ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)419-ESMSMS/419/2022/106
ޕަބްލިޝްކުރި ތާރީޚް: 06 ނޮވެންބަރު 2022
ޕަބްލިޝްކުރި ގަޑި: 14:49
ސުންގަޑި: 21 ނޮވެންބަރު 2022 14:00
ހުވަދުއަތޮޅު ދެކުނުބުރީ ގައްދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ގައްދޫ ކައުންސިލް ވުމެން ފުޓްސަލް ޗެލެންޖް 2022

ގައްދޫ ކައުންސިލް ވުމެން ފުޓްސަލް ޗެލެންޖް 2022

ގދ.ގައްދޫ ރައްޔިތުންގެ މެދުގައި އެކުވެރިކަން ބަދަހި ކުރުމަށާއި، ފުޓްސަލް ދިރުވައި ޢާލާކޮށް ހުނަރުވެރި އަންހެން ފުޓްސަލް ކުޅުންތެރިން އުފެއްދުމަށާއި ސިއްޚީ ގޮތުން ދުޅަހެޔޮ މުޖުތަމައެއް ބިނާކުރުމުގެ މަޤުސަދުގައި ގައްދޫ އ.ތ.މ ކޮމިޓީ އާއި ގުޅިގެން ގައްދޫ ކައުންސިލުން އިންތިޒާމްކޮށްގެން 2022 ޑިސެމްބަރ 22 ވަނަ ދުވަހު ގދ.ގައްދޫ ގައި އަންހެން ބޭފުޅުންނަށް ޚާއްސަކޮށްގެން ފުޓްސަލް މުބާރާތެއް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.

ވީމާ، މިމުބާރާތުގައި ބައިވެރިވުމަށް އެދޭ ޓީމްތަކުން 2022 ނޮވެމްބަރ 21 ވަނަ ދުވަހުގެ 14:00 ގެ ކުރިން މުބާރާތުގައި ބައިވެރިވުމަށް އެދޭ ފޯމް ފުރިހަމަ ކުރުމަށްފަހު މިއިދާރާއަށް ހުށަހެޅުއްވުން އެދެމެވެ. މުބާރާތުގެ ޤަވާއިދާއި މުބާރާތުގައި ބައިވެރިވުމަށް އެދޭ ފޯމް އަދި މުބާރާތުގައި ބައިވެރިވާ ޓީމް ތަކުން ހުށަހަޅަންޖެހޭ ޓީމް ލިސްޓް ހުށަހަޅާ ފޯމް މިއިޢުލާނާއެކު ޢާއްމުކުރި ވާހަކަވެސް ދެންނެވީމެވެ. މުބާރާތުގައި ބައިވެރިވުމަށް އެދޭ ފޯމާއި ޓީމް ލިސްޓް ހުށަހަޅާ ފޯމް މިއިދާރާގެ އީމެއިލް އެޑްރެސް [email protected] އަށް ފޮނުވިދާނެ ކަމުގައިވެސް ދެންނެވީމެވެ. މިމުބާރާތް އަދި މުބާރާތުގެ ޤަވާއިދާއި ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރުމަށް 7601051 އަށް ގުޅުއްވުމަށްވެސް ދެންނެވީމެވެ.

އިޙްތިރާމް ޤަބޫލުކުރެއްވުން އެދެމެވެ. 

06 ނޮވެންބަރު 2022