ދެންނެވުން
ނަންބަރު: (IUL)415/415/2022/151
ޕަބްލިޝްކުރި ތާރީޚް: 06 ނޮވެންބަރު 2022
ޕަބްލިޝްކުރި ގަޑި: 12:16
ސުންގަޑި: 15 ނޮވެންބަރު 2022 14:00
ހުވަދުއަތޮޅު ދެކުނުބުރީ ތިނަދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ގދ.ތިނަދޫ ކައުންސިލްގެ 2022 ވަނަ އަހަރުގެ ޤުރުއާން މުބާރާތުގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލުން :

އިޢުލާން

 

ގދ.ތިނަދޫ ކައުންސިލްގެ 2022 ވަނަ އަހަރުގެ ޤުރުއާން މުބާރާތުގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލުން :

                  ގދ.ތިނަދޫ ކައުންސިލުން ކޮންމެ އަހަރަކުވެސް ބާއްވަމުން އަންނަ ޤުރުއާން މުބާރާތްތަކުގެ ތެރެއިން މިއަހަރުގެ ޤުރުއާން މުބާރާތް 2022 ނޮވެމްބަރު 24 ން 26 އަށް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.

                  ވީމާ މިމުބާރާތުގައި ބައިވެރިވުމަށް ޝަޥްޤުވެރިވާ ސްކޫލް މަދަރުސާ،ޤުރުއާން ކުލާސް،ޕްރީ ސްކޫލް،ޖަމިއްޔާ ޖަމާޢަތްތައް އަދި އަމިއްލަ ފަރާތްތަކުން 15 ނޮވެމްބަރު 2022 ވަނަ ދުވަހުގެ 14:00 ގެކުރިން މުބާރާތުގައި ބައިވެރިވުމަށް އެދޭ ފޯރމް ފުރިހަމަކުރެއްވުމަށް ފަހު މިއިދާރާއަށް ހުށަހެޅުއްވުން އެދެމެވެ.

                  މުބާރާތުގައި ބައިވެރިވުމަށް ހުށަހަޅުއްވަންޖެހޭ ފޯރމާއި، މުބާރާތުގެ ޤަވާޢިދު 06 ނޮވެމްބަރު 2022 ން ފެށިގެން މިއިދާރާގެ ކައުންޓަރުންނާއި މިއިދާރާގެ ވެބްސައިޓް www.thinadhoo.gov.mv  އިން ލިބެން ހުންނާނެއެވެ.

06 ނޮވެންބަރު 2022