ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)272-CA/272/2022/73
ޕަބްލިޝްކުރި ތާރީޚް: 08 ނޮވެންބަރު 2022
ޕަބްލިޝްކުރި ގަޑި: 09:40
ސުންގަޑި: 15 ޖަނަވަރީ 2023 13:30
މިލަދުންމަޑުލު އުތުރުބުރީ ނޫމަރާ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ނޫމަރާ ފެނާއި ނަރުދަމާގެ ނިޒާމު ޤާއިމުކުރުމުގެ މަޝްރޫޢުއާއި ގުޅޭ

މަތީ ދެންނެވިފައިވާ ދެންނެވިފައިވާ މަޝްރޫޢުގެ ދަށުން ފެނާއި ނަރުދަމާގެ ކަނެކްޝަން ގޭގެއަށް ގުޅައިދިނުމަށް އެދި ގޭގެ ވެރިފަރާތުން އެޕްލިކޭޝަން ފޯމް ފުރިހަމަކޮށް މިއިދާރާއަށް ހުށަހަޅަންޖެހެއެވެ. އިސްވެ ދެންނެވުނު އެޕްލިކޭޝަން ފޯމް ހުށަހެޅުމުގައާއި ބަލައިގަތުމުގައާއި އަދި ކަނެކްޝަން ލިސްޓް ފައިނަލް ކުރުމުގައި އަމަލު ކުރަންޖެހޭނީ މިކަމަށްޓަކައި މިހާރު އަމަލުކުރެވެމުންދާ ގަވާއިދު ނަންބަރު 2022/R-90 "މީހުން ދިރިއުޅޭ ރަށްރަށުގައި ހިންގާ، ފެނާއި ނަރުދަމާ މަޝްރޫޢުގެ ދަށުން، ފެނާއި ނަރުދަމާގެ ޚިދުމަތް ގުޅައިދިނުމުގައި ޢަމަލުކުރާނެ ގޮތުގެ ގަވާއިދު" އާއި އެއްގޮތަށެވެ. އަދި ފީއަކާނުލާ ފެން މީޓަރާއި ނަރުދަމާގެ ޖަންގްޝަން ( ކެޗްޕިޓް ) ގުޅައިދިނުމުގައި ބެލެވޭނީ މިގަވާއިދުގެ 5 ވަނަ ނަންބަރާއި 6 ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ ގިންތި ތަކުގެ މައްޗަށެވެ.

ވީމާ، މި ގަވާއިދާއި އެއްގޮތަށް އެޕްލިކޭޝަން ފޯމް ހުށަހެޅުމުގެ ފުރުޞަތު 15 ނޮވެންބަރު 2022 ވާ އަންގާރަ ދުވަހުން ފެށިގެން 15 ޖަނަވަރީ 2023 ވާ އާދީއްތަ ދުވަހުގެ 13:30 އާ ހަމައަށްވަނީ ހުޅުވާލެވިފައެވެ. މި އިޢުލާނާއިއެކު އެޕްލިކޭޝަން ފޯމް އަދި ގަވާއިދު ނަންބަރު 2022/R-90 "މީހުން ދިރިއުޅޭ ރަށްރަށުގައި ހިންގާ، ފެނާއި ނަރުދަމާ މަޝްރޫޢުގެ ދަށުން، ފެނާއި ނަރުދަމާގެ ޚިދުމަތް ގުޅައިދިނުމުގައި ޢަމަލުކުރާނެ ގޮތުގެ ގަވާއިދު" ގެ ކޮޕީ އެއްކަރުދާސްކުރެވިފައިވާނެއެވެ. އަދި މި ފޯމް މި ކައުންސިލްގެ އިދާރާގެ ކައުންޓަރުން ލިބެން ހުންނާނެ ވާހަކަ އާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ. 

08 ނޮވެންބަރު 2022