ބީލަން
ނަންބަރު: (IUL)351/351/2022/53
ޕަބްލިޝްކުރި ތާރީޚް: 08 ނޮވެންބަރު 2022
ޕަބްލިޝްކުރި ގަޑި: 12:06
ސުންގަޑި: 27 ނޮވެންބަރު 2022 14:00
އަރިއަތޮޅު ދެކުނުބުރީ މަންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އދ.މަންދޫ ލޭންޑް ޔޫޒް ޕްލޭން ރިވިއު ކުރުމާބެހޭ

އިޢުލާން   

       

އދ.މަންދޫ ލޭންޑް ޔޫޒް ޕްލޭން ރިވިއު ކުރުމާބެހޭ:

 

                  މިހާރު ބޭނުންކުރަމުންދާ، އދ.މަންދޫ ލޭންޑް ޔޫޒް ޕްލޭން ރިވިއުކޮށް ބައެއް ބަދަލުތައް ގެންނަންވަނީ ބޭނުންވެފައެވެ.

               ވީމާ، ތިރީގައިވާ މަޢުލޫމާތުގެ މައްޗަށް ބިނާކޮށް، އދ.މަންދޫ ލޭންޑް ޔޫޒް ޕްލޭން ރިވިއުކޮށް އަލުން ހަދައިދިނުމުގެ މަސައްކަތް ކޮށްދިނުމަށް ޝައުޤުވެރިވާ ފަރާތްތަކުން މަސައްކަތް ކޮށްދޭނެ އަގާއި މުއްދަތު ބަޔާންކޮށް 27 ނޮވެމްބަރ 2022 ވާ އާދީއްތަ ދުވަހުގެ 13:00 ގެ ކުރިން މި އިދާރާއަށް ސިޓީއަކުން ހުށައެޅުއްވުން އެދެމެވެ. ސިޓީ މެއިލް ކުރައްވާނަމަ، ކުރައްވާނީ [email protected] އަށެވެ. މި މަސައްކަތާއި ގުޅިގެން ތައްޔާރުކޮށްފައިވާ މަޢުލޫމާތު ކަރުދާސް މިއަދުން ފެށިގެން ރަސްމީ ބަންދުނޫން އެންމެހާ ވަގުތުތަކުގައި މި އިދާރާއިން ލިބޭނެ އިންތިޒާމު ހަމަޖެހިފައިވާނެއެވެ.

 

ލޭންޑް ޔޫޒް ޕްލޭން ތައްޔާރުކުރުމުގައި ބަލަންޖެހޭ މައިގަނޑު ކަންތައްތައް

  1. މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގް، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ އިން އެކަށައަޅާފައިވާ ޤަވާއިދުތަކާއި މިންގަނޑުތަކާއި އުޞޫލުތަކާ އެއްގޮތަށް ލޭންޑް ޔޫޒް ޕްލޭން ރިވިއު ކުރުމުގެ އެންމެހާ މަރުޙަލާތަކެއް ގެންދިއުން.
  2. ކައުންސިލުން ނުވަތަ ރައްޔިތުން ބޭނުންވާ ކަންކަމުގެ މައްޗަށް، ލޭންޑް ޔޫޒް ޕްލޭން ބިނާކުރުން.
  3. ލޭންޑް ޔޫޒް ޕްލޭން ރިވިއު ކުރުމަށްފަހު، ފާސްކުރުމަށްޓަކައި ސަރުކާރުގެ ކަމާބެހޭ ފަރާތްތަކަށް ހުށައަޅަންޖެހޭ ރިޕޯޓްތަކާއި ކުރެހުންތައް ތައްޔާރުކޮށްދިނުން.
  4. ލޭންޑް ޔޫޒް ޕްލޭން ރިވިއު ކުރުމަށްފަހު ފާސްކުރުމަށް ހުށައެޅުމުން، އިސްލާޙްކުރުމަށް އަންގާ ކަންމާގުޅޭ ބަދަލުތައް ޕްލޭނަށް ގެނެސް، ފާސްކުރެވެންދެން މަސައްކަތްކޮށްދިނުން.

                  ވީމާ، މިކަންއާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

08 ނޮވެންބަރު 2022