ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL)486-HR/1/2022/43
ޕަބްލިޝްކުރި ތާރީޚް: 02 ނޮވެންބަރު 2022
ޕަބްލިޝްކުރި ގަޑި: 15:59
ސުންގަޑި: 14 ނޮވެންބަރު 2022 14:00
އިންތިޤާލީ އިންސާފުގެ އޮމްބަޑްސްޕަރސަންގެ އޮފީސް
ދިވެހިރާއްޖެ
އިންތިޤާލީ އިންސާފުގެ އޮމްބަޑްސްޕަރސަންގެ އޮފީހުގެ ވަޒީފާގެ ފުރުޞަތު

ތާރީޚް: 02 ނޮވެންބަރު 2022

ނަންބަރު: IUL)486-HR/1/2022/43)

އިޢުލާނު

މިއޮފީހުގެ ނަންބަރ: IUL)486-HR/1/2022/42)، އޮކްޓޫބަރު 13، 2022 ގައި ކުރެވުނު އިޢުލާނާ ގުޅިގެން މިމަޤާމަށް އެކަށީގެންވާ މިންވަރަށް ޝަރުޠު ހަމަވާ ފަރާތްތަކުން ކުރިމަތިލާފައިނުވާތީ، މި މަޤާމަށް ކުރިމަތިލުމަށް ޝައުޤުވެރިވާ ފަރާތްތަކަށް އެފުރުޞަތު އަލުން ހުޅުވާލަމެވެ. މިއިޢުލާނާއި ގުޅިގެން މިމަޤާމަށް ކުރިން ކުރިމަތިލައްވާފައިވާ ފަރާތްތައް އަލުން އެޕްލިކޭޝަން ހުށަހަޅާކަށް ނުޖެހޭނެއެވެ.

މަޤާމު:

ޑިރެކްޓަރ ޖެނެރަލް

ކްލެސިފިކޭޝަން އަދި ގްރޭޑް

-

ރޭންކް

-

ބޭނުންވާ އަދަދު:

1 (އެކެއް)

ވަޒީފާ އަދާކުރަންޖެހޭ ޑިޕާޓްމަންޓް

ސަޕޯޓް ސަރވިސް ޑިޕާރޓްމަންޓް

މުސާރަ:

18,500/-ރ (އަށާރަހާސް ފަސްސަތޭކަ ރުފިޔާ)

ސަރވިސް އެލަވަންސް:

10,000/-ރ (ދިހަހާސް ރުފިޔާ)

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:

1- އިންތިޤާލީ އިންސާފުގެ އޮމްބަޑްސްޕަރސަންގެ އޮފީހުގެ އިދާރީ ހިންގުމުގައި އެންމެ އިސްރޯލު އަދާ ކުރުން

2- އިންތިޤާލީ އިންސާފުގެ އޮމްބަޑްސްޕަރސަންގެ އޮފީހުގެ މުވައްޒަފުންނާ ގުޅުންހުރި އެންމެހާ ކަންކަމުގައި އިސް ރޯލެއް އަދާ ކުރުން

3- އިންތިޤާލީ އިންސާފުގެ އޮމްބަޑްސްޕަރސަންގެ އޮފީހުގެ ސިޔާސަތުތައް އެކަށައެޅުމުގައާއި، ސިޔާސަތުތައް ތަންފީޛު ކުރުމުގައި އިސް ރޯލެއް އަދާ ކުރުން

4- އިންތިޤާލީ އިންސާފުގެ އޮމްބަޑްސްޕަރސަންގެ އޮފީހަށް ހަދަން ޖެހޭ ޤަވާޢިދުތަކާއި އުޞޫލުތައް ހެދުމާއި އިޞްލާޙުކުރަންޖެހޭ ޤަވާޢިދުތަކާއި އުޞޫލުތައް އިޞްލާޙުކުރަމުން ގެންދިޔުން.

5- އިންތިޤާލީ އިންސާފުގެ އޮމްބަޑްސްޕަރސަންގެ އޮފީހުގެ މަސައްކަތްތައް ހިނގާނުުހިނގާގޮތް ބެލުމާއި މަސައްކަތްތައް ހަލުވިކުރުމަށް ބޭނުންވާ ކަންތައްތައް ރާވާ ހިންގުން.

6- އިންތިޤާލީ އިންސާފުގެ އޮމްބަޑްސްޕަރސަންގެ އޮފީހަށް ލާޒިމު ކުރާ އިންތިޤާލީ އިންސާފުގެ ޤާނޫނު ތަންފީޛު ކުރުމަށް 2 އަހަރުގެ ސްޓްރެޓެޖިކް ޕްލޭންއެއް އެކުލަވާލާ  މަސައްކަތް ކުރިއަށްދާ ގޮތް ބަލާ މޮނިޓަރ ކުރުން، އަދި  އޮފީހުގެ މަސައްކަތް ހިންގުމަށް ގެންނަން ޖެހޭ އިސްލާޙްތައް ގެނައުން

7- އިންތިޤާލީ އިންސާފުގެ އޮމްބަޑްސްޕަރސަންގެ އޮފީހުގެ ސްޓްރެޓެޖިކް ޕްލޭން ތަންފީޛު ކުރުމަށް ހޯދަންޖޭހެ ބަޖެޓް ހޯދުމަށް ކުރަން ޖެހޭ އެންމެހާ މަސައްކަތް ކުރުން

8- އިންތިޤާލީ އިންސާފުގެ އޮމްބަޑްސްޕަރސަންގެ އޮފީހުގެ އިދާރީ ހިންގުން ހަރުދަނާ ކުރުމަށް ކުރަންޖެހޭ އެންމެހާ ކަންކަން ކުރުން

9- އިންތިޤާލީ އިންސާފުގެ އޮމްބަޑްސްޕަރސަންގެ އޮފީހުގެ އަހަރީ ޕްލޭން، ހިއުމަން ރިސޯސް ޕްލޭން އަދި ފައިނޭޝަލް ޕްލޭން އެކުލަވާލާއި ތަންފީޛުކުރުމަށް ކުރަންޖެހޭ އެންމެހާ ކަންކަން ކުރުން

10- މުވައްޒަފުންގެ ޤަވާއިދުތަކާއި އުޞޫލުތައް މުވައްޒަފުންނަށް ޢާންމުކުރަމުން ދިއުމާއި އެ ޤަވާއިދުތަކާއި އުޞޫލުތަކަށް ގެންނަ އިސްލާޙުތައް ގެންނަމުން ގެންދިއުން.

11- ޑިޕާޓްމަންޓުން ތައްޔާރު ކުރަންޖެހޭ ފައިނޭޝަލް، އެޑްމިނިސްޓރޭޓިވް އަދި މުވައްޒަފުންނާބެހޭ ރިޕޯޓުތައް ތައްޔާރުކުރުމަށް ލަފާޔާ އިރުޝާދު ދިނުން

12- މާލިއަތު ގަވާއިދާ އެއްގޮތަށް އޮމްބަޑްސްޕަސަންގެ އޮފީހުގެ ފައިސާއާއި  ބަޖެޓް ބަލަހަައްޓާ ހިންގުމާއި އަދި ފައިސާއާ ބެހޭ ރެކޯޑްތައް މާލިޔަތު ޤާނުނާއި ގަވާއިދާ އެއްގޮތަށް ބަލަހައްޓާތޯ ކަށަވަރު ކުރުން އަދި އަހަރީ ރިޕޯޓުގެ އެންމެހާ ކަންކަން ވިލަރެސް ކުރުން

13- އިންތިޤާލީ އިންސާފުގެ އޮމްބަޑްސްޕަރސަންގެ އޮފީހުގެ ޚަރަދުތައް ހިނގާ ނުހިންގާގޮތް ބެލުމާއި، ޙަރަދު ބޮޑުވަމުންދާނަމަ އެކަންތަކާ ގުޅިގެން ފިޔަވަޅު އެޅުމަށް ލަފާ އެރުވުން

14- ޑިޕާޓްމަންޓްތަކުގެ ފްލޯ ޗާރޓް ހެދުމާއި ޑިޕާރޓްމަންޓްގެ ސްޓޭންޑަރޑް އޮޕަރޭޓިން ޕްރޮސީޖަރތައް އެކުލަވާލުމަށް ލަފާދީ ވިލަރެސް ކުރުން

15- އޮފީހުގެ އިންޓަރނަލް އޮޑިޓް ހެދުމުގެ އެންމެހާ މަސައްކަތް ކުރުމަށް ލަފާ އަރުވާ ސުޕަވައިޒް ކުރުން

16- އޮފީހުގެ އިދާރީ ހިންގުމާއި މުވައްޒަފުންގެ އެންމެހާ ކަންކަމުގައި ޖަވާބުދާރީވުން

 

މަޤާމުގެ ޝަރުޠުތައް:

މަޤާމުގެ މަސައްކަތާ ގުޅުންހުރި ދާއިރާއަކުން މާސްޓަރސް ޑިގްރީއެއް ހާސިލްކޮށްފައިވުމާއެކު ހިންގުމުގެ ދާއިރާގައި 8 އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން

 

މަސައްކަތާއި ގުޅޭ ދާއިރާ: ހިއުމަން ރިސޯސް، މެނޭޖްމެންޓް، ބިޒްނަސް އެޑްމިނިސްޓްރޭޝަން، ފައިނޭންސް، އެކައުންޓިންގ، ލީގަލް، ހިއުމަން ރައިޓްސް

ރަސްމީ ގަޑި:

ހެނދުނު 8:00 އިން މެންދުރުފަހު 14:00 އަށް

ހުށަހަޅަންޖެހޭ ލިޔުންތައް:

  1. ފުރިހަމަކޮށްފައިވާ ވަޒީފާއަށް އެދޭ ފޯމު (ފޯމު ނުހިމަނާ ހުންނަ އެޕްލިކޭޝަންތައް ބާތިލްވާނެއެވެ.)
  2. މަޤާމުގެ ޝަރުޠުތަކުގެ ތެރޭގައި ބަޔާންކޮށްފައިވާފަދަ ތަޢުލީމީ ސެޓްފިކެޓްތަކާއި ޓްރާންސްކްރިޕްޓްތަކުގެ ކޮޕީ.
  3.  ހުށަހަޅާ ސެޓްފިކެޓަކީ ރާއްޖެއިން ބޭރުގެ މަރުކަޒަކުން ހަދާފައިވާ ކޯހެއްގެ ސެޓްފިކެޓެއްނަމަ، ހުށަހަޅަންވާނީ މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން އެކްރެޑިޓް ކޮށް، އެޓެސްޓް ކޮށްފައިވާ ކޮޕީއެކެވެ.
  4. ސެޓްފިކެޓް ނުލިބި ވާނަމަ ކޮލެޖް ނުވަތަ ޔުނިވަރސިޓީން ދޫކޮށްފައިވާ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމާއެކު މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކޮށްފައިވާ އެސެސްމެންޓް ރިޕޯޓްގެ އަސްލާއެއްގޮތް ކަމުގެ ތައްގަނޑު ޖަހާފައިވާ ކޮޕީ.
  5. ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު.
  6. ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ.
  7. ކުރިން ވަޒީފާއެއް އަދާކޮށްފައިވާނަމަ ނުވަތަ މިހާރުވެސް ވަޒީފާއެއް އަދާކުރަމުންދާ ފަރާތެއްނަމަ އެ ވަޒީފާތަކުގައި ހޭދަވީ މުއްދަތާއި އެ ވަޒީފާތަކުގެ މަސްއޫލިއްޔަތުތައް އެނގޭނެފަދަ ލިޔުން (ރިފަރެންސް ލެޓަރ).

ސުންގަޑި:

  14 ނޮވެންބަރު 2022 ގެ 14:00

އެހެނިހެން:

  1. މަތީގައިވާ މަޤާމަށް ޝޯޓްލިސްޓް ކުރެވޭނީ ގިނަ ވެގެން 10 ފަރާތެވެ.
  2. މަތީގައިވާ މަޤާމުތަކުގެ އިންޓަވިއުއަށް ވަޑައިގަތުމަށް މި އޮފީހުން އަންގާ ދުވަހަށް އެއްވެސް ސަބަބަކާހުރެ ކެންޑިޑޭޓަކަށް ޙާޒިރު ނުވެވިއްޖެނަމަ، ފަހުން ޓެސްޓް ނުވަތަ އިންޓަވިއު ނުދެވޭނެ އެވެ.
  3. އޮފީހުގެ ވަޒީފާތަކަށް ކުރިމަތިލެވޭނީ މީލާދީ ގޮތުން ޢުމުރުން 18 (އަށާރަ) އަހަރު ފުރި 55 (ފަންސާސް ފަހެއް) އަހަރު ނުފުރޭ ދިވެހިންނަށެވެ.
  4. އޮފީހުގެ ވަޒީފާއަކަށް އޮމްބަޑްސްޕާސަން އެއްގެ މަންމަ، ބައްޕަ، ދަރި، ފިރިމީހާ، އަނބިމީހާ، އެއްބަނޑު އެއްބަފާމީހެއް، އެއްބަފާމީހެއް، ނުވަތަ އެއްބަނޑު މީހަކަށް ކުރިމަތި ނުލެވޭނެއެވެ.
  5. މި މަޤާމަށް ހޮވޭ ފަރާތަކީ ސިޔާސީ ޕާޓީއެއްގައި ރަޖިސްޓްރީ ކުރެވިފައިވާ ފަރާތެއްނަމަ މަޤާމަށް ހޮވުމުން ޕާޓީގެ ރަޖިސްޓްރީއިން ވަކިވާންވާނެއެވެ.
  6. އެޕްލިކޭޝަން ފޯމު މި އިޢުލާނާއި އެކު އެޓޭޗް ކުރެވިފައިވާނެއެވެ.
  7. އިތުރު މަޢުލޫމާތު ސާފުކުރުމަށް ގުޅުއްވާނީ 3039907  ނަންބަރއަށެވެ.

އެޕްލިކޭޝަން ފޯމު އީމެއިލް  އީމެއިލް ކުރައްވާނީ [email protected] އަށެވެ.

                                  08 ރަބީޢުލްއާޚިރު 1444

02 ނޮވެންބަރު 2022

02 ނޮވެންބަރު 2022