ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL)MUH-01/1/2014/46
ޕަބްލިޝްކުރި ތާރީޚް: 06 ނޮވެންބަރު 2014
ޕަބްލިޝްކުރި ގަޑި: 09:03
ސުންގަޑި: 20 ނޮވެންބަރު 2014 12:00
މުޙްޔިއްދީން ސްކޫލް
ދިވެހިރާއްޖެ
ސީނިއަރ ކައުންސިލަރ

އިޢުލާން

މުވައްޒަފުން ބޭނުންވެއްޖެ

މަޤާމު: ސީނިއަރ ކައުންސިލަރ

ބޭނުންވާ އަދަދު: 1 (އެކެއް)

މަސައްކަތްކުރުމަށް ހަމަޖެހިފައިވާތަން: މުޙްޔިއްދީން ސްކޫލު، މާލެ

ޝަރުޠު: ސިވިލް ސަރވިސްގެ ޤަވާއިދުގައިވާ ގޮތުގެމަތިން ތިރީގައިމިވާ ޝަރުޠުތަކުން ޝަރުޠެއް ފުރިހަމަވުން.

ރޭންކް

ކްލެސިފިކޭޝަން

ޝަރުޠު

މަޤާމުގެ އަސާސީ މުސާރަ

ސަރވިސް އެލެވަންސް

އެމް. އެސް 2

ސީނިޔަރ އޮފިސަރ ގްރޭޑް 2 / ޓެކްނިކަލް އޮފިސަރ ގްރޭޑް 2

- މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއެއްގައި 4 އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން. ނުވަތަ،

- މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއެއްގައި 2 އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން. ނުވަތަ،

- މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 6 ގެ ސަނަދެއް ހާސިލުކޮށްފައިވުން.

މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 6 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، ގުޅުންހުރި ދާއިރާއަކުން ލެވެލް 5 ނުވަތަ އެއަށްވުރެ މަތީ ސަނަދެއް ހާސިލުކޮށްފައިވުން. 

-/6295

-/2500

މަޤާމުގެ މަސްއޫލިއްޔަތު:

  • ސްކޫލްގެ ދަރިވަރުންނަށް ކައުންސިލިންގ ދިނުން.
  • ދަރިވަރުންގެ އަޚްލާޤީ މައްސަލަތައް ބަލައި، ވެރިންގެ އިރުޝާދާއެކު އަޅަންޖެހޭ ފިޔަވަޅުތައް އެޅުން.
  • ދަރިވަރުންނާއި މުއައްޒަފުން ހޭލުންތެރިކުރުވުމުގެ ޕްރޮގްރާމްތައް ރާވައި ހިންގުން.
  • ސްކޫލުގައި ތިބި އިތުރު/ޚާއްޞަ އެހީއަށް ބޭނުންވާ ދަރިވަރުންގެ ޒިންމާތައް ފުރިހަމައަށް ނަގައި، އަޚްލާޤީ މައްސަލަ ތަކުރާރުކޮށް ދިމާވާ ދަރިވަރުންގެ މައްސަލަތައްބެލުމާއި، އެ ދަރިވަރުންގެ ރެކޯޑްތައް ބެލެހެއްޓުމަށް ފައިލްތައް ތައްޔާރުކޮށް ޤަވައިދުން ބަލަހައްޓަމުން ގެންދިއުން.
  • ކުލާސްތަކަށްގޮސް، އިތުރު އެހީއަށް ބޭނުންވާ ދަރިވަރުންގެ މަސައްކަތްތައް ކައިރިން ބަލައި، އެކަންތައްތައް ރެކޯޑުކުރުން.
  • ޖެހިގެން އަންނައަހަރުގެ މަސައްކަތަށް ބޭނުންވާ ބަޖެޓް ތައްޔާރުކޮށް ހުށަހެޅުން.
  • ސްކޫލުގައި ދަރިވަރުންނަށް އުނގެނޭނެ އަދި މުވައްޒަފުންނަށް މަސައްކަތްކުރެވޭނެފަދަ ރައްކާތެރި ރަނގަޅު މާޙައުލެއް ޤާއިމުކުރަން މެނޭޖްމަންޓާއެކު މަސައްކަތްކުރުން.
  • ސްކޫލްގެ ޞިއްޙީ ޕޮރޮގްރާމްތައް ހިންގުމުގައި އެހީތެރިވެދިނުން.
  • ކުދިން ބަލަހައްޓާނެ ގޮތާއި، އެކުދިންނަށް ބޭނުންވާނެ އެހީތެރިކަމަކީ ކޮބައިކަން އަންގައިދޭނެ ފަދަ ވޯރްކޝޮޕްތައް، ސުކޫލުގެ ޓީޗަރުންނަށާއި ބެލެނިވެރިންނަށް ރާވައި ހިންގައިދިނުން.
  • ގްރޭޑް 7، 6 ގެ ދަރިވަރުންނަށް ލައިފް ސްކިލް ޕްރޮގްރާމްތައް ކޯޑިނޭޓްކުރުން.
  •  އަމިއްލަ ނަފްސު ކުރިއަރުވަައި ހަރުދަނާކުރުމަށް މަސައްކަތް ކުރުން.
  • ދަރިވަރުންނާބެހޭ ބޮޑެތި ކަންތައްތައް ނިންމުމުގައި ޕްރިންސިޕަލްގެ ލަފަޔާއި މަޝްވަރާގެމަތިން ކަންތައްތައް ނިންމުން.
  • ވަޒީފާއާ ގުޅޭގޮތުން ކުރަންޖެހޭ އިދާރީ މަސައްކަތްތައް ކުރުން.

މި ވަޒީފާއަށް މީހަކު ހޮވުމުގައި ބަލާނެ އިތުރު ކަންތައްތައް:

- ވަޒީފާއަށް އެންމެ ޤާބިލުމީހަކު ހޮވުމަށްޓަކައި ބޭއްވޭ އިންޓަވިޔުކުރުން.

- މި މަޤާމަށް މީހަކު ހޮވުމަށް ބާއްވާ އިންޓަރވިއު އޮންނާނީ، 20 ނޮވެންބަރު 2014 އާއި 7 ޖަނަވަރީ 2015 އާ ދެމެދު މުޙްޔިއްދީން ސްކޫލުގައެވެ.

ހުށަހަޅަންޖެހޭ ތަކެތި:    

  • ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމް.
  • ތަޢުލީމީ ސެޓްފިކެޓްތަކުގެ އެކްރެޑިޓްކޮށްފައިވާ ކޮޕީ.
  • ތަޖުރިބާގެ ލިޔުންތައް.
  • މުއްދަތު ހަމަނުވާ އައިޑީ ކާޑުގެ ސާފު ފޮޓޯކޮޕީ (އަސްލާ އެއްގޮތްކަމަށް ރަސްމީ ފަރާތްތަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހުން ތައްގަނޑު ޖަހާފައިވާ އަސްލު)
  • ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު.
  • ސިވިލްސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިޢުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުން.

 ނޯޓް: ތަޖުރިބާގެ މުއްދަތު ގުނާނީ، ސީވީގައި ބަޔާންކޮށްފައިވާ ތަންތާނގައި ވަޒީފާ އަދާކޮށްފައިވާކަމުގެ ރަސްމީ ލިޔުމެއް ހުށަހެޅުމުންނެވެ.

- ވަޒީފާއަށް އެދޭފޯމު، މި ސްކޫލުގެ ކައުންޓަރުން ލިބެން ހުންނާނެއެވެ. އަދި  www.muhyiddinschool.edu.mv އިން ޑައުންލޯޑް ކުރެވޭނެއެވެ.

އިތުރުގަޑީގެ ފައިސާ: މި މަޤާމުގައި އިތުރުގަޑީގައި މަސައްކަތް ކުރަންޖެހޭނަމަ، ހަމަޖެހިފައި އޮންނަ އުސޫލެއްގެމަތިން އިތުރުގަޑީގެ ފައިސާ ލިބޭނެއެވެ.

ސުންގަޑި: 2014 ނޮވެންބަރު 20 ވާ ބުރާސްފަތި ދުވަހުގެ 12:00 ގެ ކުރިން، ބަޔާންކޮށްފައިވާ ތަކެއްޗާއެކު މުޙްޔިއްދީން ސްކޫލަށް ހުށަހެޅުން އެދެމެވެ.

ނޯޓް: ޝަރުޠު ހަމަނުވާ އެޕްލިކޭޝަންތަކާއި، ހުށަހަޅަންޖެހޭ ތަކެތި ހަމައަށް ހުށަހަޅާފައި ނުހުންނަ އެޕްލިކޭޝަންތަކާއި، ފެކްސް މެދުވެރިކޮށް ފޮނުވާ އެޕްލިކޭޝަންތައް ބަލައެއް ނުގަނެވޭނެއެވެ.

އިތުރު މަޢުލޫމާތު ހޯދުމަށް: ފޯނު:  3390635

06 ނޮވެންބަރު 2014