މަސައްކަތް
ނަންބަރު: MFMC/I/2022/58
ޕަބްލިޝްކުރި ތާރީޚް: 03 ނޮވެންބަރު 2022
ޕަބްލިޝްކުރި ގަޑި: 12:19
ސުންގަޑި:
17 ނޮވެންބަރު 2022 14:00
މޯލްޑިވްސް ފަންޑް މެނޭޖްމަންޓް ކޯޕަރޭޝަން ލިމިޓެޑް
ދިވެހިރާއްޖެ
ދިވެހިރާއްޖެ
ކޭބަލް ލޭންޑިންގ ސްޓޭޝަން އިމާރާތް ކުރުމުގެ މަސައްކަތް
އިޢުލާން ނަމްބަރު: MFMC/I/2022/58
ޕްރޮޖެކްޓް ނަމްބަރު: OCM-21-2022
ބީލަން ހުށަހެޅުމުގެ ދަޢުވަތު
- އޯޝަން ކަނެކްޓް މޯލްޑިވްސް ގެ އެދިލެއްދުމުގެ މަތިން، ހުޅުމާލޭ ފޭސް 2 ގައި ކޭބަލް ލޭންޑިންގ ސްޓޭޝަނެއް އިމާރާތް ކުރުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއެވެ. ވީމާ، މިމަސައްކަތަށް ބީލަން ހުށަހެޅުމުގެ ފުރުޞަތު މިކަމަށް ޝަރުތުހަމަވާ ފަރާތްތަކަށް ހުޅުވާލަމެވެ.
- މިކަމަށް ކުރިމަތިލާ ފަރާތްތަކުގައި ހުންނަންޖެހޭ ޝަރުތުތަކާއި އިވެލުއޭޓްކުރެވޭ ކްރައިޓީރިއާ ބިޑް ޑޮކިއުމެންޓްގައި ބަޔާންކުރެވިފައިވާނެއެވެ.
- މި މަސައްކަތާއިބެހޭ އެންމެހައި ލިޔެކިއުންތައް މި އިޢުލާނުން ޑައުންލޯޑް ކުރެވެން ހުންނާނެއެވެ.
- އަދި މިބިޑާގުޅިގެން ދޫކުރެވޭ އެންމެ ފަހު މަޢުލޫމާތުތަށް ލިބިގަތުމަށްޓަކައި ތިރީގައިވާ ލިންކް މެދުވެރިކޮށް ރަޖިސްޓްރީ ވުމަކީ ބިޑަށް ހުށަހަޅާފަރާތުގެ ޒިންމާއެކެވެ. ރަޖިސްޓްރީ ވުމުގެ ސުންގަޑިއަކީ 14 ނޮވެމްބަރ 2022 ވާ ހޯމަ ދުވަހުގެ 16:00 ގެ ކުރިންނެވެ.
ރަޖިސްޓްރީ ލިންކ: https://forms.office.com/r/EWu7Hpq4YG
- ބީލަން ހުޅުވުން އޮންނާނީ 17 ނޮވެމްބަރ 2022 ވަނަ ދުވަހު 14:00 ގައި އެމް،އެފް،ސީ ، ހެޑް އޮފީސް (ހ. އޯކިޑް 9 ވަނަ ފަންގިފިލާގެ މީޓިންގ ރޫމްގައެވެ).
- މި މަސައްކަތާ ގުޅޭގޮތުން އެއްވެސް ސުވާލެއް ވާނަމަ އީމެއިލް ކުރައްވާނީ 8 ނޮވެމްބަރ 2022 ވާ އަންގާރަ ދުވަހުގެ 16:00 ގެ ކުރިން، ތިރީގައިވާ އީމެއިލް އެޑްރެހަށެވެ.
- މި މަސައްކަތުގެ ބިޑްސެކިއުރިޓީގެ ގޮތުގައި 15,000/-ރ (ފަނަރަ ހާސް ރުފިޔާ) ހުށަހަޅަން ޖެހޭނެއެވެ. ބިޑްސެކިއުރިޓީގެ މުއްދަތަކީ ބިޑް ހުޅުވާ ތާރީޚުން ފެށީގެން 28 ދުވަހެވެ.
- ހަމަޖެހިފައިވާ ގަޑީގެ ފަހުން ހުށަހެޅޭ އަންދާސީ ހިސާބުތައް އަދި މި އިޢުލާނާ ގުޅިގެން ދޫކުރެވޭ މަޢުލޫމާތު ކަރުދާހުގައި ބަޔާންކޮށްފައިވާ ލިޔުންތައް ހުށަނާޅާ އަންދާސީ ހިސާބުތައް ބަލައިނުގަނެވޭނެ ވާހަކަ މައުލޫމާތަށްޓަކައި ދެންނެވީމެވެ. އަދި ކޮންމެ ވަގުތެއްގައި ވެސް އަންދާސީ ހިސާބުތައް ބާޠިލް ކުރުމުގެ ފުރިހަމަ އިޚްތިޔާރު މި ކުންފުންޏަށް ލިބިގެންވެއެވެ.
- މި އިޢުލާނާއި ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް އީމެއިލް ކުރައްވާނީ [email protected] އަށެވެ.
03 ނޮވެމްބަރ 2022
03 ނޮވެންބަރު 2022