މަސައްކަތް
ނަންބަރު: (IUL)101-AF/1/2014/153
ޕަބްލިޝްކުރި ތާރީޚް: 04 ނޮވެންބަރު 2014
ޕަބްލިޝްކުރި ގަޑި: 12:30
ސުންގަޑި: 12 ނޮވެންބަރު 2014 14:30
މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް
ދިވެހިރާއްޖެ
މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓުގެ އެތެރޭގެ އިދާރީ ޚިދްމަތްތަކުގެ ސްޓޭންޑާރޑް އޮޕަރޭޓިންގ ޕްރޮސީޖިއާރސް (އެސް.އޯ.ޕީ) މެނުއަލް ތައްޔާރުކޮށްދިނުން

މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓުގެ އެތެރޭގެ އިދާރީ ޚިދްމަތްތަކުގެ ސްޓޭންޑާރޑް އޮޕަރޭޓިންގ ޕްރޮސީޖިއާރސް (އެސް.އޯ.ޕީ) މެނުއަލް ތައްޔާރުކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެގެން 2014 އޮކްޓޫބަރު 28ގައި މި މިނިސްޓްރީއިން ކުރި އިޢުލާން ނަންބަރު: (IUL)101-AF/1/2014/149  އަށް ޙަވާލާދީ ދަންނަވަމެވެ.

މި އިޢުލާންގެ ދަށުން 04 ނޮވެންބަރު 2014 ވަނަ ދުވަހު މި މިނިސްޓްރީގައި ބޭއްވުނު މަޢުލޫމާތު ސެޝަންގައި ބައިވެރި ފަރާތްތަކަށް ބީލަން ހުށަހެޅުމަށް ކުރިން ދެވިފައިވާ މުއްދަތު އިތުރުކޮށް، ބީލަން ބަލައިގަތުމާއި ބީލަން ހުޅުވުމަށް މިހާރު ހަމަޖެހިފައިވަނީ 12 ނޮވެންބަރު 2014 ވާ ބުދަ ދުވަހު 14:30ގައި ވެލާނާގެ 11 ވަނަ ފަންގިފިލާގައި ހުންނަ މިމިނިސްޓްރީގެ މީޓިންގ ރޫމުގައި ކަމުން، މި ކަން އާއްމުކޮށް އަންގައި އިޢުލާންކުރީމެވެ.

ވީމާ، ދެންނެވިފައިވާ ގަޑިއަށް ހުރިހާ ބީލަންތަކެއް ހުށަހަޅުއްވަންވާނެއެވެ. ބީލަން ބަލައިގަތުމަށް ކަނޑއަޅާފައިވާ ސުންގަޑީގެ ކުރިން އަދި ފަހުން ހުށަހަޅާ ބީލަން ބަލައިނުގަނެވޭނެ ވާހަކަ ދަންނަވަމެވެ. އަދި ބީލަންތައް ހުންނަންވާނީ ބަންދުކުރެވިފައިވާ ސިޓީއުރައެއްގައެވެ. މިކަމާ ގުޅޭގޮތުން އިތުރު މަޢުލޫމާތު ބޭނުންފުޅުވާނަމަ، 3306696 އަށް ގުޅުއްވުމަށް އެދެމެވެ.

13 މުޙައްރަމް  1436

 

04 ނޮވެންބަރު 2014