ނީލަން
ނަންބަރު: (IUL)302-CO/302/2022/39
ޕަބްލިޝްކުރި ތާރީޚް: 08 ނޮވެންބަރު 2022
ޕަބްލިޝްކުރި ގަޑި: 14:22
ސުންގަޑި: 18 ނޮވެންބަރު 2022 16:00
މާޅޮސްމަޑުލު އުތުރުބުރީ ހުޅުދުއްފާރު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ހުޅުދުއްފާރު ކައުންސިލް އިދާރާގައި އޮތް ވޭން ނީލަމުގައި ވިއްކާލުން

ރަށު އޮފީސް ދުވަސްވަރު ބޭނުންކުރަމުން ގެންދިޔަ ވޭން، އިންޖީނުގެ މައްސަލަޖެހި 2007 ވަނަ އަހަރުންފެށިގެން ބޭނުންނުކޮށް ބާއްވާފައި އޮތުމުން މަރާމާތު ކުރުމަށް ބޮޑު ޚަރަދެއް ކުރަންޖެހޭތީ، ނީލަމުގައި ވިއްކާލުމަށް ކައުންސިލުގެ 4 ވަނަ ދައުރުގެ 73 ވަނަ ބައްދަލުވުމުން ވަނީ ނިންމާފައެވެ.

ނީލަން ފެށޭ އަގަކީ 15000.00 (ފަނަރަހާސް) ރުފިޔާއެވެ. މި ނީލަމުގައި ބައިވެރިވެ ލެއްވުމަށް ޝައުޤުވެރިވާ ފަރާތްތަކަށް ހުޅުދުއްފާރު ކައުންސިލުން މައުލޫމާތު ސާފުކޮށްދިނުމާއި، ވޭން ބައްލަވާލެއްވުމަށް ބޭނުންފުޅުވާ ފަރާތްތަކުން ހުޅުދުއްފާރު ކައުންސިލަށް ވަޑައިގަތުމުން އެ އިންތިޒާމް ހަމަޖައްސައި ދެވޭނެއެވެ. މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ 6580069 ނަންބަރު ފޯނާއެވެ.

ވީމާ، މި ނީލަމުގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކުން، ވޭން އާއިގުޅޭ މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 18 ނޮވެމްބަރ 2022 ވާ ހުކުރު ދުވަހުގެ ހަވީރު 4:00 އަށް ކައުންސިލް އިދާރާގެ ގޯތިތެރެއަށް ޙާޟިރުވެދެއްވުންއެދެމެވެ.

08 ނޮވެންބަރު 2022