ބީލަން
ނަންބަރު: (IUL)351/351/2022/54
ޕަބްލިޝްކުރި ތާރީޚް: 08 ނޮވެންބަރު 2022
ޕަބްލިޝްކުރި ގަޑި: 11:54
ސުންގަޑި: 29 ނޮވެންބަރު 2022 14:00
އަރިއަތޮޅު ދެކުނުބުރީ މަންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ކައުންސިލްގެ ލޯގޯ ޑިޒައިން ކުރުމާއި ގުޅޭ

އިޢުލާން

މި އިދާރާ ރަމްޒުކޮށްދޭނެ އަމިއްލަވަންތަ ލޯގޯއެއް ފަރުމާކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ. މިގޮތުން ހުށައަޅާ ހުށައެޅުންތަކުގެ ތެރެއިން ޝަރުތުހަމަވާ އެންމެ ރީތި ފަރުމާއެއް ހުށައަޅާ ފަރާތަކަށް -/5000ރ (ފަސްހާސް ރުފިޔާ)ގެ ފައިސާއެއް ދިނުމަށްވަނީ ހަމަޖެހިފައެވެ.

 ލޯގޯ ފަރުމާކުރުމުގައި ބަލަންޖެހޭ ކަންތައްތައް

  • މި ކައުންސިލްގެ ކުލަ ކަމުގައިވާ ފެހިކުލަ ރަމްޒުކޮށްދިނުން
  • ރަށުގެ ރީތި މޫދާއި އަތިރިމަތި އަދި ރަށުގެ ރުއްގަސް ރަމްޒުކޮށްދިނުން
  • ފަތުރުވެރިކަމާއި، ދަނޑުވެރިކަމާއި އިޤްތިޞާދު ރަމްޒުކޮށްދިނުން
  • މި ކައުންސިލްގެ މޮޓޯ ކަމުގައިވާ "އެކުގައި ކުރިއަށް" ހިމެނުން
  • ފަރުމާ ކުރެވޭ ލޯގޯ އަކީ މުޅިން އައު އަމިއްލަވަންތަ ލޯގޯ އަކަށްވުން
  • ލޯގޯއަކީ އެއްވެސް ސިޔާސީ ޕާޓީއެއް ނުވަތަ އެހެން އިދާރާއެއް ނުވަތަ ކުލަބު ޖަމްއިއްޔާއެއް ރަމްޒުކޮށްދޭ ފަރުމާއއެއް ކަމުގައި ނުވުން
  • ލޯގޯ ފަރުމާކުރެވިފައި ހުންނަންވާނީ ލެޓަރ ހެޑް، ބިޒްނަސް ކާޑް، ސްޓާފް ކާޑް، ދިދަ، ވެބްސައިޓް ޕޭޖް، ޔުނިފޯމް އަދި ޖާރޒީ ފަދަ ތަކެތީގައި  ބޭނުންކުރެވޭފަދަ ގޮތަކަށެވެ.
  • ލޯގޯއަކީ ލަކުޑި ނުވަތަ މައުދަނެއްގައި ފަސޭހައިން ކަނޑާނެގޭ އަދި ރޮދިން އެމްބްރޮއިޑް ކުރެވޭފަދަ ފަރުމާއެއް ކަމުގައިވުން
  • ލޯގޯގެ ކޮރަލް ޑްރޯ ސޮފްޓް ފައިލްއެއް ވަކިން ތައްޔާރުކޮށް ހުށައެޅުން

 

ލޯގޯ އާއި އެކު ހުށައަޅަންޖެހޭ ޑިޒައިންތައް

  • ލެޓާ ހެޑް އަދި ފުޓަރ ޑިޒައިން (ހެޑާގައި ދައުލަތުގެ ނިޝާން، ކައުންސިލްގެ ނަން ދިވެހިންނާއި އިނގިރޭސި އަކުރުން ހިމެނުން، އަދި ފުޓަރގައި ކައުންސިލްގެ ނަމާއި ފޯނު ނަންބަރާއި އަދި އީމެއިލް އެޑްރެސް ހިމެނުން)
  • ބިޒްނަސް ކާޑް ޑިޒައިން (އިނގިރޭސިން)
  • ސިޓީއުރައިގެ ބޭރު ޑިޒައިން (A4 އަދި C5 ސައިޒަށް)
  • ސްޓާފް ކާޑް ޑިޒައިން
  • ކައުންސިލްގެ ދިދަ

ޕޮއިންޓް ދިނުމުގައި ބަލާނެ ކަންތައްތައް

  • ކުލަތައް ގެންސްފައިވާގޮތް %40
  • އުފެއްދުންތެރިކަމާއި އަމިއްލަވަންތަކަން  %20
  •  ހިމަނަންޖެހޭ އެންމެހާ ބައިތައް ހިމަނާފައިވާގޮތް %40

 

                  ވީމާ، މިކަމަށް ޝައުޤުވެރިވެލައްވާ އެންމެހާ ފަރާތްތަކުން 29 ނޮވެމްބަރު 2022 ވާ އަންގާރަ ދުވަހުގެ މެންދުރުފަހު 13:00 ގެ ކުރިން މި އދ. މަންދޫ ކައުންސިލްގެ އިދާރާއަށް އެފަރާތްތަކުގެ ފަރުމާ ހުށައެޅުއްވުން އެދި ދަންނަވަމެވެ. އީމެއިލް ކުރައްވާނަމަ [email protected] އަށް އީމެއިލް ކުރެއްވުން އެދެމެވެ.

08 ނޮވެންބަރު 2022