ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)259/2022/83
ޕަބްލިޝްކުރި ތާރީޚް: 07 ނޮވެންބަރު 2022
ޕަބްލިޝްކުރި ގަޑި: 13:46
ސުންގަޑި: 17 ނޮވެންބަރު 2022 11:30
ތިލަދުންމަތީ ދެކުނުބުރީ ފިނޭ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ރައްޔިތުންގެ ގެސްޓް ހައުސްގައި ހުރި ބައެއް ތަކެތި ނީލަން ކިޔުން

                    ރައްޔިތުންގެ ގެސްޓް ހައުސްގައި ހުރި ދޮރު، ފުރާޅު، ފާހާނާތަށިފަދަ ތަކެތި ގަންނަން ބޭނުންވާ ފަރާތްތަކަށް މި އިދާރާއަށް އަގު ހުށައަޅައިގެން ގަތުމުގެ ފުރުސަތު ދިނުމަށް، ނިންމާ، ކުރެވުނު މިކައުންސިލްގެ ނަންބަރު (IUL)259/2022/73 (06 އޮކްޓޫބަރު 2022) ނަންބަރު އިޢުލާނާ ގުޅިގެން އަގު ހުށަހަޅާފައިވާ ފަރާތްތަކުގެ ބިޑްތައް މިހާރު ހުށަހަޅާފައިވާ ގޮތަށް އެވަލުއޭޓްކުރުމަކީ، ކުރެވިދާނެކަމެއްކަމަށް ނުފެންނާތީވެ، އެ އިޢުލާނު ބާޠިލްކުރުމަށްފަހު، ރައްޔިތުންގެ ގެސްޓް ހައުސްގައި ހުރި ދޮރު، ފުރާޅު، ފާހާނާތަށިފަދަ ތަކެތި ގަންނަން ބޭނުންވާ ފަރާތްތަކަށް މި އިދާރާއަށް އަގު ހުށައަޅައިގެން ގަތުމުގެ ފުރުސަތު ދިނުމަށް، އަލުން އިއުލާނު ކުރަމެވެ. ވިއްކުމަށް ހަމަޖެހިފައިވާ ތަކެތި ބައްލަވަން ބޭނުންފުޅުވާ ފަރާތްތަކުން
13 ނޮވެންބަރު 2022 ވާ އާދިއްތަ ދުވަހުގެ 10:00 އަށް ރައްޔިތުންގެ ގެސްޓް ހައުސްއަށް ވަޑައިގެން ދެއްވުން އެދެމެވެ.

އަދި މި ތަކެތި ގަންނަން ބޭނުންވާ ފަރާތްތަކުން ގަންނަން ބޭނުންވާ ތަކެތީގެ ތަފްސީލު އަދި އަގު (ކޮންމެ އެއްޗެއްގެ އަގު ވަކިން އަދި ޖުމްލަ އަގު ހިމެނޭނެހެން) ބަޔާންކޮށް 17 ނޮވެންބަރު 2022 ވާ ބުރާސްފަތި ދުވަހުގެ 11:30 ގެ ކުރިން މި އިދާރާއަށް ސިޓީ ހުށައެޅުއްވުން އެދެމެވެ. އަގު ބަޔާންކޮށްފައިވާ ސިޓީ ހުޅުވުން އޮންނާނީ
17 ނޮވެންބަރު 2022 ވާ ބުރާސްފަތި ދުވަހުގެ 11:30 ގައި ސިޓީ ހުށައަޅުއްވާ ފަރާތްތަކުގެ ޙާޟިރުގައި، ހދ. ފިނޭ ކައުންސިލުގެ އިދާރާގައެވެ.

07 ނޮވެންބަރު 2022