ދިވެހިރާއްޖެ
ވަޒީފާގެ ފުރުސަތު
މަޤާމު: ސީނިއަރ ޕަބްލިކް ރިލޭޝަންސް އޮފިސަރ
ބޭނުންވާ އަދަދު: 1
ރޭންކް: އެމް.އެސް 3
ކްލެސިފިކޭޝަން: ސީނިއަރ ޓެކްނިކަލް އޮފިސަރ ގްރޭޑް 1
މުސާރަ: -/7035 ރުފިޔާ
ސަރވިސް އެލަވަންސް: -/2000 ރުފިޔާ
ވަޒީފާ އޮތް އޮފީސް: މިނިސްޓްރީ އޮފް އެޑިޔުކޭޝަން
ގިންތި: ދާއިމީ
ވަޒީފާ އަދާކުރާ ސެކްޝަނާއި ތަން: ޕަބްލިކޭޝަން އެންޑް މީޑިޔާ ޔުނިޓް، މިނިސްޓަރުގެ ބިއުރޯ، މިނިސްޓްރީ އޮފް އެޑިޔުކޭޝަން، މާލެ
ވަޒީފާގައި ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް:
- މިނިސްޓަރ، ރައްޔިތުންގެ މަޖިލީހަށް ޖަވާބުދާރީވުމަށް ބޭނުންވާ މަޢުލޫމާތުތައް ހޯދައި ތައްޔާރުކުރުން.
- މިނިސްޓަރ، އަތޮޅުތެރެއަށާއި ރާއްޖެއިން ބޭރަށް ކުރައްވާ ދަތުރުފުޅުތަކާ ގުޅިގެން އެއްކުރަންޖެހޭ މަޢުލޫމާތުތައް އެއްކޮށް، ދަތުރުފުޅާގުޅޭ މަޢުލޫމާތު ފައިލެއް ނުވަތަ ފޮތެއް ތައްޔާރުކޮށް، އެ ދަތުރުފުޅެއް ފެށުމުގެ ކުރިން މިނިސްޓަރަށް އެރުވުން.
- ސީނިއަރ މެނޭޖްމަންޓުގެ ބައްދަލުވުންތަކުގެ އެޖެންޑާ ތައްޔާރުކުރުމާއި، ޔައުމިއްޔާ ލިޔެ ބެލެހެއްޓުމާއި، އެ ބައްދަލުވުންތަކުން ނިންމާ ކަންތައްތައް ތަންފީޒުވަމުންދާގޮތުގެ މަޢުލޫމާތު ހޯދުން.
- އެކިއެކި މުނާސަބަތުތަކާއި ޖަލްސާތަކުގައި މިނިސްޓަރ ދެއްވާ ސްޕީޗްތަކާއި ޚިޠާބުތައް ތައްޔާރުކުރުކުރުމާއި، ސްޕީޗްދެއްވައި ނިމުމުން ފައިލްކޮށް ބެލެހެއްޓުން.
- މިނިސްޓަރ ބައިވެރިވެވަޑައިގަންނަވާ ރަސްމިއްޔާތުތަކުގެ މަޢުލޫމާތު ހޯދައި، މިނިސްޓަރަށް ފަސޭހަފުޅުވާނޭހެން އެ މަޢުލޫމާތު ތައްޔާރުކުރުން.
- އެކިއެކި މުނާސަބަތުތަކާ ގުޅިގެން މިނިސްޓަރުގެ ނަންފުޅުގައި ފޮނުވާ ތަހުނިޔާގެ ކާޑާއި،ސިޓީއާއި، މެސެޖް ތައްޔާރުކޮށް ފޮނުވުން.
ޝަރުޠު:
- އެޑްމިނިސްޓްރޭޝަން/މެނޭޖްމަންޓް/ޕަބްލިކް ރިލޭޝަންސް ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، އެޑްމިނިސްޓްރޭޝަން/މެނޭޖްމަންޓް/ޕަބްލިކް ރިލޭޝަންސް ދާއިރާއެއްގައި 6 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ،
- އެޑްމިނިސްޓްރޭޝަން/މެނޭޖްމަންޓް/ޕަބްލިކް ރިލޭޝަންސް ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، އެޑްމިނިސްޓްރޭޝަން/މެނޭޖްމަންޓް/ޕަބްލިކް ރިލޭޝަންސް ދާއިރާއެއްގައި 4 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ،
- އެޑްމިނިސްޓްރޭޝަން/މެނޭޖްމަންޓް/ޕަބްލިކް ރިލޭޝަންސް ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 6 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، އެޑްމިނިސްޓްރޭޝަން/މެނޭޖްމަންޓް/ޕަބްލިކް ރިލޭޝަންސް ދާއިރާއެއްގައި 2 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ،
- އެޑްމިނިސްޓްރޭޝަން/މެނޭޖްމަންޓް/ޕަބްލިކް ރިލޭޝަންސް ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، ގުޅުންހުރި އެހެން ދާއިރާއަކުން ލެވެލް 6 ނުވަތަ އެއަށްވުރެ މަތީ ސަނަދެއް ހާސިލުކޮށްފައިވުން.
ވަޒީފާއަށް އެންމެ ޤާބިލް ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައް
ހ. ހާސިލުކޮށްފައިވާ ތަޢުލީމާއި، ތަމްރީނަށް ބަލައިގެން.
ށ. މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާއަށް ބަލައިގެން.
ނ. ޤާބިލުކަން ކަށަވަރުކުރުމަށް އިންޓަވިއުކޮށްގެން.
ރ. ކޮމްޕިއުޓަރަށް އަހުލުވެރިވެފައިވާ މިންވަރަށް ބަލައިގެން.
އިންޓަވިއުކުރުން.
ހ. މި މަޤާމަށް މީހަކު ހޮވުމަށް އިންޓަރވިއު އޮންނާނީ، 24 – 30 ނޮވެންބަރު 2014 އާ ދެމެދުގެ ތާރީޚެއްގައެވެ.
ށ. އިންޓަރވިއުއަށް ކިޔާނީ، ވަޒީފާއަށް ކުރިމަތިލާ ފަރާތްތައް ޝޯޓްލިސްޓްކުރުމަށްފަހު އެފަރާތްތަކަށް އެކަންޏެވެ.
ހުށަހަޅަންޖެހޭ ލިޔުންތައް
ހ- ފުރިހަމަކޮށްފައިވާ އެޕްލިކޭޝަން ފޯމު (ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު، މި މިނިސްޓްރީގެ ކައުންޓަރުން ލިބެން ހުންނާނެއެވެ. އަދި މި މިނިސްޓްރިގެ ވެބްސައިޓް www.moe.gov.mvއިން ޑައުންލޯޑް ކުރެވޭނެއެވެ.)
ށ- ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން، ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިޢުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުމެއް.
ނ- ލިބިފައިވާ ތަޢުލީމާއި ތަމްރީނު ދެނެގަތުމަށް ބޭނުންވާ ލިޔުންތައް (މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ފެންވަރު ބަލައި، ތައްގަނޑު ޖަހާފައިވާ ލިޔުމުގެ ކޮޕީ)
ރ. މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތް ކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް.
ބ- ވަޒީފާއަށް އެދޭފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށް ފެންނާނޭ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް.
ޅ- ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު / ސީ.ވީ (ގުޅޭނެ ނަންބަރާއެކު)
ތަކެތި ހުށަހަޅަންޖެހޭ އޮފީސް
- މި ވަޒީފާއަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ، މިނިސްޓްރީ އޮފް އެޑިޔުކޭޝަން / ހ. ވެލާނާގެ (8 ވަނަ ފަންގިފިލާ) ކައުންޓަރަށް.
- ތަކެތި ހުށަހެޅުމުގެ ސުންގަޑިއަކީ، 2014 ނޮވެންބަރު 23 ވަނަ ދުވަހުގެ 14:30 ގެ ކުރިން.
ނޯޓް:
މި ޢިއުލާނާ ގުޅިގެން މި މަޤާމަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން ޝަރުޠުހަމަވާ ފަރާތްތައް އިންޓަރވިއުކުރުމަށްފަހު، އެންމެ މަތީ މާކްސް ލިބޭ، އަދި އެންމެ ޤާބިލުކަމަށް ފެންނަ ފަރާތަކަށް މި ވަޒީފާ ހަމަޖައްސައިދެވޭނެއެވެ. މި އިޢުލާނާ ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރަން ބޭނުންވާ ފަރާތްތަކުން، މި މިނިސްޓްރީގެ ނަންބަރު 3341428 ފޯނަށް ގުޅުން އެދެމެވެ.
20 މުޙައްރަމް 1436