ޢާންމު މަޢުލޫމާތު
ނަންބަރު: (A) EA-2014/436
ޕަބްލިޝްކުރި ތާރީޚް: 04 ނޮވެންބަރު 2014
ޕަބްލިޝްކުރި ގަޑި: 13:57
ސުންގަޑި: 11 ނޮވެންބަރު 2014 16:30
އިލެކްޝަންސް ކޮމިޝަނުގެ އިދާރާ
ދިވެހިރާއްޖެ
ދެ ކައުންސިލްގެ ބައި-އިލެކްޝަންގައި ވޯޓުދިނުމުގެ ޙައްޤު ލިބިފައިވާ މީހުންގެ ލިސްޓަށް ޝަކުވާ ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލުން

2014 ޑިސެންބަރު 20 ގައި ބޭއްވުމަށް ހަމަޖައްސާފައިވާ ދެ ކައުންސިލްގެ ބައި-އިލެކްޝަންގައި ވޯޓުދިނުމުގެ ޙައްޤު ލިބިފައިވާ މީހުންގެ ލިސްޓަށް ޝަކުވާ ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލުން

2014 ޑިސެންބަރު 20 ވާ ހޮނިހިރު ދުވަހު ބޭއްވުމަށް ހަމަޖައްސާފައިވާ މ. މަޑުއްވަރީ ކައުންސިލާއި ގއ. ކޮނޑޭ ކައުންސިލުގެ ބައި-އިލެކްޝަނަށް ވޯޓު ދިނުމުގެ ޙައްޤު ލިބިފައިވާ މީހުންގެ ލިސްޓު، 2014 ނޮވެންބަރު 2 ވީ އާދީއްތަ ދުވަހު ދިވެހި ސަރުކާރުގެ ގެޒެޓުގައި ޝާއިޢުކޮށްފީމެވެ. މި ލިސްޓު ދިވެހި ސަރުކާރުގެ ގެޒެޓްގެ ވެބްސައިޓް (http://www.gazette.gov.mv) ގައްޔާއި އިލެކްޝަންސް ކޮމިޝަނުގެ ވެބްސައިޓް (www.elections.gov.mv) ގައްޔާއި މ. މަޑުއްވަރީ ކައުންސިލުގެ އިދާރާގައްޔާއި ގއ. ކޮނޑޭ ކައުންސިލުގެ އިދާރާގައި ޢާންމުކޮށް ފެންނަން ހުންނާނެއެވެ.

ގެޒެޓް ކޮށްފައިވާ ވޯޓު ދިނުމުގެ ޙައްޤު ލިބިފައިވާ މީހުންގެ ލިސްޓަށް ޝަކުވާ ހުށަހަޅަން ބޭނުންވާ ފަރާތްތަކުން ޝަކުވާ ހުށަހަޅާނީ، 2014 ނޮވެންބަރު 4 އިން 2014 ނޮވެންބަރު 11 ގެ ނިޔަލަށް، ބަންދުނޫން ކޮންމެ ދުވަހެއްގެ ހެނދުނު 8:30 ން މެންދުރުފަހުގެ 3:00 އަށެވެ. 2014 ނޮވެންބަރު 11 ވާ އަންގާރަ ދުވަހު ޝަކުވާ ބަލައިގަތުމަށް ހަމަޖެހިފައިވަނީ، މެންދުރު ފަހުގެ 2:30 އިން ހަވީރު 4:30 އަށެވެ. ޝަކުވާ ހުށަހަޅާނީ ވޯޓު ދިނުމުގެ ޙައްޤު ލިބިފައިވާ މީހުންގެ ރަޖިސްޓަރީއާބެހޭ ޝަކުވާ ހުށަހަޅާ ފޯމުންނެވެ. މި ފޯމު ދޫކުރުމާއި ބަލައިގަތުން ހަމަޖެހިފައިވަނީ އިލެކްޝަންސް ކޮމިޝަންގެ އިދާރާ (ޕޯޓް ކޮމްޕްލެކްސް ބިލްޑިންގުގެ 5 ވަނަ ފަންގިފިލާ) އިންނާއި މ. މަޑުއްވަރީ ކައުންސިލުގެ އިދާރާއިންނާއި ގއ. ކޮނޑޭ ކައުންސިލުގެ އިދާރާއިންނެވެ. އަދި މި ފޯމު އިލެކްޝަންސް ކޮމިޝަނުގެ ވެބްސައިޓް (www.elections.gov.mv) އިން ޑައުންލޯޑް ކުރެވެންވެސް ހުންނާނެއެވެ.

މިހެންވެ، މިކަން ޢާންމުކޮށް އަންގައި އިޢުލާންކުރީމެވެ.

11 މުޙައްރަމް 1436

04 ނޮވެންބަރު 2014