ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)365-ESMS/2022/57
ޕަބްލިޝްކުރި ތާރީޚް: 10 ނޮވެންބަރު 2022
ޕަބްލިޝްކުރި ގަޑި: 15:27
ސުންގަޑި: 20 ޑިސެންބަރު 2022 00:00
މުލަކަތޮޅު މުލީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ކްލަބު ޖަމްޢިއްޔާތަކުން 2023 ވަނަ އަހަރު ކުރަން ރާވާފައިވާ ޙަރަކާތްތަކުގެ ޕްރޮޕޯސަލް ހުށަހަޅައި ފައިސާގެ އެހީތެރިކަން ހޯދުމަށް ފުރުސަތު ހުޅުވާލުން

އިޢުލާން

 

ކްލަބު ޖަމްޢިއްޔާތަކުން 2023 ވަނަ އަހަރު ކުރަން ރާވާފައިވާ ޙަރަކާތްތަކުގެ ޕްރޮޕޯސަލް ހުށަހަޅައި ފައިސާގެ އެހީތެރިކަން ހޯދުމަށް ފުރުސަތު ހުޅުވާލުން

      

              މ.މުލީގައި ރަޖިސްޓްރީކޮށްގެން ހިންގަވާ ކްލަބް، ޖަމްޢިއްޔާ އަދި ޖަމާއަތްތަކުން ރަށުގެ އިޖުތިމާޢީ ގުޅުން ބަދަހިކުރުމަށާއި ކުޅިވަރުގެ ރޫޙު އާލާކުރުމަށާއި، ރަށަށް ފައިދާހުރި ތަރައްޤީގެ މަޝްރޫއުތައް ހިންގުމަށް ކައުންސިލުން ފައިސާގެ އެހީތެރިކަން ފޯރުކޮށްދިނުމަކީ ކައުންސިލުން ވަރަށް ބޮޑު ސަމާލުކަމެއް ދީގެން ކުރަމުން އަންނަ ކަމެކެވެ. 2023ވަނަ އަހަރަށް މިފަދަ ޙަރަކާތްތަކަށް ބަޖެޓްކޮށް ފައިސާ ޙަވާލުކުރުމަށްޓަކައި، ކްލަބް ޖަމްއިއްޔާތަކުން ކުރިއަށް ގެންދަން ރާވާފައިވާ ޙަރަކާތްތަކާއި ޚަރަދުގެ ތަފްޞީލް އެނގެން ކައުންސިލުން ބޭނުންވެއެވެ.

     

ވީމާ، 2023 ވަނަ އަހަރަށް ކްލަބް ޖަމްޢިއްޔާތަކުން ރާވާފައިވާ މިފަދަ ޙަރަކާތްތަކުގެ ތަފްޞީލް އެނގޭނޭ ޕްރޮޕޯސަލް ތައްޔާރުކުރުމަށްފަހު ކައުންސިލަށް ހުށަހެޅުމުގެ ފުރުސަތު މިއަދުން ފެށިގެން 20 ޑިސެމްބަރ 2023 ގެ ނިޔަލަށް

ވަނީ ހުޅުވާލެވިފައެވެ. އަދި 2023 ވަނަ އަހަރު ކްލަބް ޖަމްޢިއްޔާތަކަށް އެހީތެރިކަން ފޯރުކޮށްދިނުމުގައި މި ޕްރޮޕޯސަލްތަކަށް ރިޢާޔަތް ކުރެވިގެންދާނެއެވެ.

10 ނޮވެންބަރު 2022