ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)374-C/374/2022/47
ޕަބްލިޝްކުރި ތާރީޚް: 09 ނޮވެންބަރު 2022
ޕަބްލިޝްކުރި ގަޑި: 13:18
ސުންގަޑި: 21 ނޮވެންބަރު 2022 13:00
ނިލަންދެއަތޮޅު އުތުރުބުރީ ނިލަންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ދަނޑުބިން ވަގުތީގޮތުން ދޫކުރުން

އިއުލާން

         އެހެނިހެން އަހަރުތަކެކޭވެސް އެއްފަދައިން ބަރަކާތްތެރި ރަމަޝާން މަހަށް ކަރާ ހެއްދުމަށް 5000 (ފަސްހާސް) އަކަފޫޓުގެ 11 ދަނޑު ވަގުތީ ގޮތުން ދޫކުރުމަށް ނިންމައިފީމެވެ. މިދަނޑުތައް ދޫކުރާނީ 2022 ޑިސެންބަރު 01 (އެކެއް) ވަނަ ދުވަހުން ފެށިގެން 2023 ޖޫން 01 (އެކެއް) ވަނަ ދުވަހުގެ ނިޔަލަށް 7 (ހަތެއް)  މަސްދުވަހަށެވެ.  ދަނޑުތައް ދޫކުރާ ސަރަހައްދު ތަކަކީ:  

1. ވެލި ގޭ ކުރިމަތީގައި އޮތް ހުސްޖާގައިން  4 ދަނޑު

2. ހުވަނދު ގޯތީގެ ކުރިމަތީގައި އޮތް ބިމުން 4 ދަނޑު

3. ނަރުދަމާ ނިޒާމުގެ އިރުން އޮތް ހުސްބިމުން 3 ދަނޑު  

        ވީމާ މަތީގައި ދަންނަވާފައިވާ ބޭނުމަށް ދަނޑުބިން ބޭނުންވާ ބޭފުޅުން 2022 ނޮވެންބަރު 21 ވަނަ ދުވަހުގެ 13:00 ގެ ކުރިން މިއިދާރާއަށް ސިޓީއަކުން ހުށަހެޅުއްވުން އެދެމެވެ. ދަނޑު ބިން ދޫކުރުމުގައި އިސްކަންދޭނީ ދަނޑުވެރިކަން ކުރާ ފަރާތްތަކަށެވެ.

09 ނޮވެންބަރު 2022