސަން އޭރިޔާގައި ކުރަންހުރި މަސައްކަތްކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއްޖެއެވެ.
ވީމާ، މިކަމަށް ޝައުޤުވެރިވާ ފަރާތްތަކުން ތިރީގައި ދެންނެވިފައިވާގޮތަށް ނަންނޯޓް ކުރުމާއި މަޢުލޫމާތު ސާފުކުރެއްވުމަށްފަހު އަންދާސީ ހިސާބު ހުށައެޅުއްވުން އެދެމެވެ.
ނަންނޯޓް ކުރެއްވުން |
ބީލަން ހުށަހެޅުމަށް ރެޖިސްޓްރީ ކުރުން (ގެޒެޓް ކުރެވިފައިވާ ރެޖިސްޓްރޭޝަން ޝީޓް މެދުވެރިކޮށް( ތާރީޚް: (މުއްދަތު) – 11 ނޮވެމްބަރ 2022 ވާ ހުކުރު ދުވަހުން ފެށިގެން 21 ނޮވެމްބަރ 2022 ވާ ހޯމަ ދުވަހުގެ 13:00 ގެ ނިޔަލަށް އީމެއިލް: [email protected] ފޯނު ނަންބަރ: 6583712 |
މައުލޫމާތު ދިނުން |
ބީލަމާއި ގުޅިގެން ސާފުކުރަންޖެހޭ މަޢުލޫމާތެއް ވާނަމަ އެސުވާލެއް ފޮނުވަންވާނީ، 23 ނޮވެމްބަރ 2022 ވާ ބުދަ ދުވަހުގެ 13:00 ގެ ކުރިން ތިރީގައި އެވާ އީމެއިލް އެޑްރެހަށެވެ. އީމެއިލް: [email protected] ފޯން: 9650885 |
އަންދާސީ ހިސާބު ހުށައެޅުއްވުން |
އަންދާސީ ހިސާބު ހުށަހަޅަންޖެހޭނީ ތިރީގައިވާ ދުވަހުގެ އެގަޑިއަށް އުނގޫފާރު ރީޖަނަލް ހޮސްޕިޓަލަށެވެ. ތާރީޙް: 24 ނޮވެމްބަރ 2022 ވާ ބުރާސްފަތި ދުވަސް ގަޑި: 13:00( މެންދުރު( |
މިއިއުލާނާއި ގުޅޭ މައުލޫމާތު އެޓޭޗްމަންޓުގައި ގެޒެޓް ކުރެވިފައިވާނެއެވެ. އަދި ނަންނޯޓް ނުކުރާ ފަރާތްތަކަށް އަންދާސީ ހިސާބު ހުށަހެޅުމުގެ ފުރުޞަތު ނުދެވޭނެ ވާހަކަ މަޢުލޫމާތަށްޓަކައި ދެންނެވީމެވެ. އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް 6583712 އަށް ގުޅުއްވުން އެދެމެވެ.