ޢާންމު މަޢުލޫމާތު
ނަންބަރު: 182-Enf/CIR/2022/9
ޕަބްލިޝްކުރި ތާރީޚް: 10 ނޮވެންބަރު 2022
ޕަބްލިޝްކުރި ގަޑި: 12:14
ސުންގަޑި: 17 ނޮވެންބަރު 2022 00:00
މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ
ދިވެހިރާއްޖެ
ސަބްސްޓޭންޑަޑް ޕެރަސެޓަމޯލް އާއި ގުޅިގެން WHO އިން ނެރެފައިވާ އެލާރޓް އާއި ގުޅޭ

 

މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ                                 

  މިނިސްޓްރީ އޮފް ހެލްތު                                                             

   މާލެ، ދިވެހިރާއްޖެ 

  182-Enf/CIR/2022/9 :ނަންބަރު                                                                                                                                        

  

އެލާރޓް

ސަބްސްޓޭންޑަޑް ޕެރަސެޓަމޯލް އާއި ގުޅިގެން WHO  އިން ނެރެފައިވާ އެލާރޓް އާއި ގުޅޭ

                                        

                    ދެކުނު އިރުމަތީ އޭޝިއާގައި ދައުރުވަމުންދާ ކުޑަކުދިންނަށް ދޭ ތިރީގައިވާ ޕެރަސެޓަމޯލް ސިރަޕްތަކުގައި               "diethylene glycol and ethylene glycol”  ހިމެނިފައިވާ ކަމަށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާގެ އެލާރޓް ނަންބަރު RPQ/REG/ISF/Alert N°7/2022 އިން ވަނީ އެލާޓް ކުރައްވާފައެވެ.  

               

                    މިބޭހަކީ ރާއްޖެއަށް އިމްޕޯރޓް ކުރުމާއި ވިއްކުމަށް ހުއްދަ ކުރާ ބޭހުގެ ލިސްޓް (އެޕްރޫވްޑް ޑްރަގް  ލިސްޓް)ގައި ހިމެނޭ ބޭހެއް ނޫން ނަމަވެސް، ބޭސްސިޓީއަށް ނުވަތަ އެނޫންވެސް ގޮތަކުން ރާއްޖެއަށް މިބޭސް އިމްޕޯރޓް ވުމުގެ ފުރުސަތު އޮތްކަމަށް ވާތީ، މިކަމަށް ސަމާލުވުމަށް ދަންނަވަމެވެ.

 

                    އަދި ރައްކާތެރި ކަމުގެ ފިޔަވަޅެއްގެ ގޮތުން ބޭސް ސިޓީއަށް ބޭސް އެތެރެ ކުރާ އިރު  ހާއްސަ ސަމާލު ކަމެއްދީގެން ޕޯރޓްތަކުގައި ބަލައިފާސް ކުރަމުން ގެންދާނެ ކަން މަޢުލޫމާތަށްޓަކައި ދެންނެވީމެވެ. މީގެ އިތުރުން މިބޭސްތަކާއި  ގުޅޭގޮތުން އެއްވެސް މަޢުލޫމާތެއް ލިބިއްޖެ ނަމަ ލަސް ނުކޮށް މިއޮތޯރިޓީގެ ހޮޓްލައިން ނަންބަރ:  7200321 އަށް ގުޅުއްވާ މަޢުލޫމާތު ހިއްސާ ކޮށްދެއްވުން އެދެމެވެ.

10 ނޮވެންބަރު 2022