ދެންނެވުން
ނަންބަރު: (IUL)142-A1/142/2022/219
ޕަބްލިޝްކުރި ތާރީޚް: 10 ނޮވެންބަރު 2022
ޕަބްލިޝްކުރި ގަޑި: 16:25
ސުންގަޑި: 15 ޑިސެންބަރު 2022 14:00
މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒް
ދިވެހިރާއްޖެ
މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒުން ގަނެފައިވާ މުދަލާއި ހޯދާފައިވާ ޚިދުމަތްތަކާއި ކުރުވާފައިވާ މަސައްކަތްތަކުގެ ބިލްތަކާއި ގުޅޭ

އިޢުލާން

01 ޖަނަވަރީ 2022 ގެ ކުރިން މިމިނިސްޓްރީން ގަނެފައިވާ މުދަލާއި ހޯދާފައިވާ ޚިދުމަތްތަކާއި ކުރުވާފައިވާ މަސައްކަތްތަކާއި ގުޅިގެން އެއްވެސް ފަރާތަކަށް ދޭންޖެހޭ ފައިސާއެއް ނުދެވިވާނަމަ 29  ޑިސެންބަރު 2022  ވާ ބުރާސްފަތި ދުވަހުގެ 14:00 ގެ ކުރިން އިންވޮއިސް އެ މުޢާމަލާތާއި ގުޅޭ ލިޔެކިޔުންތައް [email protected]  އަށް މެއިލްކޮށްދެއްވުން އެދެމެވެ.

 

އަދި 2022 ވަނަ އަހަރުގެ ތެރޭ މިމިނިސްޓްރީން ގަނެފައިވާ މުދާ އަދި ހޯދާފައިވާ ޚިދުމަތްތަކާއި ކުރުވާފައިވާ މަސައްކަތްތަކުގެ ބިލްތައް 15  ޑިސެންބަރު 2022  ވާ ބުރާސްފަތި ދުވަހުގެ 14:00 ގެ ކުރިން މި މިނިސްޓްރީއަށް ޕާރޗާސް އޯޑަރއާއެކު ފޮނުއްވައި ދެއްވުމަށް އެދި ދެންނެވީމެވެ.

 

 އަދި ދަންނަވަމެވެ. މި އަހަރުގައި ކުރުމަށް ހަމަޖެހިފައިވާ ޚަރަދެއް މި ފެށޭ އަހަރު ކުރަން ޖެހިއްޖެނަމަ އެކަން ކުރެވެން އަންނަނީ މިނިސްޓްރީ އޮފް ފިނޭންސްގެ ޚާއްޞަ ހުއްދައެއްގެ ދަށުން ކަމަށް ވާތީ، 01 ޖަނަވަރީ 2022 ގެ ކުރީގެ ބިލްތަކާއި 2022 ވަނަ އަހަރުގެ ބިލްތަކުގެ ތެރެއިން އަހަރު ނިމޭފަހުން އަންނަ ބިލްތަކަށް ފައިސާ ދެއްކުމުގައި ދަތިތަކެއް ދިމާވުމަކީ އެކަށީގެންވާ ކަމެކެވެ.

10 ނޮވެންބަރު 2022