މަސައްކަތް
ނަންބަރު: (IUL)COL/1/2014/44
ޕަބްލިޝްކުރި ތާރީޚް: 10 ނޮވެންބަރު 2014
ޕަބްލިޝްކުރި ގަޑި: 10:44
ސުންގަޑި: 18 ނޮވެންބަރު 2014 11:00
ސެންޓަރ ފޮރ އޯޕަން ލާރނިންގ
ދިވެހިރާއްޖެ
ސްޓަޑީގައިޑް ލިއުމަށް

ސްޓަޑީގައިޑް ލިޔުމަށް ބޭނުންވެއްޖެ

މި ސެންޓަރުން ހިންގާ މާސްޓަރސް އޮފް އާރޓްސް އިން ސޯޝަލް ޕޮލިސީ ކޯހުގެ ތިރީގައި މިދަންނަވާ މާއްދާގެ ސްޓަޑީގައިޑް ދިވެހިބަހުން ލިޔުމަށް ކުރެވުނު ނަންބަރު IUL)COL/1/2014/43)ފ(29 އޮކްޓޫބަރު 2014) އިޢުލާނާ ގުޅިގެން ހުށަހަޅުއްވާފައިވާ އަގުތައް އެކަށީގެންވާ ވަރަށްވުރެ ބޮޑުކަމަށް ފެންނާތީ، އެއިޢުލާން ބާޠިލު ކުރުމަށްފަހު، އަލުން މިމަސައްކަތަށް ހުޅުވާލަމެވެ. ވީމާ، މިމަސައްކަތް ކޮށްދެވިދާނެ ފަރާތްތަކުން 18 ނޮވެންބަރު 2014 ވާ އަންގާރަ ދުވަހުގެ ހެނދުނު 11:00 އަށް މިސެންޓަރަށް ހާޒިރުވެ މަޢުލޫމާތު ސާފުކުރުމަށްފަހު، 19 ނޮވެންބަރު 2014 ވާ ބުދަ ދުވަހުގެ ހެނދުނު 11:00 އަށް މިސެންޓަރަށް އަންދާސީހިސާބު ހުށަހެޅުން އެދެމެވެ. މަޢުލޫމާތު ސެޝަނަށް ހާޒިރުނުވެ، ފަހުން މަޢުލޫމާތު ކަރުދާސް ގެންދަވާ ފަރާތްތަކަށްވެސް އަންދާސީހިސާބު ހުށަހެޅުމުގެ ފުރުޞަތު ދެވޭނެއެވެ. ނަމަވެސް، އަންދާސީހިސާބު ބަލައިގަނެވޭނީ އެކަމަށް ކަނޑައެޅިފައިވާ ގަޑީގައި އެކަންޏެވެ. ލިޔަން ބޭނުންވާ މާއްދާއަކީ:

  • ޝަރީޢާ އެންޑް ޕޮލިސީ މޭކިންގ

މިކަމާ ގުޅޭގޮތުން އިތުރު މަޢުލޫމާތު ސާފުކުރައްވަން ބޭނުންފުޅުނަމަ، އޮފީސް ގަޑީގައި 3345192 ނަންބަރު ފޯނަށް ގުޅުއްވުން އެދެމެވެ.

17 މުޙައްރަމް 1436

10 ނޮވެންބަރު 2014