މަސައްކަތް
ނަންބަރު: (IUL)285-B/285/2022/62
ޕަބްލިޝްކުރި ތާރީޚް: 09 ނޮވެންބަރު 2022
ޕަބްލިޝްކުރި ގަޑި: 14:36
ސުންގަޑި: 17 ނޮވެންބަރު 2022 13:00
މިލަދުންމަޑުލު ދެކުނުބުރީ ހެނބަދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ިިިހެނބަދޫ ޕޮލިސް ޕޯސްޓް މަރާމާތު ކުރުމުގެ މަސައްކަތް ކުރުމާއި ގުޅޭ

 

 
 

އިޢުލާން

ހެނބަދޫ ޕޮލިސް ޕޯސްޓް މަރާމާތު ކުރުމުގެ މަސައްކަތް ކުރުމާއި ގުޅޭ

       މިކައުންސިލްގެ އިއުލާން ނަންބަރ B/285/2022/285-56 (IUL) ގުޅިގެން ހުށަހަޅާފައިވާ އެސްޓިމޭޓްގެ އަގުތަށް ބޮޑުކަމަށް ނިންމާފައިވާތީ އެ އިއުލާން ބާޠިލްކޮށް އަލުން ނ.ހެނބަދޫ ޕޮލިސް ޕޯސްޓް މަރާމާތު ކުރުމުގެ މަސައްކަތް ކުރުމަށް ޝައުގުވެރިވާ ފަރާތްތަކަށް އެފުރުސަތު ހުޅުވާލެވިފައިވާ ވާހަކަ ދަންނަވަމެވެ. ވީމާ މި މަސައްކަތް ކުރުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 17 ނޮވެމްބަރ 2022 ވާ ބުރާސްފަތި ދުވަހުގެ 13:00ށް މި އިދާރާއަށް ދުރުވެ މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 27 ނޮވެމްބަރ  2022 ވާ އާދިއްތަ ދުވަހުގެ 13:00ށް މި އިދާރާއަށް ދުރުވެ އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.

            މަޢުލޫމާތު ސާފުނުކުރައްވާ ފަރާތްތަކުގެ އަންދާސީ ހިސާބު ބަލައިނުގަނެވޭނެ ވާހަކަ މަޢުލޫމާތަށްޓަކައި ދަންނަވަމެވެ. އަދި މަޢުލޫމާތު ސާފުކުރެއްވުމަށާއި އަންދާސީ ހިސާބު ހުށަހެޅުއްވުމަށް ބަދަލުގައި ބޭފުޅަކު ފޮނުއްވާނަމަ އެއީ ބަދަލުގައި ފޮނުއްވި ފަރާތެއްކަން އެނގޭނެ  ލިޔުމަކާއިއެކު ފޮނުއްވުމަށްވެސް ދަންނަވަމެވެ. މި އިޢުލާނަށް އަންދާސީ ހިސާބު ހުށަހެޅުއްވޭނީ ވިޔަފާރި ރެޖިސްޓްރީ ކުރުމުގެ ޤާނޫނު (ޤާނޫނު ނަންބަރ: 18/2014)ގެ ދަށުން ވިޔަފާރި ރަޖިސްޓްރީ ކޮށްފައިވާ ފަރާތްތަކަށާއި، އަމިއްލަ ފަރުދުންގެ ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ޤާނޫނު (ޤާނޫނު ނަންބަރ: 19/2014)ގެ ދަށުން ވިޔަފާރި ރަޖިސްޓްރީ ކޮށްފައިވާ ފަރާތްތަކަށެވެ.

            މިހެންވެ މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

                               15 ރަބީޢުލްއައްވަލް 1444

09 ނޮވެމްބަރ 2022

                                                   

                                                              އިލްޔާސް އިބްރާހިމް

                                                       ހެނބަދޫ ކައުންސިލްގެ ނައިބު ރައީސް

 

 

 

 

 

 

 

 

 

 

 

 
 
 
 
 
 
 

 

09 ނޮވެންބަރު 2022