ޢާންމު މަޢުލޫމާތު
ނަންބަރު: (IUL) 101-FT/2014/155
ޕަބްލިޝްކުރި ތާރީޚް: 09 ނޮވެންބަރު 2014
ޕަބްލިޝްކުރި ގަޑި: 12:54
މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް
ދިވެހިރާއްޖެ
ދިވެހިރާއްޖެ
ކާރނިވަލް، ފަންފެއާރ، ޕްރޮމޯޝަން ފެއާރ، ނައިޓްމާކެޓް ފަދަ ކަންތައްތައް ބޭއްވުމުގެ ހުއްދަ ދިނުމާބެހޭ.
އިޢުލާން
ކާރނިވަލް، ފަންފެއާރ، ޕްރޮމޯޝަން ފެއާރ، ނައިޓްމާކެޓް ފަދަ ކަންތައްތައް ބޭއްވުމުގެ ހުއްދަ ދިނުމާބެހޭ.
މާލޭ ސިޓީ ކައުންސިލުން ދެމުންގެންދިޔަ، ކާނިވަލް، ފަންފެއާރ، ޕްރޮމޯޝަން ފެއާރ އަދި ނައިޓްމާކެޓް ފަދަ ކަންކަން ބޭއްވުމުގެ ހުއްދަ، މިއަދުން ފެށިގެން ދެމުންގެންދާނީ މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓުން ކަމުގައި އެންމެހައި ފަރާތްތަކުގެ މަޢުލޫމާތަށްޓަކައި ދެންނެވީމެވެ.
ކާނިވަލް، ފަންފެއާރ، ޕްރޮމޯޝަން ފެއާރ އަދި ނައިޓްމާކެޓް ފަދަ ކަންކަން ބޭއްވުމުގެ ހުއްދައަށް އެދޭ ފޯމު މިނިސްޓްރީގެ ވެބްސައިޓް www.trade.gov.mv އިން ލިބިވަޑައިގަންނަވާނެއެވެ.
16 މުޙައްރަމް 1436
09 ނޮވެންބަރު 2014