| 
 މަޤާމު: 
 | 
 ސީނިއަރ އެކައުންޓްސް އޮފިސަރ  (އެމް.އެސް 2) 
 | 
 ބޭނުންވާ ޢަދަދު: 
 | 
 1 
 | 
| 
 ކްލެސިފިކޭޝަން: 
 | 
 ޓެކްނިކަލް އޮފިސަރ ގްރޭޑް 2 
 | 
| 
 މުސާރަ: 
 | 
 -/6,295 ރުފިޔާ 
 | 
 ސާރވިސް އެލަވަންސް: 
 | 
 މަހަކު -/2,000 ރުފިޔާ 
 | 
| 
 އޮފީސް / ވަޒީފާ އަދާކުރަންޖެހޭ ތަން: 
 | 
 މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޜަރީ، 
ކ. މާލެ 
 | 
 ސެކްޝަން: 
 | 
 ޓްރެޜަރީ އެންޑް ޕަބްލިކް އެކައުންޓްސް ޑިވިޜަން/ އެސެޓް އެންޑް ލައިބިލިޓީ ސެކްޝަން 
 | 
| 
 މަޤާމުގެ ޝަރުޠު: 
 | 
- މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން (މީގެތެރޭގައި ފައިނޭންސް، މެނޭޖްމަންޓް ނުވަތަ އެކައުންޓިންގގެ ދާއިރާގެ ސެޓްފިކެޓް ހިމެނޭނެއެވެ.) ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވަލް 4 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި 4 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ
 
- މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން (މީގެތެރޭގައި ފައިނޭންސް، މެނޭޖްމަންޓް ނުވަތަ އެކައުންޓިންގ ދާއިރާގެ ސެޓްފިކެޓް ހިމެނޭނެއެވެ.) ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވަލް 5 ގެ ސަނަދެއް ހާސިލުކޮށްފައިވާއެކު، މަގާމުގެ މަސައްކަތުގެ ދާއިރާއެއްގައި 2 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން.ނުވަތަ
 
- މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން (މީގެތެރޭގައި ފައިނޭންސް، މެނޭޖްމަންޓް ނުވަތަ އެކައުންޓިންގ ދާއިރާގެ ސެޓްފިކެޓް ހިމެނޭނެއެވެ.) ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވަލް 6 ގެ ސަނަދެއް ހާސިލުކޮށްފައިވުން.ނުވަތަ
 
- މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން (މީގެތެރޭގައި ފައިނޭންސް، މެނޭޖްމަންޓް ނުވަތަ އެކައުންޓިންގ ދާއިރާގެ ސެޓްފިކެޓް ހިމެނޭނެއެވެ.) ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވަލް 4 ގެ ސަނަދެއް ހާސިލްކޮށްފައިވުމާއެކު، ގުޅުންހުރި އެހެން ދާއިރާއަކުން ލެވެލް 5 ނުވަތަ އެއަށްވުރެ މަތީ ސަނަދެއް ހާސިލުކޮށްފައިވުން. 
 
 
 | 
| 
 މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތު: 
 | 
- ޑެޓް ސެކްޝަންގެ މުވައްޒަފުންނާ ގުޅިގެން ސަބްސިޑިއަރީ ލޯންތަކުގެ ފޯކާސްޓް ހެދުން.
 
- ދައުލަތުގެ މުއައްސަސާތަކުން ކޭޝްފްލޯ ތައްޔާރު ކުރުމަށް ބޭނުންވާ މައުލޫމާތު  އެއްކުރުން
 
- ކޭޝްފްލޯ އާއި ގުޅޭ ގޮތުން ދައުލަތުގެ މުއައްސަސާތަކާއި މުއާމަލާތް ކުރުމުގައި ފުރިހަމަ ކުރަންޖެހޭ ލިޔެކިޔުންތައް ތައްޔާރު ކުރުން
 
- ކޭޝްފްލޯއަށް ބޭނުންވާ މައުލޫމާތު އެއްކުރުމުގައި ދައުލަތުގެ މުއައްސަސާ ތަކުގެ މުވައްޒަފުންނަށް ބޭނުންވާ ތަމްރީނުތައް ދިނުމާއި ހިންގުން
 
- ކޭޝްފްލޯ ތައްޔާރު ކުރުން
 
- ސަރުކާރުގެ ފައިސާގެ ތެރެއިން ވަގުތުން ވަގުތަށް ބޭނުންނުވާނެ ފައިސާގެ މައުލޫމާތު ހޯދުން.
 
- ދައުލަތުގެ އާމްދަނީއާއި ޚަރަދައް ރިއާއަތް ކޮށް ކުރުރާސްތާގައި ދައުލަތުގެ ޑެފިސިޓް އަންދާޒާ ކުރުން
 
- ދައުލަތުގެ އާމްދަނީއާއި ޚަރަދުގެ ޑެފިސިޓް ފައިނޭންސް ކުރުމަށް ބޭނުންވާ ފައިސާ ޓްރެޜަރީ ބިލް ވިއްކައިގެން ހޯދުމުގައި މޯލްޑިވްސް މަނިޓަރީ އޮތޯރިޓީއާއި އެކު ކުރަން ޖެހޭ ހުރިހާ މުއާމަލާތްތަކުގެ ލިޔެކިޔުންތައް ބެލެހެއްޓުން
 
- ޓްރެޜަރީ ބިލްގައި އިންވެސްޓް ކުރާފަރާތް ތަކުގެ ރަޖިސްޓަރ ބެލެހެއްޓުމާއި އެފަރާތްތަކާއި ދޭތެރޭ ބަދަލު ކުރަންޖެހޭ މައުލޫމާތު ބަދަލުކުރުން
 
- ޓްރެޜަރީ ބިލްގައި އިންވެސްޓްމަންޓް ތަކުގެ މުއާމަލަތް ތަކަށް ބޭނުންވާ ލިޔެކިޔުން ތައްޔާރުކުރުމާއި މުޢާމަލާތްތައް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީއާ ގުޅިގެން ހިންގުން
 
- ދައުލަތުގެ ޓްރެޜަރީ ބިލްގެ ހިސާބުތައް ޕަބްލިކް އެކައުންޓިންގ ސޮފްޓް ވެއާގައި ރިކޯޑުކޮށް ބެލެހެއްޓުން
 
- ޕަބްލިކް ބޭންކް އެކައުންޓް މެދުވެރިކޮށް ހިންގާ ޓްރެޜަރީ ބިލްގެ މުއާމަލާތްތަކުގެ ބޭންކް ރިކޮންސިލިއޭޝަނަށް ބޭނުންވާ އެންމެހައި ލިޔެކިޔުންތައް ބެލެހެއްޓުމާއި ޖާނަލް ވައުޗަރތައް ތައްޔާރުކުރުން
 
 
 | 
| 
 އުޖޫރައާއި އިނާޔަތްތައް: 
 | 
 އިތުރުގަޑީގައި މަސައްކަތްކޮށްފިނަމަ އިތުރު ގަޑީގެ ފައިސާ 
އެހެން ވަޒީފާއެއް ޢަދާކުރުން މަނާކުރުމުގެ ގޮތުން މުސާރައިގެ %35 އެލަވަންސެއްގެ ގޮތުގައި ދެވޭނެއެވެ. 
 | 
| 
 މީހުން ހޮވުމުގައި ބަލާނެ ކަންތައްތައް: 
 | 
 - ގިނަ ވަގުތު މަސައްކަތުގައި އުޅެވޭ މީހެއްކަމުގައި ވުން. 
- އެކައުންޓިންގ ދާއިރާއިން ތަޢުލީމް ހާސިލުކޮށްފައިވާ މީހުންނަށް އިސްކަންދެވޭނެއެވެ. 
- މަސައްކަތަށް ޝައުޤުވެރިކަން ހުރި މިންވަރު 
- ކޮމްޕިއުޓަރަށް އަހުލުވެރިވާ މިންވަރު 
- SAP ސޮފްޓްވެއަރ ބޭނުންކުރަން އެނގޭމިންވަރު 
 | 
| 
 ހުށަހަޅަންޖެހޭ ލިޔުންތައް: 
 | 
 - ފުރިހަމަކުރެވިފައިވާ އެޕްލިކޭޝަން ފޯމް (މި ފޯމް މި މިނިސްޓްރީގެ ކައުންޓަރުން ލިބެން ހުންނާނެއެވެ. އަދި ވެބްސައިޓުން ޑައުންލޯޑް ކުރެވެން ހުންނާނެއެވެ). 
- ލިބިފައިވާ ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ (އެކްރެޑިޓްކޮށްފައި) އަދި ޓްރާސްކްރިޕްޓް 
- ވަނަވަރު  / އައި.ޑީ ކާޑުގެ ކޮޕީ /ސްކޫލް ލީވިންގ ސެޓްފިކެޓް 
- އެހެން ވަޒީފާއެއްގައި އުޅުއްވާ ބޭފުޅެއް ނަމަ، އަދި ސަރުކާރަށް ޚިދުމަތް ކުރުމަށް ބޮންޑު ކުރެވިފައިވާ މުވައްޒަފެއްނަމަ، މި މިނިސްޓްރީގެ ވަޒީފާއަށް ހޮވިއްޖެނަމަ، މިހާރު ވަޒީފާ ޢަދާކުރައްވާ އޮފީހެއްގެ އިޢުތިރާޒެއް ނެތްކަމުގެ ލިޔުން. 
- މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް. 
 | 
| 
 ސުންގަޑި: 
 | 
 23 ނޮވެމްބަރ 2014 (އާދީއްތަ) ދުވަހުގެ 14:30 ގެ ނިޔަލަށް. 
 | 
| 
 އިތުރު މަޢުލޫމާތު: 
 | 
 މަޢުލޫމާތު ހޯއްދެވުމަށް ގުޅުއްވާނީ 3349171/3349166 ނަންބަރ ފޯނާއެވެ. މި މަޤާމަށް އިންޓަވިއު ކުރެވޭނީ މަޤާމުގެ ޝަރުޠު ހަމަވާ، ތަޢުލީމީ ފެންވަރު އެންމެ މަތީ 10 ފަރާތަކާއެވެ. އަދި ޝޯޓްލިސްޓް ކުރެވޭ ފަރާތްތައް ފިޔަވައި އެހެން ފަރާތްތަކަށް ފޯނުން ގުޅައި އެކަން އެންގޭނެއެވެ. އަދި އިޢުލާންގެ މުއްދަތު ހަމަވާތާ 3 ހަފުތާގެ ތެރޭގައި މަޤާމަށް މީހުން ހޮވުމަށް ބާއްވާ އިންޓަވިއު އަދި ޕްރެކްޓިކަލް އާއި އިމްތިޙާން ކުރުން މިމިނިސްޓްރީގައި ބޭއްވޭނެއެވެ. 
 |