ދިވެހިރާއްޖެ
ދިވެހިރާއްޖެއަށް ރޯގަސްގަހާގެއްސާއި ގަހުގެ ބައިތައް އެތެރެކުރުމުގެ ކުރިން މިމިނިސްޓްރީން ހުއްދަ ނަގަން ޖެހެއެވެ. އަދި ތަކެތި އެތެރެވާއިރުގައި އެޤައުމެއްގެ ސަރުކާރުގެ މުއައްސަސާއަކުން ދޫކޮށްފައިވާ ފައިޓޯ ސެނިޓަރީ ސެޓުފިކެޓެއް ގެންނަވަންޖެހެއެވެ. މިހާރު ގަސްގަހާގެއްސާއި ގަހުގެ ބައިތައް އެތެރެކުރުމަށް ހުއްދަ ނަގަންޖެހެނީ ކޮންމެ ޝިޕްމަންޓަކަށް ހުއްދައެކެވެ. ނަމަވެސް 09 ނޮވެންބަރު 2014އިން ފެށިގެން ކޮންމެ ޝިޕްމަންޓަކަށް ހުއްދަ ނެގުމުގެ ބަދަލުގައި، އެތެރެކުރަން ބޭނުންވާ ގަސްގަހާގެއްސާއި ގަހުގެ ބައިތައް ރާއްޖެއެތެރެކުރުމުގެ ހުއްދަ 6 މަސްދުވަހުގެ މުއްދަތަށް އެއްހުއްދައެއްގެ ދަށުން ދެއްވާގޮތަށް ހަމަޖެހިފައިވާ ވާހަކަ ދެންނެވީމެވެ. މިހެންކަމުނ، 6މަސްދުވަހުގެ ތެރޭގައި ހުއްދަ ނަގާފައިވާ ލިސްޓުގައި ހިމެނޭ ގަހާއި ގަހުގެ ބައިތައް އެކިފަހަރުމަތިން އެތެރެކުރެވިދާނެއެވެ. މިގޮތަށް ހުއްދަދިނުން ހަމަޖެހުނު ނަމަވެސް ގަސްގަހާގެއްސާއި ގަހުގެ ބައިތައް ރާއްޖެ އެތެރެވާއިރު ގެންނަންޖެހޭ ފައިޓޯސެނިޓަރީ ސެޓުފިކެޓާއި އެހެނިހެން ލިޔެކިޔުންތައް ކޮންމެ ޝިޕްމަންޓަކާއެކު ހުށަހަޅަންޖެހޭނެއެވެ. ވީމާ، މިކަން ޢާންމުކޮށް އަންގައި އިޢުލާނުކުރީމެވެ.
ގަސްގަހާގެއްސާއި ގަހުގެ ބައިތައް އެތެރެކުރުމުގެ ހުއްދައަށް އެދޭ ފޯމު މިމިނިސްޓްރީގެ ކައުންޓަރުންނާއި ވެބްސައިޓް (/http://www.fishagri.gov.mv) އިން ލިބެން ހުންނާނެއެވެ.
13 މުޙައްރަމް 1436