ދިވެހިރާއްޖެ
އިޢުލާން
ބަނދަރު ސަރަހައްދުން އައިސްވިއްކުމުގެ ވިޔަފާރިކުރުމަށް ބިން ކުއްޔަށް ދޫކުރުން
މިރަށު ބަނދަރުގެ އުތުރުކޮޅުން އައިސް ވިއްކުމުގެ ވިޔަފާރިކުރުމަށް 30 އަހަރު ދުވަހުގެ މުއްދަތަށް 4000 އަކަފޫޓުގެ ބިމެއް ކުއްޔަށް ދޫކުރުމަށް ވަނީ ނިންމާފައެވެ.
ވީމާ އެބިމުގައި އައިސްޕްލާންޓްއަޅާ އައިސް ވިއްކުމުގެ ވިޔަފާރި ކުރުމަށް ބިން ކުއްޔަށް ހިފުމަށް ޝައުޤްވެރިވެލައްވާ ފަރާތްތަކުން 2022 ނޮވެމްބަރ 16 ވާ ބުދަ ދުވަހުގެ 14:00ގެ ކުރިން ގެޒެޓްކުރެވިފައިވާ ރަޖިސްޓްރޭޝަން ފޯމު ފުރިހަމަކުރެއްވުމަށްފަހު [email protected] އަށް އީމެއިލް ކުރެއްވުން ނުވަތަ ރަޖިސްޓްރޭޝަން ފޯމު މިއިދާރާގެ ކައުންޓަރުން ނަންގަވާ ފުރިހަމަކުރެއްވުމަށްފަހު ހުށަހެޅުއްވުން އެދެމެވެ. ރަޖިސްޓަރީ ކުރައްވާ ފަރާތްތަކަށް ބިޑް ޑޮކިއުމަންޓް ލިބޭނޭ އިންތިޒާމު ހަމަޖައްސައިދެވޭނެއެވެ.
|
ތާރީޚް |
ދުވަސް |
ގަޑި |
މަޢުލޫމާތު ސާފުކުރުން (ކައުންސިލް އިދާރާގެ މީޓިންގ ރޫމްގައި). |
21 ނޮވެމްބަރ 2022 |
ހޯމަ |
11:00 |
އަންދާސީ ހިސާބު ހުށަހެޅުން. (ކައުންސިލް އިދާރާގެ މީޓިންގ ރޫމްގައި) |
27 ނޮވެމްބަރ 2022 |
އާދީއްތަ |
11:00 |
ޕޮއިންޓް ދިނުމަށް ހަމަޖަހިފައިވާ ގޮތް
- މަސައްކަތުގެ އަގަށް: %80 (އަށްޑިހަ އިންސައްތަ). (އެންމެ ބޮޑު އަގަކީ ބެންޗްމާކު ކަމުގައި ބަލައިގެން).
- މާލީ ގާބިލްކަން: (ދިހައެއް އިންސައްތަ). (ހުށަހެޅި އަގުގެ %20 އަށްވުރެ ދަށްނަމަ އެއްވެސް ޕޮއިންޓެއް ނުދެވޭނެއެވެ.)
- މަސައްކަތުގެ ތަޖުރިބާއަށް: (ދިހައެއް އިންސައްތަ). (ގުޅުންހުރި ޕްރޮޖެކްޓްތަކަށް އެކަނި).
ވީމާ މިކަން އާންމުކޮށް އެންގުމަށްޓަކާ އިޢުލާންކުރީމެވެ.