ގަންނަން ބޭނުންވާ ތަކެތި
ނަންބަރު: (IUL)459-A/1/2014/1017
ޕަބްލިޝްކުރި ތާރީޚް: 13 ނޮވެންބަރު 2014
ޕަބްލިޝްކުރި ގަޑި: 11:23
ސުންގަޑި: 18 ނޮވެންބަރު 2014 11:00
މިނިސްޓްރީ އޮފް ލޯ އެންޑް ޖެންޑަރ
ދިވެހިރާއްޖެ
ތަކެތި ހޯދުމަށް

މިމިނިސްޓްރީގެ ދަށުން ހިންގަމުން ގެންދާ ފެމިލީ އެންޑް ޗިލްޑްރަން ސަރވިސް ސެންޓަރތަކަށް ތިރީގައި މިދަންނަވާ ތަކެތި ހޯދުމަށް ބޭނުންވެއްޖެއެވެ.

-  14 އޮފީސް މޭޒު

-  18 ސްޓޮކް އަލަމާރި

-  21 އޮފީސް ގޮނޑި

-  66 ޕްލާސްޓިކް ގޮނޑި

ވީމާ، މިމަސައްކަތް ކޮށްދެއްވުމަށް ޝައުޤުވެރިވާ ފަރާތްތަކުން 18 ނޮވެންބަރު 2014 ވާ އަންގާރަ ދުވަހުގެ 11:00 އަށް މިމިނިސްޓްރީއަށް (ހުރަވީ ބިލްޑިންގގެ ފުރަތަމަ ފަންގިފިލާ) ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 23 ނޮވެންބަރު 2014 ވާ އާދީއްތަ ދުވަހުގެ 11:00އަށް މިމިނިސްޓްރީއަށް (ހުރަވީ ބިލްޑިންގގެ ފުރަތަމަ ފަންގިފިލާ) ވަޑައިގެން އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.

އަދި ދަންނަވަމެވެ. މަޢުލޫމާތު ސާފުކުރައްވަން ވަޑައިނުގަންނަވާ ފަރާތްތަކާއި މަޢުލޫމާތު ފުރިހަމަނުވާ ފަރާތްތަކުގެ އަންދާސީހިސާބު ބަލައިނުގަނެވޭނެ ވާހަކަ ދަންނަވަމެވެ.

20 މުޙައްރަމް 1436

13 ނޮވެންބަރު 2014