ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)120-A/1/2022/80
ޕަބްލިޝްކުރި ތާރީޚް: 08 ނޮވެންބަރު 2022
ޕަބްލިޝްކުރި ގަޑި: 13:40
ޑިޕާޓްމަންޓް އޮފް ޕަބްލިކް އެގްޒެމިނޭޝަން
ދިވެހިރާއްޖެ
އާޓް އެންޑް ޑިޒައިން އިމްތިޙާނާގުޅޭ

އާޓް އެންޑް ޑިޒައިން އިމްތިޙާނުގައި ހިމެނޭ 2 ޕޭޕަރުގެ ތެރެއިން، ޕޭޕަރ 2 (ކޯސްވޯކް) އަކީ އެ މާއްދާއަށް ޚާއްޞަ ޓީޗަރެއްގެ އިރުޝާދާއި ބެލުމުގެ ދަށުން ކުރިއަށް ގެންދަން ޖެހޭ ޕޭޕަރަކަށް ވާތީ 2023 ވަނަ އަހަރުން ފެށިގެން، އާޓް އެންޑް ޑިޒައިން އިމްތިޙާނުގައި ބައިވެރިވެވޭނީ މިނިސްޓްރީ އޮފް އެޑިޔުކޭޝަންގައި ރަޖިސްޓްރީކޮށް ހިންގާ ސްކޫލުތަކުން ގްރޭޑް 10 ނުވަތަ 12 ނިންމާ ދަރިވަރުންނަށް އެކަނި ކަމުގައި ދެންނެވީމެވެ.

14 ރަބީޢުލްއާޚިރު 1444

08  ނޮވެންބަރު  2022

 

08 ނޮވެންބަރު 2022