ތަމްރީނު
ނަންބަރު: (IUL)475-Schol/475/2022/202
ޕަބްލިޝްކުރި ތާރީޚް: 09 ނޮވެންބަރު 2022
ޕަބްލިޝްކުރި ގަޑި: 11:21
ސުންގަޑި: 13 ނޮވެންބަރު 2022 12:30
މިނިސްޓްރީ އޮފް ހަޔަރ އެޑިޔުކޭޝަން
ދިވެހިރާއްޖެ
JICA - Agriculture Studies Networks for Food Security 2023

JICA - Agriculture Studies Networks for Food Security 2023

(މިއީ މި މިނިސްޓްރީން 24 އޮކްޓޯބަރ 2022 ގައި ކުރެވުނު 186(IUL)475-Schol/475/2021/ ނަންބަރު އިޢުލާނާއި ގުޅިގެން   ޝަރުތުހަމަވާ ފަރާތެއް ކުރިމަތިލާފައި ނުވާތީ އަލުން ކުރެވިފައިވާ އިޢުލާނެކެވެ.)

2 ފުރުޞަތު

ކޯހުގެ ފުރުޞަތު

އެގްރިކަލްޗަރަލް ސްޓަޑީސް ނެޓްވޯކް ފޯރ ފުޑް ސެކިއުރިޓީ

ކޯހުގެ ދާއިރާ

ޖަޕާން

ޤައުމު

މާސްޓަރސް ޑިގްރީ

ޕީ.އެޗް.ޑީ

 

ކޯހުގެ ލެވެލް

1.މާސްޓާރސް ޑިގްރީ އަށް އެޕްލިކޭޝަން ހުށަހަޅާ ފަރާތްތަކުން ހުށަހަޅާ ކޯހާއި ގުޅޭ ދާއިރާއަކުން ބެޗްލަރސް ޑިގްރީ ހާޞިލުކޮށްފައިވުން.

- 1 އޭޕްރިލް 2023 އަށް އުމުރުން 35 އަހަރުވެފައިނުވުން

2.ޕީ.އެޗް.ޑީއަށް އަށް އެޕްލިކޭޝަން ހުށަހަޅާ ފަރާތްތަކުން ހުށަހަޅާ ކޯހާއި ގުޅޭ ދާއިރާއަކުން މާސްޓަރސް ޑިގްރީ ހާޞިލުކޮށްފައިވުން.

- 1 އޭޕްރިލް 2023 އަށް އުމުރުން 40 އަހަރުވެފައިނުވުން

3.މިއިޢުލާނާއެކީގައި ވެބްސައިޓްގައި އެޓޭޗްކުރެވިފައިވާ ލިސްޓްގައި ކޯހާއި ގުޅިގެން އިތުރު ޝަރުތެއްވާނަމަ އެޝަރުތު ފުރިހަމަވެފައިވުން.

4.މިމިނިސްޓްރީގެ ވެބްސައިޓްގައި އިޢުލާނާއެކީގައި އެޓޭޗްކުރެވިފައިވާ ލިސްޓްގައި ކޯހާއި ގުޅިގެން އިނގިރޭސި ޝަރުތެއްވާނަމަ އެޝަރުތު ފުރިހަމަވެފައިވުން.

  ކޯހަކާގުޅޭ ޝަރުތުތަކުގެ އިތުރުން ފުރިހަމަވާންޖެހޭ ޝަރުތުތައް:

1. މި މިނިސްޓްރީއިން ނުވަތަ ކުރިން ޑިޕާޓްމަންޓް އޮފް ހަޔަރ އެޑިޔުކޭޝަން މެދުވެރިވެގެން ކިޔެވުމަށް ލޯނެއް ނަގާފައިވާނަމަ ޑީފޯލްޓެއް ނެތި އެލޯނެއް ގަވާއިދުން ދައްކަމުންދާ ފަރާތެއް ކަމުގައިވުން

2. އެދޭ ކޯހަކީ މިހާރު ފުރިހަމަކޮށްފައިވާ ކޯހަކަށްވުރެ މަތީ ފެންވަރުގެ ކޯހަކަށްވުން. އަދި އެދިފައިވާ ކޯހާއި އެއް ފެންވަރެއްގެ ކޯހެއް ދައުލަތުގެ ޚަރަދުގައި މިހާރު ފުރިހަމަ ކުރަމުންދާ ދަރިވަރެއް ކަމުގައި ނުވުން.

ކޯހުގެ ޝަރުތު:

ފުރިހަމަކޮށްފައިވާ އެޕްލިކޭޝަނާއެކު ހުށަހަޅަން ޖެހޭ ތަކެތި.

1. ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ.

2. ފުލް ޓްރާންސްކްރިޕްޓްގެ ކޮޕީ (ގްރޭޑިންގ ކްރައިޓީރިއާ އެނގޭގޮތަށް).

3. ޕާސްޕޯޓް ޑޭޓާ ޕޭޖް ކޮޕީ.

4. ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ.

6.އެޕްލިކޭޝަން ފޯމާއި، ފޯމުގައި ބަޔާންކޮށްފައިވާ ތަކެތި.

7.ކޯހަށް އެދޭ ޔުނިވަރސިޓީގެ ވެބްސައިޓުގައި ކޯހާއި ގުޅޭގޮތުން އިތުރު ޝަރުތެއްވާނަމަ އެޝަރުތު ހަމަވާކަން ސާބިތުކޮށްދިނުމަށްޓަކައި، އެއާގުޅޭ ލިޔުން.

8.ތަޢުލީމް ހާސިލުކުރަން ސަރުކާރުން ނުވަތަ ސަރުކާރު މެދުވެރިވެގެން އެހީ ލިބިފައިވާނަމަ، އެންމެފަހުގެ އެހީއަށްފަހު، އެއެހީއަކާ ގުޅޭގޮތުން ޚިދުމަތް ކުރުމަށް މި އިޢުލާންގައި ބަޔާންކޮށްފައިވާ މުއްދަތަށް ޚިދުމަތް ކޮށްފައިވާކަން އަންގައިދޭ ރަސްމީ ލިޔުން

9. މ މިހާރު ހާސިލް ކޮށްފައިވާ އެންމެ މަތީ ސެޓްފިކެޓް ހާސިލް ކުރިފަހުން ދިވެހިރާއްޖެއަށް ޚިދުމަތް ކޮށްފައިވާ މުއްދަތު އެނގޭނެ ރަސްމީ ލިޔުމެއް.

10.ޚިދުމަތްކުރުމަށް ބޮންޑެއް އޮތްނަމަ، ބޮންޑުކުރި ތަނަކުން އެފަރާތެއް މި ކޯހަށް ދޫކުރާނެކަމުގެ ލިޔުން.

11.ކުރިން ލޯނު ނަގާފައިވާ ކެންޑިޑޭޓުންގެ ތެރެއިން ގަވާއިދުން ޑިފޯލްޓެއް ނެތި ލޯނު ދައްކާ ފަރާތްތަކުން މިސްކޮލަރޝިޕަށް އެޕްލިކޭޝަން ހުށަހަޅާނަމަ، ކުރިން ނަގާފައިވާ ލޯނު ދައްކާނެ ކަމަށް ބަޔާންކޮށް އެފަރާތުގެ ލިޔުމެއް ނުވަތަ އެހެން ފަރާތެއް ޙަވާލުވާނަމަ، ޙަވާލުވާ ފަރާތުގެ ލިޔުން

ހުށަހަޅަންޖެހޭ ތަކެތި

 

-މި ސްކޮލަރޝިޕް އިންތިޒާމްކުރާ ފަރާތުން ދޭ ޚަރަދުތަކުގެ ތަފްސީލް މިމިނިސްޓްރީގެ ވެބްސައިޓަށް އަޕްލޯޑްކުރެވިފައިވާނެއެވެ.

-ކޯސްތަކާއި ބެހޭ ގައިޑްލައިނާއި ކޯސް ހިންގާ ޔުނިވަރސިޓީތައް ހިމެނޭ މަޢުލޫމާތު ޝީޓު މި އިޢުލާނާއެކު މި މިނިސްޓްރީގެ ވެބްސައިޓަށް އަޕްލޯޑްކުރެވިފައިވާނެއެވެ.

-މި މިނިސްޓްރީއަށް އެޕްލިކޭޝަން ހުށަހަޅާ ކެނޑިޑޭޓުންގެ ތެރެއިން ނޮމިނޭޓްވާ ކެނޑިޑޭޓުން ހުށަހަޅާފައިވާ ޑޮކިއުމެންޓްތަކުގެ އަސްލާއި އަދި އެޓެސްޓެޑް އޮރިޖިނަލް ކޮޕީ ސެޓެއް 14 ނޮވެމްބަރ 2022ގެ 10:00 ކުރިން ހުށަހަޅަން ޖެހޭނެއެވެ. އަދި މި އެޕްލިކޭޝަންއާއެކު ހުށަހަޅަންޖެހޭ  ލިޔެކިޔުންތަކުގެ ތަފްޞީލް މި މިނިސްޓްރީގެ ވެބްސައިޓަށް އަޕްލޯޑްކުރެވިފައިވާނެއެވެ.

-މިސްކޮލަރޝިޕްއަށް ނޮމިނޭޓްކުރާނީ 2 ކެންޑިޑޭޓުންނެވެ. މި މިނިސްޓްރީން ކެންޑިޑޭޓުން ނޮމިނޭޓް ކުރާނީ އެކަޑަމިކް މެރިޓަށް ޕޮއިންޓްދީގެން އެންމެ މަތިން ޕޮއިންޓް ލިބޭ ތަރުތީބުންނެވެ. މިގޮތަށް ޕޮއިންޓްދޭގޮތުގެ ތަފްޞީލު މި މިނިސްޓްރީގެ ވެބްސައިޓްގައި ވާނެއެވެ.

-މިސްކޮލަރޝިޕްގެ ފައިނަލް ސިލެކްޝަން ހައްދާނީ ސްކޮލަރޝިޕް އިންތިޒާމްކޮށްފައިވާ ފަރާތުންނެވެ.

-  މި ސްކޮލަރޝިޕްއާއި ގުޅޫ އިތުރު މަޢުލޫމާތު އެނެކްސް 1 އިން ލިބެންހުންނާނެއެވެ.

 

އިތުރު      މަޢުލޫމާތު:

ސުންގަޑި: 13 ނޮވެމްބަރ 2022 ވާ އާދީއްތަ ދުވަހު 12:30 ގެ ކުރިން

އެޕްލިކޭޝަން ހުށަހަޅުއްވާނީ https://myedu.egov.mv ޕޯޓަލް މެދުވެރިކޮށެވެ.

އިތުރު މަޢުލޫމާތު މި މިނިސްޓްރީގެ ވެބްސައިޓް www.mohe.gov.mv އިންނާއި އަދި 3026941 / 3026966 ނަންބަރު ފޯނުން ލިބޭނެއެވެ.އިތުރު މަޢުލޫމާތު ސާފުކުރުމަށް އީމެއިލް ކުރައްވާނީ [email protected] އަށެވެ.

09 ނޮވެންބަރު 2022