މަސައްކަތް
ނަންބަރު: (IUL)311/INDIV/2014/1031
ޕަބްލިޝްކުރި ތާރީޚް: 09 ނޮވެންބަރު 2014
ޕަބްލިޝްކުރި ގަޑި: 09:40
ސުންގަޑި: 19 ނޮވެންބަރު 2014 14:00
މާޅޮސްމަޑުލު އުތުރުބުރީ ފައިނު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ވާރޭފެން ނަގާ ރައްކާކުރާނެ ނިޒާމެއް ޤާއިމުކޮށްދޭނެ ފަރާތެއް ހޯދުމަށް

ބީލަން ހުށަހެޅުމުގެ ދަޢުވަތު

މާޅޮސްމަޑުލު އުތުރުބުރީ ފައިނުގެ ކުރީގެ އަންހެނުން މިސްކިތް މަސްޖިދުއްސަލާމުގެ ހޯލުގެ ތެރޭގައި ވާރޭފެން ނަގާ ރައްކާކުރާނެ ނިޒާމެއް ޤާއިމުކޮށްދޭނެ ފަރާތެއް ހޯދުމަށްޓަކައި މިއިދާރާއިން ކުރި ނަންބަރު IUL)311/INIDIV/2014/1028)ފ(29 އޮކްޓޫބަރު 2014) ގެ އިޢުލާނާ ގުޅިގެން އެއްވެސް ފަރާތަކުން މަޢުލޫމާތު ސާފުކުރުމަށް ވަޑައިގެންފައިނުވާތީ، އެއިޢުލާން ބާޠިލުކޮށް، އަލުން އެކަމަށް އެދޭ ފަރާތްތަކަށް އެފުރުޞަތު ހުޅުވާލަމެވެ.

ވީމާ، މިމަސައްކަތް އަމިއްލަ ތަކެތީގައި ކޮށްދިނުމަށް ޝައުޤުވެރިވާ ފަރާތްތަކަށް ބީލަން ހުށަހެޅުމުގެ ދަޢުވަތު ހުޅުވާލަމެވެ. ބީލަން ފޮތް ބަންދު ނޫން ކޮންމެ ދުވަހަކު 8:30 އިން 14:30 ފައިނު ކައުންސިލުގެ އިދާރާއިން ހިލޭ ލިބިވަޑައިގަންނަވާނެއެވެ.

މިމަޝްރޫޢުގެ ޕްރީބިޑް ބައްދަލުވުން އޮންނާނީ 19 ނޮވެންބަރު 2014 ވާ ބުދަ ދުވަހުގެ 14:00 ގައި ފައިނު ކައުންސިލުގެ އިދާރާގެ ޖަލްސާކުރާ މާލަމުގައެވެ. ބިޑް ހުޅުވުން އޮންނާނީ 26 ނޮވެންބަރު 2014 ވާ ބުދަ ދުވަހުގެ 14:00 ގައި ފައިނު ކައުންސިލުގެ އިދާރާގެ ޖަލްސާކުރާ މާލަމުގައެވެ. ބީލަންތައް ހުށަހަޅަންވާނީ ބަންދުކުރެވިފައިވާ ސިޓީއުރައެއްގައެވެ. ސިޓީއުރައިގެ ބޭރުގައި ތިރީގައިވާ މަޢުލޫމާތު ލިޔެފައި ހުންނަންވާނެއެވެ.

    ހ. "ފައިނުގެ ކުރީގެ އަންހެނުން މިސްކިތް މަސްޖިދުއްސަލާމުގެ ހޯލުގައި ވާރޭފެން ނަގާ ރައްކާކުރާނެ ނިޒާމެއް ޤާއިމުކުރުމުގެ މަސައްކަތް"

    ށ. ބީލަން ހުށަހަޅާ ފަރާތުގެ ނަމާއި އެޑްރެސް އަދި ގުޅޭނެ ނަންބަރު

    ނ. ބީލަން ހުށަހަޅާ ތާރީޚާއި ވަގުތު

ބީލަމާއެކު ހުށަހަޅަންޖެހޭ ލިޔެކިޔުންތައް ފުރިހަމަނުވާނަމަ ބީލަން ޤަބޫލެއް ނުކުރެވޭނެއެވެ. އަދި ބަދަލުގައި މީހަކު ފޮނުއްވާނަމަ އެކަން އެނގޭނެ ލިޔުމަކާއެކު ފޮނުއްވުމަށްވެސް ދަންނަވަމެވެ. މިކަމާ ގުޅޭގޮތުން އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ރަސްމީގަޑީގައިނަމަ 6580072 އެނޫން ގަޑިތަކުގައި 7847291 ނަންބަރު ފޯނަށެވެ.

09 ނޮވެންބަރު 2014