ދިވެހިރާއްޖެ
އިޢުލާން
ތ. ކަނޑޫދޫ އައުޓްޑޯ ޖިމްގެ މަސައްކަތް ނިންމުމާބެހޭ
މިރަށު އައުޓްޑޯ ޖިމްގެ ނުނިމިހުރި މަސައްކަތްތައް އަމިއްލަ ތަކެތީގައި ކޮށްދޭނެ ފަރާތެއް ހޯދުމަށް ކުރި މިއިދާރާގެ ނަންބަރު (IUL)387/387/2022/43 (07 ސެޕްޓެމްބަރ 2022)ގެ އިއުލާނާގުޅިގެން ބިޑު ޑޮކިއުމަންޓް ބައްލަވައިގެންނެވި ފަރާތްތަކުގެ ތެރެއިން ބިޑު ހުށަހެޅުއްވި ފަރާތްތަކުގެ ބިޑުތައް އެކަށީގެންވާ ވަރަށްވުރެ ބޮޑުކަމަށް ފެންނާތީ، އެއިއުލާން ބާތިލްކޮށް އަލުން އެފުރުޞަތު ހުޅުވާލަމެވެ.
ވީމާ، މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓްގައި ވިޔަފާރިއަށް ރަޖިސްޓަރީ ކޮށްފައިވާ ފަރާތްތަކުގެ ތެރެއިން މިމަސައްކަތް އަމިއްލަ ތަކެތީގައި ކޮށްދެއްވުމަށް އެދިލައްވާ ފަރާތްތަކުން 07 ނޮވެމްބަރ 2022 ވަނަދުވަހުގެ 9:30 އިންފެށިގެން 10 ނޮވެމްބަރ 2022 ވަނަދުވަހުގެ 12:00 އާއި ދެމެދު މިއިދާރާއަށް ދުރުވެ ބިޑު ޑޮކިއުމަންޓް ބައްލަވައިގަތުމަށްފަހު 17 ނޮވެމްބަރ 2022 ވަނަދުވަހުގެ 11:00 އަށް މިއިދާރާއަށް އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ. ޕްރީބިޑް މީޓިންގ، އަދި ސައިޓު ބެލުން 10 ނޮވެމްބަރ 2022 ވަނަދުވަހު 13:30 ގައި މިއިދާރާގައި އޮންނާނެއެވެ. ބިޑް ޑޮކިއުމަންޓްގެ އަގަކީ -/50 ރުފިޔާއެވެ. ބިޑް ޑޮކިއުމަންޓް ބައްލަވައިނުގަންނަވާ ފަރާތްތަކަށް އަންދާސީ ހިސާބު ހުށަހެޅުމުގެ ފުރުޞަތު ނުދެވޭނެ ވާހަކަ މިފުރުޞަތުގައި ދަންނަވަމެވެ.
މިހެންވެ މިކަން އާންމުކޮށް އެންގުމައްޓަކައި އިޢުލާނު ކުރީމެވެ.
12 ރަބިޢުލްއާޚިރު 1444
06 ނޮވެމްބަރ 2022