ވަޒީފާގެ ފުރުޞަތު
ނަންބަރު: IUMH-AD/I/2022/59
ޕަބްލިޝްކުރި ތާރީޚް: 08 ނޮވެންބަރު 2022
ޕަބްލިޝްކުރި ގަޑި: 14:46
ސުންގަޑި: 17 ނޮވެންބަރު 2022 12:00
އައި.ޔޫ.އެމް. ހޯލްޑިންގްސް ޕްރައިވެޓް ލިމިޓެޑް، އިސްލާމިކް ޔުނިވަރސިޓީ އޮފް މޯލްޑިވްސް
ދިވެހިރާއްޖެ
އައި.ޔޫ.އެމް ލާރނިންގ ސެންޓަރުތަކަށް 2022 ވަނަ އަހަރުގެ ދެވަނަ ސެމެސްޓަރގެ އިމްތިޙާން ބެލެހެއްޓުމަށް އިންވިޖިލޭޓަރުން ހޯދުމަށް

އިއުލާން ނަންބަރު:  IUMH-AD/I/2022/59

އިޢުލާން

އައި.ޔޫ.އެމް ލާރނިންގ ސެންޓަރުތަކަށް 2022 ވަނަ އަހަރުގެ ދެވަނަ ސެމެސްޓަރގެ އިމްތިޙާން ބެލެހެއްޓުމަށް އިންވިޖިލޭޓަރުން ހޯދުމަށް

އައި.ޔޫ.އެމް ލާރނިންގ ސެންޓަރުތަކަށް 2022 ވަނަ އަހަރުގެ ދެވަނަ ސެމިސްޓަރގެ އިމްތިޙާން ބެލެހެއްޓުމަށްޓަކައި އިންވިޖިލޭޓަރުންގެ ގޮތުގައި މަސައްކަތް ކޮށްދޭނެ މީހުން ހޯދުމަށް ބޭނުންވެއެވެ.

ބޭނުންވާ ޢަދަދު:

އައި.ޔޫ.އެމް ހއ.ހދ ލަރނިންގ ސެންޓަރ (ހދ.ހަނިމާދޫ) - 3

އައި.ޔޫ.އެމް ފާދިއްޕޮޅު ލަރނިންގ ސެންޓަރ (ޅ.ނައިފަރު) – 6

އައި.ޔޫ.އެމް ހައްދުންމަތި ލަރނިންގ ސެންޓަރ (ލ.ފޮނަދޫ) – 4

އައި.ޔޫ.އެމް ފުވައްމުލައް ސިޓީ ލަރނިންގ ސެންޓަރ – 8

އައި.ޔޫ.އެމް އައްޑޫ ސިޓީ ލަރނިންގ ސެންޓަރ (ސ.މީދޫ) – 3

މުސާރަ:

ކޮންމެ ސެޝަނަކަށް -/300 ރުފިޔާ                 

ޝަރުތު:

  • އުމުރުން 18 އަހަރު ފުރިފައިވާ މީހެއް ކަމުގައިވުން.
  • އިންވިޖިލޭޓަރެއްގެ މަސްއޫލިއްޔަތު ރަނގަޅަށް އެނގިފައިވާ މީހެއް ކަމުގައިވުން.
  • އިންވިޖިލޭޓްކުރާ ފަރާތަކީ އެއަހަރެއްގެ އިމްތިހާނުގައި ބައިވެރިވާ ކެންޑިޑޭޓެއްގެ މަންމަ، ބައްޕަ، އަނބިމީހާ، ފިރިމީހާ، އެއްބަނޑު އެއްބަފާ މީހެއް، ދަރިއެއް، ބަލަދުވެރިކަމުގެ ދަށުގައި ހުންނަ މީހެއް ނުވަތަ އިމްތިހާނަށް ދަރިވަރު ތައްޔާރުކޮށްދޭ މީހެއް ކަމުގައި ނުވުން.

ހުށަހަޅަންޖެހޭ ތަކެތި:

  • އިންވިޖިލޭޓަރުންގެ މަޤާމަށް އެދި ހުށަހަޅާފޯމް. (މި ފޯމް އިޢުލާނާއި އެއްހީރާސް ކުރެވިފައިވާނެއެވެ. އަދި އައި.ޔޫ.އެމް ލަރނިންގ ސެންޓަރުތަކުން ލިބެން ހުންނާނެއެވެ. އީމެއިލް މެދުވެރިކޮށް ހުށަހަޅަން ބޭނުންވާކަމުގައިވަނީނަމަ [email protected] އަށް ފޮނުއްވުން އެދެމެވެ.
  • ވަނަވަރު (ސީވީ).
  • ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށުގެ ސާފުކޮޕީ.
  • ލިބިފައިވާ އެންމެމަތީ ތަޢުލީމް ސެޓްފިކެޓްގެ އަސްލާ އެއްގޮތްކަމުގެ ތައްގަނޑުޖެހި ކޮޕީ.
  • އެކައުންޓް ނަންބަރު ވެރިފައިކުރާ ސްލިޕް.

ނޯޓު: އިންވިޖިލޭޓަރަކަށް ކުރިމަތިލުމަށް އެދި މިއިޢުލާނުގައި ބަޔާންކޮށްފައިވާ އެންމެހައި ލިޔެކިޔުންތައް ހުށަހަޅާ ފަރާތްތަށް މިކުންފުނީގެ އިންވިޖިލޭޓަރޒް ޕޫލްގައި ރެޖިސްޓްރީވެގެންދާނެއެވެ.

ސުންގަޑި

ނޯޓް: އިޢުލާންގެ މުއްދަތުގެ ފަހުންވެސް އިންވިޖިލޭޓަރުންގެ ޢަދަދު ހަމަނުވާނަމަ ނުވަތަ އިތުރަށް އިންވިޖިލޭޓަރުން ބޭނުންވެއްޖެނަމަ، އިތުރަށް އެފުރުޞަތު ދެވޭނެ ވާހަކަ ދަންނަވަމެވެ.

  • ފުރިހަމަކޮށްފައިވާ އިންވިޖިލޭޓަރުންގެ ފޯމާއި ހުށަހަޅަންޖެހޭ ލިޔެކިޔުންތައް 17 ނޮވެމްބަރ 2022 ވާ ބުރާސްފަތި ދުވަހުގެ 12:00 ކުރީން އީމެއިލުން [email protected] އަށް ނުވަތަ އައި.ޔޫ.އެމް ލާރނިންގ ސެންޓަރަށް ހުށަހެޅުމަށް އެދެމެވެ.
  • އިތުރު މައުލޫމާތު ސާފުކުރުމަށް ތިރީގައިވާ ނަންބަރުތަކަށް ގުޅުއްވުން އެދެމެވެ.
  • އައްޑޫ ސިޓީ ލަރނިންގ ސެންޓަރ (ސ. މީދޫ) – 7488829
  • ފުވައްމުލައް ސިޓީ ލަރނިންގ ސެންޓަރ – 6862096
  • ހައްދުންމަތި ލަރނިންގ ސެންޓަރ (ލ. ފޮނަދޫ) –6800065
  • ފާދިއްޕޮޅު ލަރނިންގ ސެންޓަރ (ޅ. ނައިފަރު) – 7986778
  • ހދ. ހއ. ލަރނިންގ ސެންޓަރ (ހދ. ހަނިމާދޫ) - 9459739

 

08 ނޮވެންބަރު 2022