މަސައްކަތް
ނަންބަރު: 153-CMS/2014/12
ޕަބްލިޝްކުރި ތާރީޚް: 10 ނޮވެންބަރު 2014
ޕަބްލިޝްކުރި ގަޑި: 09:19
ސުންގަޑި: 19 ނޮވެންބަރު 2014 14:00
ސެންޓަރ ފޮރ މެރިޓައިމް ސްޓަޑީޒް
ދިވެހިރާއްޖެ
ކޯސް ކަރިކިއުލަމް އެކުލަވައިލުން

އައި.އެމް.އޯ ގެ STCW’2010 ކޮންވެންޝަންގެ 4/III ރެގިއުލޭޝަނުގައި ނަންގަނެވިފައިވާ ތިރީގައިވާ ކޯސް މި ސެންޓަރުގައި ކިޔަވައިދިނުމަށްޓަކައި ކޯހުގެ އައުޓްލައިން ސްޓްރަކްޗަރާއެކު ޑީޓެއިލް ޓީޗިންގ ސިލަބަހެއް ލިޔުމަށް ބޭނުންވެއެވެ.

- "ޕްރޮފިޝަންސީ އޭޒް ރޭޓިންގ ފޯރމިންގ ޕާރޓް އޮފް އޭން އިންޖިނިއަރިންގ ވޮޗް"

ވީމާ، މި މަސައްކަތް ކޮށްދެއްވުމަށް ޝައުޤުވެރިވެވަޑައިގަންނަވާ ބޭފުޅުން ތިރީގައިވާ ގަޑިއަށް ސެންޓަރ ފޮރ މެރިޓައިމް ސްޓަޑީޒް (ވިލިނގިލި) އަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، ތިރީގައިވާ ގަޑިއަށް ވަޑައިގެން، ސީ.ވީ އާއެކު އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ. އަންދާސީހިސާބު ބަލައިގަނެވޭނީ އެކަމަށް ކަނޑައެޅިފައިވާ ގަޑީގައި އެކަންޏެވެ. މި މަސައްކަތަށް އެދިވަޑައިގެން އަންދާސީހިސާބު ހުށަހަޅުއްވަންވާނީ މަތީގައި ބަޔާންކޮށްފައިވާ މާއްދާއާގުޅޭ ދާއިރާއަކުން މާސްޓަރޒް ޑިގްރީ، ބެޗްލަރޒް ޑިގްރީ ނުވަތަ ޑިޕްލޮމާ ހާސިލު ކުރައްވާފައިވާ ފަރާތްތަކުންނެވެ. މަޢުލޫމާތު ސާފުކުރައްވަން ވަޑައިނުގަންނަވާ ފަރާތްތަކަށްވެސް އަންދާސީހިސާބު ހުށަހެޅުއްވޭނެއެވެ.

ތަފުސީލު

ތާރީޚު

ގަޑި

މަޢުލޫމާތު ސާފުކުރެއްވުމަށް

19 ނޮވެންބަރު 2014

14:00

އަންދާސީހިސާބު ހުށަހެޅުއްވުން

24 ނޮވެންބަރު 2014

14:00

އިތުރު މަޢުލޫމާތު ބޭނުންފުޅުވެވަޑައިގަންނަވާނަމަ، 3390681 ނުވަތަ 3390983 ނަންބަރާ ގުޅުއްވުން އެދެމެވެ.

17 މުޙައްރަމް 1436

10 ނޮވެންބަރު 2014