ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)425-A3/1/2022/281
ޕަބްލިޝްކުރި ތާރީޚް: 07 ނޮވެންބަރު 2022
ޕަބްލިޝްކުރި ގަޑި: 22:58
ސުންގަޑި: 20 ނޮވެންބަރު 2022 14:00
މާލޭ ސިޓީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ވިލިމާލެ ލޯކަލް މާރުކޭޓުން ގޮޅި ކުއްޔަށް ދޫކުރުމަށް އަލުން ފުރުޞަތު ހުޅުވާލުމާއި ގުޅޭ

މާލޭ ސިޓީކައުންސިލްގެ ވިލިމާލެ ލޯކަލް މާރުކޭޓުން ގޮޅި ކުއްޔަށް ހިފުމަށް ހުޅުވާލާ، އިޢުލާން ނަންބަރު : IUL)425-CB/1/2022/237) އިން ޝަކުވާ ހުށަހެޅުއްވުމުގެ ފުރުޞަތު އިތުރުކޮށް ލިބިފައިވާ ޝަކުވާތަކަށް ރިޢާޔަތްކޮށް އަލުން ގޮޅިއަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލަމެވެ.

 

ކުއްޔަށް ދޫކުރާ ތަނާއި ބެހޭ މަޢުލޫމާތު

 

(ހ) ވިލިމާލެ ލޯކަލް މާރުކޭޓް/ ވިލިމާލެ ފެރީ ޓަރމިނަލްގެ ހުޅަނގު ދެކުނު (20 ގޮޅި)

(ށ) މަހަކު 1050/-  ރުފިޔާ

(ނ) ކުއްޔަށް ދޫކުރާ މުއްދަތު 01 އަހަރު ދުވަސް

(ބ) ގޮޅި ފަރުމާ ކުރެވިފައި ހުންނަން ޖެހޭ ގޮތް: މާލެ ސިޓީ ކައުންސިލްގެ ނިންމުމާއި އެއްގޮތަށް

(ޅ) ތަން ކުއްޔަށް ހިފުމަށް ހުންނަންޖެހޭ ޝަރުތުތައް

  • އުމުރުން 18 އަހަރު ފުރިފައިވާ ވިލިމާލޭގައި ދިރިއުޅޭ ވިލިމާލޭގެ ރަށްވެއްސެއް ކަމުގައިވުން. ނުވަތަ އުމުރުން 18 އަހަރުފުރި ވިލިމާލޭގައި ދިރިއުޅުމަށް މަސައްކަތް ކުރާތާ 20 އަހަރު ވެފައިވާ ދިވެހި ރައްޔިތެއް ކަމުގައިވުން.
  • ސަރުކާރު ނުވަތަ ސަރުކާރުގެ ހިއްސާ އޮންނަ ކުންފުންޏެއްގައި ވަޒީފާ އަދާކުރާ މީހެއްކަމުގައި ނުވުން.
  • މާލޭ ސިޓީގައި ހިންގާ މާރުކޭޓްތަކުގެ ތެރެއިން އެއްވެސް މާރުކޭޓެއްގެ ގޮޅިއެއްގެ ހިންގާ މީހެއްކަމުގައި ނުވުން.
  • އެއްވެސް ފަރާތަކުން އެއް ފޯމްއަށްވުރެ ގިނަ ފޯމް ހުށަހެޅުމާއި، އެއްގޮޅިއަށްވުރެ ގިނަ ގޮޅީގައި ފާހަގަ ޖެހުމާއި އެއްވެސް ގޮޅިއެއްގައި ފާހަގަ ނުޖަހާ ހުރި ނަމަ އެފޯމެއް ބާޠިލް ވާނެއެވެ.
  • މިކައުންސިލުން މީގެކުރިން ދީފައިވާ އެއްވެސް ޙިދުމަތަކަށް ދައްކަން ޖެހޭ ފައިސާއެއް މިހާތަނަށް ނުދައްކާ ހުރި ފަރާތްތަކުގެ ފޯމް ބާޠިލް ވާނެއެވެ.

 

މާރުކޭޓުން ގޮޅި ކުއްޔަށް ހިފަން ބޭނުންވާ ފަރާތްތަކުން 07 ނޮވެމްބަރު 2022 އިން ފެށިގެން 20 ނޮވެމްބަރު 2022 ގެ ނިޔަލަށް، މާލެ ސިޓީ ކައުންސިލްގެ ވެބްސައިޓް އިން އެކަމަށް އެދޭ ފޯމް ނަންގަވާ ފޯމް ފުރިހަމަ ކުރައްވާ ފޯމާއިއެކު ހުށަހަޅަންޖެހޭ ހުރިހާ ތަކެއްޗާއިއެކު މިކައުންސިލަށް ހުށަހެޅުއްވުމަށް ދަންނަވަމެވެ. ފޯމް ބަލައިގަންނާނީ ހުކުރު ދުވަސް ފިޔަވައިކޮންމެ ދުވަހެއްގެ ހެނދުނު 9:00 ން 14:00 އަށް މާލެސިޓީ ކައުންސިލްގެ ވިލިމާލެ ސެކްޝަން އޮފީހުންނެވެ. ފޯމަ ބަލައިގަތުމުގެ އެންމެ ފަހު ތާރީޙަކީ 20 ނޮވެމްބަރު 2022 ގެ 14:00 އެވެ. މިތާރީޙުގެ ގަޑީގެ ފަހުން ފޯމްތައް ބަލައި ނުގަނެވޭނެއެވެ.

       ވީމާ، މާރުކޭޓް ގޮޅިހިންގަން ބޭނުން ފުޅުވާ ފަރާތްތަކުން އެކަމަށް އެދި ފޯމަށް ހުށަހަޅުއްވަމުން ގެންދެވުމަށް ޢާންމުކޮށް އަންގާ އިޢުލާން ކުރީމެވެ. މިއިޢުލާނާއިއެކު "ވިލިމާލެ ލޯކަލް މާރުކޭޓުގެ ގޮޅިތައް ކުއްޔަށް ދިނުމާއި ބެހޭ އުސޫލް" އަދި މާރުކޭޓް ގޮޅިއަށް އެދޭ ފޯމް ހިމެނީމެވެ.

 

              

 

 

07 ނޮވެންބަރު 2022