ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)101-PPC/101/2022/4
ޕަބްލިޝްކުރި ތާރީޚް: 09 ނޮވެންބަރު 2022
ޕަބްލިޝްކުރި ގަޑި: 20:32
ސުންގަޑި: 30 ނޮވެންބަރު 2022 23:59
މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް
ދިވެހިރާއްޖެ
ކޮވިޑް-19 އިންކަމް ސަޕޯޓް ޕްރޮޖެކްޓްގެ ދަށުން އަމިއްލަ މަސައްކަތްކުރާ ފަރާތްތަކަށް އެހީތެރިކަން ފޯރުކޮށްދޭ ޕްރޮގްރާމް

އިޢުލާން

މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް އަދި ވޯލްޑްބޭންކްއާ ގުޅިގެން ހިންގަމުންދާ "ކޮވިޑް-19 އެމެޖެންސީ އިންކަމް ސަޕޯޓް ޕްރޮޖެކްޓް" ގެ ދަށުން، ކޮވިޑް- 19 އާ ގުޅިގެން އަމިއްލަ މަސައްކަތް ކުރާ ފަރާތްތަކަށް މާލީ އެހީގެ ޕްރޮގްރާމުގެ ފުރަތަމަ ބުރު ނިމި، ދެވަނަ ބުރަކަށް ފޯމު ހުށަހެޅުން މިއަދު މިވަނީ ހުޅުވާލެވިފައެވެ. މި ޕްރޮގްރާމުގެ ފުރަތަމަ ބުރުގައި ހުށަހަޅާފައިވާ އެޕްލިކޭޝަން ފޯމުތައް މިހާރު ދަނީ ރިވިއު ކުރެވެމުންނެވެ. އެހެންކަމުން، ދެވަނަ ބުރުގައި އެ ފަރާތްތަކުން އަލުން ފޯމު ހުށަހަޅާކަށް ނުޖެހޭނެއެވެ. ނަމަވެސް، ފުރަތަމަ ބުރުގެ މުއްދަތު ހަމަވި އިރު ފޯމު ހުށަނޭޅުނު ފަރާތްތަކަށް ދެވަނަ ބުރުގައި އެ ފޯމު ހުށަހެޅުމުގެ ފުރުސަތު ހުޅުވާލެވިފައިވާނެއެވެ.

މި ޕްރޮގްރާމްގެ ތެރެއިން ހުޅުވާލެވިފައިވަނީ ޖުމްލަ 500 ފުރުސަތެވެ. ޕްރޮގްރާމުގެ ތަފްސީލާއި، ހަމަވާންޖެހޭ ޝަރުތުތަކާއި ފައިސާގެ އެހީދެވޭ އަދަދު އަދި ދެވޭނެގޮތްތައް ކަނޑައަޅައި މިނިސްޓްރީން އަމަލު ކުރާނެ އުސޫލު ޖޮބް ސެންޓަރ ވެބްސައިޓުގައި ޝާއިޢު ކުރެވިފައިވާނެއެވެ. ޕްރޮގްރާމުގެ ދަށުން އެހީ ދެވޭނެ ދާއިރާތައް މި އިއުލާނުގެ ޖަދުވަލު 1 ގައި ބަޔާންކޮށްފައިވާނެއެވެ.

މި އެހީ އަށް އެދުމަށްޓަކައި އެޕްލިކޭޝަން ހުށަހަޅާނީ މިނިސްޓްރީގެ ޖޮބް ސެންޓަރ ޕޯޓަލް މެދުވެރިކޮށް އޮންލައިންކޮށެވެ. އަދި ޕްރޮގްރާމް ކުރިއަށްދާއިރު، ޖޮބް ސެންޓަރަށް ލިބެމުންދާ އެޕްލިކޭޝަންގެ އިވެލުއޭޝަން އަދި އަމަލު ކުރެވިފައިވާ ގޮތް ޝާއިޢު ކުރެވެމުންދާނެއެވެ.  (https://jobcenter.mv/)

ފޯމް ހުށަހެޅުމުގެ ސުންގަޑި

އެހީއަށް އެދުމުގައި ހަމަވާންޖެހޭ މައިގަނޑު ޝަރުތުތައް

 30 ނޮވެންބަރު 2022

  • 1 ޖުލައި 2022 އާއި ހަމައަށް މަދުވެގެން 6 (ހައެއް) މަސް ދުވަހުގެ މުއްދަތަކަށް އަމިއްލަ މަސައްކަތުން އާމްދަނީ ހޯދަމުން އައިސްފައިވާ ފަރާތެއް ކަމުގައި ވުން އަދި؛

 

  • އެޕްލިކޭޝަން ހުށަހެޅުމާ ހަމައަށް، ފާއިތުވެދިޔަ 4 ހަފްތާގައި މުސާރަ ލިބޭ ވަޒީފާއެއް އަދާ ކުރާ ފަރާތަކަށް ނުވުން ނުވަތަ، ވަޒީފާއެއް އަދާކުރާނަމަ ހަފްތާއަކު 20 ގަޑިއިރަށްވުރެ ގިނައިރު ވަޒީފާ އަދާކުރަމުންދާ ފަރާތަކަށް ނުވުން.

 

  • ޕްރޮގްރާމުގައި ބައިވެރިވުމަށް ހަމަވާން ޖެހޭ އެހެނިހެން ޝަރުތުތައް ޖޮބް ސެންޓަރ ވެބްސައިޓުގައި ޝާއިއުކޮށްފައިވާ " ކޮވިޑް-19 އިންކަމް ސަޕޯޓް ޕްރޮޖެކްޓްގެ ދަށުން އަމިއްލަ މަސައްކަތްކުރާ ފަރާތްތަކަށް އެހީތެރިކަން ފޯރުކޮށްދޭ ޕްރޮގްރާމް ހިންގާނެގޮތުގެ އުސޫލު" ގައި ބަޔާންކޮށްފައިވާނެއެވެ.

 

ޖަދުވަލު 1: އަމިލްލަ މަސައްކަތް ކުރާ ފަރާތްތަކަށް ހުޅުވާލެވިފައިވާ އެހީގެ ޕްރޮގްރާމްގައި އެޕްލިކޭޝަން ލުމަށް ހަމަޖެހިފައިވާ ދާއިރާތައް

  • ކާބޯތަކެތި އުފެއްދުން
  • އަތްތެރި މަސައްކަތް
  • ބިއުޓީ އަދި މޭކަޕް ކުރުން
  • ފޮޓޯގްރަފީ އަދި ވީޑިއޯގްރަފީ
  • ފެހުން އަދި ޓެކްސްޓައިލްސް ގެ މަސައްކަތް
  • އިންފޮމޭޝަން ކޮމިއުނިކޭޝަން ޓެކްނޮލޮޖީ
  • ކްރިއޭޓިވް އާރޓްސް އަދި މިއުޒިކް
  • ކުޅިވަރު އަދި ފިޓްނަސް 
09 ނޮވެންބަރު 2022