ދިވެހިރާއްޖެ
އިޢުލާން
ބަނދަރު ސަރަހައްދުން ތެޔޮބިން ކުއްޔަށް ދޫކުރުން
މިރަށު ބަނދަރުގެ އުތުރުކޮޅުން 1750 އަކަފޫޓުގެ ބިމެއް ތެޔޮވިއްކުމަށް ކުއްޔަށްދޫކުރަން ވަނީ ނިންމާފައެވެ.
ވީމާ އެތަނުގައި ތެލުގެ ވިޔަފާރި ކުރުމަށް ބިން ކުއްޔަށް ހިފުމަށް ޝައުޤްވެރިވެލައްވާ ފަރާތްތަކުން 2022 ނޮވެމްބަރ 15 ވާ އަންގާރަ ދުވަހުގެ 14:00ގެ ކުރިން ގެޒެޓްކުރެވިފައިވާ ރަޖިސްޓްރޭޝަން ފޯމު ފުރިހަމަކުރެއްވުމަށްފަހު [email protected] އަށް އީމެއިލް ކުރެއްވުން ނުވަތަ ރަޖިސްޓްރޭޝަން ފޯމު މިއިދާރާގެ ކައުންޓަރުން ނަންގަވާ ފުރިހަމަކުރެއްވުމަށްފަހު ހުށަހެޅުއްވުން އެދެމެވެ. ރަޖިސްޓަރީ ކުރައްވާ ފަރާތްތަކަށް ބިޑް ޑޮކިއުމަންޓް ލިބޭނޭ އިންތިޒާމު ހަމަޖައްސައިދެވޭނެއެވެ.
| 
 | ތާރީޚް | ދުވަސް | ގަޑި | 
| މަޢުލޫމާތު ސާފުކުރުން (ކައުންސިލް އިދާރާގެ މީޓިންގ ރޫމްގައި). | 17 ނޮވެމްބަރ 2022 | ބުރާސްފަތި | 11:00 | 
| އަންދާސީ ހިސާބު ހުށަހެޅުން. (ކައުންސިލް އިދާރާގެ މީޓިންގ ރޫމްގައި) | 23 ނޮވެމްބަރ 2022 | ބުދަ | 11:00 | 
ޕޮއިންޓް ދިނުމަށް ހަމަޖަހިފައިވާ ގޮތް
- މަސައްކަތުގެ އަގަށް: %80 (އައްޑިހަ އިންސައްތަ) (އެންމެ ބޮޑު އަގަކީ ބެންޗްމާކު ކަމުގައި ބަލައިގެން).
- މާލީ ގާބިލްކަން: (ދިހައެއް އިންސައްތަ) (ހުށަހެޅި އަގުގެ %20 އަށްވުރެ ދަށްނަމަ އެއްވެސް ޕޮއިންޓެއް ނުދެވޭނެއެވެ.)
- މަސައްކަތުގެ ތަޖުރިބާއަށް: (ދިހައެއް އިންސައްތަ) (ގުޅުންހުރި ޕްރޮޖެކްޓްތަކަށް އެކަނި).
ވީމާ މިކަން އާންމުކޮށް އެންގުމަށްޓަކާ އިޢުލާންކުރީމެވެ.