މަސައްކަތް
ނަންބަރު: (IUL)245/245/2022/62
ޕަބްލިޝްކުރި ތާރީޚް: 09 ނޮވެންބަރު 2022
ޕަބްލިޝްކުރި ގަޑި: 14:23
ސުންގަޑި: 30 ނޮވެންބަރު 2022 14:00
ތިލަދުންމަތީ އުތުރުބުރީ އުލިގަމު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އުލިގަމު ކައުންސިލްގެ ލޯގޯ ފަރުމާކުރުން

މި އިދާރާއިން ދޭ މަޢުލޫމާތާއި އެއްގޮތަށް، ތިލަދުންމަތީ އުތުރުބުރީ އުލިގަމު ކައުންސިލްގެ ލޯގޯ ފަރުމާކޮށް ހުށަހެޅުމުގެ ފުރުޞަތު މިކަމަށް ޝައުޤުވެރިވާ ފަރާތްތަކަށް ހުޅުވާލަމެވެ.

ހުށަހެޅުންތަކުގެ ތެރެއިން މިއިދާރާއިން ކަނޑައަޅާ ޝަރުޠުތައް ހަމަވާ އަދި އެންމެ ރަނގަޅުކަމަށް މި އިދާރާއިން ކަނޑައަޅާ ލޯގޯ ފަރުމާކުރެއްވި ފަރާތަކަށް 5,000.00 (ފަސްހާސް) ރުފިޔާގެ ފައިސާގެ އިނާމެއް ދިނުމަށް ވަނީ ކަނޑައެޅިފައެވެ.

ލޯގޯ ފަރުމާކޮށް ހުށަހަޅާނީ 2022 ނޮވެމްބަރ 30 ވާ  ބުދަ ދުވަހުގެ 14:00 ގެ ކުރިން މި އިދާރާއަށެވެ. އީމެއިލް މެދުވެރިކޮށް ހުށަހަޅުއްވާނަމަ އީމެއިލްކުރައްވާނީ [email protected] އަށެވެ.

ލޯގޯ ފަރުމާކުރުމާގުޅޭ މަޢުލޫމާތު ކަރުދާސް މި އިޢުލާނާއެކު ގެޒެޓުކުރެވިފައި ވާނެއެވެ.

އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ 6501013 އާއެވެ.

މިހެންވެ މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާނު ކުރީމެވެ.

09 ނޮވެންބަރު 2022