ޢާންމު މަޢުލޫމާތު
ނަންބަރު: (I)288/2022/119
ޕަބްލިޝްކުރި ތާރީޚް: 10 ނޮވެންބަރު 2022
ޕަބްލިޝްކުރި ގަޑި: 11:48
ސުންގަޑި:
17 ނޮވެންބަރު 2022 14:00
މިލަދުންމަޑުލު ދެކުނުބުރީ ކުޑަފަރީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ދިވެހިރާއްޖެ
މަގުތަކާއި ގޯތިތައް ސާފުކޮށް ބެލެހެއްޓުން
ރަށުގައި ހުމާއި އަރިދަފުސް ރޯގާ ފެތުރުން އިތުރުވެފައިވާތީ މިފަދަ ބަލިތަކުން ރައްކާތެރިވުމަށްޓަކައި މީހުން ދިރިއުޅޭ ގޯތިތަކާއި ދިރިއުޅުމަށް ދޫކުރެވިފައިވާ އަދި ދިރިއުޅެން ނުފަށާ ގޯތިތަކާއި ފަޅުގެތައް އަދި މި ތަންތަނާ ގުޅިފައިވާ މަގުތަކުގެ ސާފުތާހިރުކަން ޕަބްލިކް ހެލްތް ޔުނިޓްގެ އެހީތެރިކަމާއެކުގައި ވަނީ ފާސްކުރެވިފައެވެ. އަދި މި މަސައްކަތުގެ ތެރެއިން ބައެއް ތަންތަން އެންމެ އެކަށީގެންވާގޮތެއްގައި ސާފުކޮށް ބަލަހައްޓާފައި ނުވާތީ މިހެންހުރި އެންމެހައި ތަންތަން ސާފުކޮށް ބެލެހެއްޓުމަށް އަންގައި އިޢުލާނު ކުރީމެވެ.
ވީމާ، ބަލިތަކުން ރައްކާތެރިވުމަށާއި މިރަށަކީ ސާފު ރީތި ރަށަކަށް ހެދުމަށް ގޯތިތަކާއި މަގުފަޅިތައް ސާފުކޮށް ޤަވާއިދުން ބަލަހައްޓަމުން ގެންދެވުމަށް އިލްތިމާސްކުރަމެވެ.
16 ރަބީޢުލްއާޚިރު 1444ހ.
10 ނޮވެންބަރު 2022މ.
10 ނޮވެންބަރު 2022