ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)141-CE/141/2022/318
ޕަބްލިޝްކުރި ތާރީޚް: 07 ނޮވެންބަރު 2022
ޕަބްލިޝްކުރި ގަޑި: 11:24
ސުންގަޑި: 27 ނޮވެންބަރު 2022 13:30
މިނިސްޓްރީ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓް
ދިވެހިރާއްޖެ
ސިވިލް ސޮސައިޓީ އެވޯޑަށް ކުރިމަތިލުމުގެ އިޢުލާން އިސްލާޙު ކުރުމާއި މުއްދަތު އިތުރުކުރުން

                         އިޢުލާން

ސިވިލް ސޮސައިޓީ އެވޯޑަށް ކުރިމަތިލުމުގެ އިޢުލާން އިސްލާޙު ކުރުމާއި މުއްދަތު އިތުރުކުރުން

            އިޖުތިމާޢީ ގޮތުން މުޖުތަމަޢު ބާރުވެރި ކުރުވުމަށް އަމިއްލަ އިސްނެގުމުގެމަތިން، ތަފާތު ގޮތްގޮތުން އެ ޖަމްޢިއްޔާއެއް ނިސްބަތްވާ މުޖުތަމަޢުގެ ރައްޔިތުންގެ ދިރިއުޅުމުގެ ޙާލަތު ކުރިއެރުވުމަށް، ހިލޭސާބަހަށް މަސައްކަތް ކުރުމުގައި މަދަނީ ޖަމްޢިއްޔާތަކުގެ ތެރެއިން ނަމޫނާ ދައްކުވައިދޭ ފަދަ މަސައްކަތްތައްކޮށްފައިވާ ޖަމްޢިއްޔާތަކަށް ދެވޭ އިނާމަށް ކުރިމަތި ލުމަށް ކުރެވިފައިވާ މިމިނިސްޓްރީގެ ނަންބަރު: IUL)141-CE/141/2022/318) (25 އޮކްޓޯބަރ 2022) އިޢުލާނު  އިސްލާހުކޮށް، އެވޯޑަށް ކުރިމަތިލުމުގެ މުއްދަތު އިތުރު ކޮށްފީމެވެ.         

ސިވިލް ސޮސައިޓީ އެވޯޑަށް ކުރިމަތިލުމުގެ އެޕްލިކޭޝަން ފޯމާއި، އެވޯޑް ކްރައިޓީރިއަރ މި އިޢުލާނާއެކު ޝާއިޢު ކުރެވިފައި ވާނެއެވެ. އަދި މި މިނިސްޓްރީގެ ވެބްސައިޓް  www.youth.gov.mv  ގައި ޝާއިޢު ކުރެވިފައިވާނެއެވެ.

  މި އިނާމްތަކަށް ނަން ހުށަހެޅުމުގެ ފުރުޞަތު 25 އޮކްޓޯބަރ 2022 ވަނަ ދުވަހުން ފެށިގެން ޢާއްމުކޮށް ވަނީ ހުޅުވާލެވިފައެވެ. އަދި މިހާތަނަށް އެވޯޑަށް ނަން ހުށަހަޅާފައިވާ ފަރާތްތަކުން އިތުރަށް ނަން ހުށަހަޅަށް ނުޖެހޭނެއެވެ.

އެވޯޑުގެ ނަން:

ސިވިލް ސޮސައިޓީ އެވޯޑް

 އެޕްލިކޭޝަން ފޯމް ލިބެން ހުންނާނެތަން:

  www.youth.gov.mv ވެބްސައިޓުން

  އެޕްލިކޭޝަން ފޯމް ބަލައިގަތުމަށް ހަމަޖެހިފައިވާ އެންމެ ފަހުގެ ތާރީޚް: 27 ނޮވެމްބަރ 2022 ވަނަދުވަހުގެ 13:30ގެ ނިޔަލަށް

އެޕްލިކޭޝަން ފޯމް ހުށަހަޅަންޖެހޭ ތަން:  

އެޕްލިކޭޝަން ފޯމް ހުށަހަޅަންޖެހޭނީ ގޫގުލް ލިންކް https://forms.gle/Cn5CyBdWR1Q2jHJX6 މެދުވެރިކޮށް ނުވަތަ މި މިނިސްޓްރީގެ ކައުންޓަރ (ވެލާނާގެ 3ވަނަ ފަންގިފިލާ) އިން ސަރުކާރު ބަންދު ނޫން ކޮންމެ ދުވަހަކު ހެނދުނު 8:30 އިން 13:30 އަށެވެ. ރަށްރަށުން އެޕްލިކޭޝަން ހުށަހަޅުއްވާ ފަރާތްތަކުން މިނިސްޓްރީގެ އީމެއިލް: [email protected] އީމެއިލް މެދުވެރިކޮށެވެ.

 ފޯމާއިއެކު ހުށަހަޅަންޖެހޭ ތަކެތި:

-          ޖަމްޢިއްޔާގެ ރަޖިސްޓްރީ ކޮޕީ.

-          އެވޯޑަށް ހުށަހަޅުއްވާ ދާއިރާއާއި ގުޅޭ އެހެނިހެން ލިޔެކިއުންތައް.

-          ފޮޓޯ

-          ވީޑިއޯ)

ނޯޓް:

  • ކޮންމެ ޖަމްޢިއްޔާއަކަށްވެސް އިނާމަށް ހުށަހެޅޭނީ ކޮންމެވެސް އެއް ދާއިރާ އަކުންނެވެ.
  • އިތުރު މަޢުލޫމާތު ސާފު ކުރެއްވުމަށް މިނިސްޓްރީ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓްގެ ނަންބަރު 7948514 އަށް ގުޅުއްވުން އެދެމެވެ.
  • ފައިލް އަޕްލޯޑް ކުރާއިރު، ޖަމްޢިއްޔާގެ ނަންޖަހަންވާނެއެވެ.

 

 

 

 

 

 

 

 

 

 

 

 

 

 

 

 

07 ނޮވެންބަރު 2022