ތަމްރީނު
ނަންބަރު: (IUL)28-PM-1/1/2022/272
ޕަބްލިޝްކުރި ތާރީޚް: 02 ނޮވެންބަރު 2022
ޕަބްލިޝްކުރި ގަޑި: 19:38
ސުންގަޑި: 15 ނޮވެންބަރު 2022 14:00
މިނިސްޓްރީ އޮފް ޑިފެންސް
ދިވެހިރާއްޖެ
ޔުނައިޓެޑް ސްޓޭޓްސް އެއަރފޯސް އެކެޑަމީ (ޔޫ.އެސް.އޭ.އެފް.އޭ) ކްލާސް އޮފް 2027

ކޯސް:

ޔުނައިޓެޑް ސްޓޭޓްސް އެއަރފޯސް އެކެޑަމީ (ޔޫ.އެސް.އޭ.އެފް.އޭ) ކްލާސް އޮފް 2027

ޖާގައިގެ ޢަދަދު:

06 (ހައެއް)

އިންސްޓިޓިއުޓް / ޤައުމު :

ޔުނައިޓެޑް ސްޓޭޓްސް އެއަރފޯސް އެކެޑަމީ / އެމެރިކާ

ކޯސް ފެށޭ ތާރީޚު:

ޖޫން 2023

މުއްދަތު:

4 އަހަރު

ކޯހުގެ ބާވަތް:

އެއަރފޯސް

ކޯހުން ހާޞިލްވާ ތަޢުލީމީ ފެންވަރު:

ބެޗްލަރސް ޑިގްރީ

ކުރިއަށް ދެވިދާނެ ދާއިރާތައް

1. އެރޮނޮޓިކަލް އިންޖިނިއަރިންގ

2. އެސްޓްރޮނޮޓިކަލް އިންޖިނިއަރިންގ

3. ކޮމްޕިއުޓަރ ސައިންސް

4. މިލިޓަރީ ސްޓްރެޓެޖިކް ސްޓަޑީޒް

5. މެކޭނިކަލް އިންޖިނިއަރިންގ

6. ސައިބަރ ސައިންސް

7. ބަޔޮލޮޖީ

8. ލީގަލް ސްޓަޑީޒް

9. މެތަމެޓިކްސް

10. މެނޭޖްމަންޓް

11. އޮޕަރޭޝަންސް ރިސާރޗް

12. ފިލޯސަފީ

13. ސިސްޓަމް އިންޖިނިއަރިންގ

14. މީޓިއޮރޮލޮޖީ

  • މީގެ އިތުރުންވެސް މޭޖަރ ވެވިދާނެ އިތުރު ދާއިރާތަކާއި އެކެޑަމީއާއިބެހޭ މަޢްލޫމާތު އެކެޑަމީގެ އޮފިޝަލް ވެބްސައިޓް http://www.usafa.edu އިން ލިބިލައްވާނެ.

ޝަރުޠު:

  • 2023 ވަނަ އަހަރުގެ ޖުލައި 01 ވަނަ ދުވަހުގެ ކުރިން 23 އަހަރު ނުފުރޭ، ޒަވާޖީ ހަޔާތެއް ފަށާފައިނުވާ ފަރާތެއް ކަމުގައިވުން.
  • އޭ ލެވެލް ހަދާފައިވާ ނުވަތަ އޭ ލެވެލްއާ އެއްފެންވަރުގެ ނުވަތަ އެއަށްވުރެ މަތީ ފަންތީގެ ސަނަދެއް ލިބިފައިވާ ފަރާތެއްކަމުގައިވުން. (މިގޮތުން ނަތީޖާ ރަނގަޅު ފަރާތްތަކަށް އިސްކަން ދެވޭނެއެވެ.)
  • ހަށިހެޔޮކަމުގެ އިމްތިހާނުން ފާސްވެފައިވާ އަދި ނަފްސާނީ ގޮތުންނާއި ޖިސްމާނީގޮތުން ދުޅަހެޔޮ ފަރާތެއްކަމުގައިވުން.
  • ސްކޮލާސްޓިކް އެޕްޓިޓިއުޑް ޓެސްޓް (SAT) ނުވަތަ އެމެރިކަން ކޮލެޖް ޓެސްޓިންގ (ACT) ހަދާފައިވާ ފަރާތެއް ކަމުގައިވުން. (މި ޓެސްޓަކީ ކޯހަށް އެޕްލައިކުރުމަށްފަހުވެސް ފުރިހަމަ ކުރެވިދާނެ ޓެސްޓެކެވެ.)
  • ޓެސްޓް އޮފް އިންގްލިޝް އޭޒް އަ ފޮރިންގ ލޭންގުއޭޖް (TOEFL) ހަދާފައިވާ ފަރާތެއް ކަމުގައިވުން. (މި ޓެސްޓަކީ ކޯހަށް އެޕްލައިކުރުމަށްފަހުވެސް ފުރިހަމަކުރެވިދާނެ ޓެސްޓެކެވެ.)

ސުންގަޑި:

މި ކޯހަށް ޝަރުތު ހަމަވާ ފަރާތްތަކުން ކޯސް އެޕްލިކޭޝަން ފޯމު ފުރުއްވުމަށްފަހު، 2022 ނޮވެންބަރު 15 ވަނަ ދުވަހުގެ އޮފީސް ބަންދުވުމުގެ ކުރިން އެޕްލިކޭޝަން ފޯމު އެމް.އެން.ޑީ.އެފް (ބަންޑާރަކޮށި) އަށް ދުރުވެ ހުށަހެޅުއްވުން އެދެމެވެ. އަދި ފޯމު ހުށަހަޅަން ދުރުވެ 9871235 ނަންބަރަށް ގުޅުއްވުންވެސް އެދެމެވެ. ނުވަތަ އެޕްލިކޭޝަން ފޯމް އެމް.އެން.ޑީ.އެފް ޓްރޭނިންގ ޑިޕާޓްމަންޓްގެ މެއިލް: [email protected] އަށް މެއިލް ކޮށްދެއްވުން އެދެމެވެ.

ކޯހާއި ބެހޭ އިތުރު މަޢުލޫމާތު:

-          ކޯހާއިގުޅޭ އިތުރު މަޢުލޫމާތު އެކަޑަމީގެ އޮފިޝަލް ވެބްސައިޓް http://www.usafa.edu އިން ލިބިލައްވާނެއެވެ.

-          އިތުރު މަޢުލޫމާތު ހޯއްދެވުމަށް 3322607 (އެކްސްޓެންޝަން 2156)، ނުވަތަ 9871235 އަށް ގުޅުއްވުން އެދެމެވެ.

-          ކޯސް އެޕްލިކޭޝަން ފޯމު އެމް.އެން.ޑީ.އެފްގެ ވެބްސައިޓް (www.mndf.gov.mv) އިން ލިބެން ހުންނާނެއެވެ.

-          ކޯހަށް ހޮވޭ ފަރާތްތައް އެމް.އެން.ޑީ.އެފްގެ ވަޒީފާ ހަމަޖެއްސޭނެއެވެ.

02 ނޮވެންބަރު 2022