ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)272-CA/272/2022/74
ޕަބްލިޝްކުރި ތާރީޚް: 08 ނޮވެންބަރު 2022
ޕަބްލިޝްކުރި ގަޑި: 09:46
ސުންގަޑި: 13 ނޮވެންބަރު 2022 12:00
މިލަދުންމަޑުލު އުތުރުބުރީ ނޫމަރާ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ދަނޑުވެރިކަމުގެ ތަމްރީނު ޕްރޮގުރާމާ ގުޅޭ

އެގްރޯނޭޝަނަލް އާއި ށ.އަތޮޅު ކައުންސިލް ގުޅިގެން ދަނޑުވެރިކަމުގެ ތަމްރީނު ޕްރޮގުރާމެއް، ނޫމަރާގައި 17 ނޮވެންބަރު 2022 ން 21 ނޮވެންބަރު 2022 ށް ބޭއްވުމަށް ވަނީ ހަމަޖެހިފައިވެއެވެ.

މިތަމްރީން ޕްރޮގްރާމުން ނޫމަރާގެ 25 ފަރާތަކަށް ފުރުޞަތު ދިނުމަށް ހަމަޖެހިފައިވާތީ، ޕްރޮގުރާމްގައި ބައިވެރިވުމަށް އެދޭ ފަރާތްތަކުން 13 ނޮވެންބަރު 2022 ވާ އާދީއްތަ ދުވަހުގެ 12:00 ގެ ކުރިން، ކައުންސިލަށް ވަޑައިގެން ނަން ނޯޓް ކުރެއްވުމަށް ދަންނަވަމެވެ.

ވީމާ، މި ވާހަކަ ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

08 ނޮވެންބަރު 2022