ޢާންމު މަޢުލޫމާތު
ނަންބަރު: TCL/IUL/14/1022
ޕަބްލިޝްކުރި ތާރީޚް: 10 ނޮވެންބަރު 2014
ޕަބްލިޝްކުރި ގަޑި: 15:10
ސުންގަޑި: 20 ނޮވެންބަރު 2014 15:00
ތިލަފުށި ކޯޕަރޭޝަން ލިމިޓެޑް
ދިވެހިރާއްޖެ
ކ.ތިލަފުށީގެ މައިމަގުތައް މަރާމާތުކޮށް ފަސް އެއްވަރުކުރުމުގެ މަސައްކަތާ ގުޅޭ

ކ. ތިލަފުށީގެ މަގުތައް މަރާމާތުކޮށް ފަސް އެއްވަރު ކުރުމުގެ މަސައްކަތެއް ފެށުމުގެ އިންތިޒާމު މިހާރު ކުރެވެމުންދާތީ، ތިލަފުށީގެ މަގުތަކުގައި އެކިއެކި ފަރާތްތަކުން ވަޅުލާފައިހުރި ހުރިހާ ބާވަތެއްގެ ކޭބަލާއި ޕައިޕްތަކާއި މިނޫންވެސް މިފަދަ ތަކެއްޗަށް ލިބިދާނެ ގެއްލުމަކުން އެތަކެތި ސަލާމަތް ކުރުމަށްޓަކައި މިފަދަ ހުރިހާ އެއްޗެއްގެ ބާވަތާއި، މިތަކެތި ވަޅުލާފައިވާ ތަންތަނާއި ވަޅުލާފައިވާ ފުންމިން އެނގޭނޭ ގޮތުގެ ތަފުސީލީ ޗާޓެއް ނުވަތަ ކުރެހުމެއް ނުވަތަ އެތަކެތީގެ ތަފުސީލީ މަޢުލޫމާތު، އެތަކެތީގެ ވެރި ފަރާތްތަކުން 20 ނޮވެންބަރު 2014 ގެ ކުރިން މިކުންފުނީގެ ޕްރޮޖެކްޓްސް ޑިޕާޓްމަންޓަށް ސިޓީއަކާއެކު ހުށަހެޅުއްވުމަށް ދަންނަވަމެވެ. މިތާރީޚާ ހަމައަށް މަތީގައި ދެންނެވުނު މަޢުލޫމާތުތައް ފޯރުކޮށްނުދެވިވާ ފަރާތްތަކުގެ އެފަދަ ތަކެއްޗަށް، މަގުތައް މަރާމާތު ކުރުމުގެ މަސައްކަތުގެ ތެރޭގައި ލިބިދާނެ އެއްވެސް ގެއްލުމެއްގެ ޒިންމާ މިކުންފުނިން ނުއުފުލާނެ ވާހަކަވެސް ދެންނެވީމެވެ.

ބިމުން މައްޗަށް ފެންނަ ގޮތަށް މަގުމަތީގައި ހުރި މިފަދަ ތަކެއްޗާއި މިނޫންވެސް އެހެނިހެން ބާވަތް ބާވަތުގެ ހުރިހާ މުދަލަކާއި ސާމާނަކާއި ތަކެތި ވެސް 20 ނޮވެންބަރު 2014 ގެ ކުރިން ނެންގެވުމަށް އެތަކެތީގެ ވެރިންނަށް ދަންނަވަމެވެ. 20 ނޮވެންބަރު 2014 ގެ ފަހުން ނުނަންގަވާ ހުންނަ މިފަދަ ސާމާނާއި މުދަލާއި ތަކެއްޗާމެދު ޤާނޫނީ ދާއިރާގެ ތެރެއިންނާއި މިކުންފުންޏަށް ލިބިދޭ އިޚުތިޔާރުގެ ދަށުން ފިޔަވަޅު އެޅޭނޭ ވާހަކަވެސް ދަންނަވަމެވެ. 

17 މުޙައްރަމް 1436

10 ނޮވެންބަރު 2014