ވަޒީފާގެ ފުރުޞަތު
ނަންބަރު: 216-MPAO/I/2014/50
ޕަބްލިޝްކުރި ތާރީޚް: 05 ނޮވެންބަރު 2014
ޕަބްލިޝްކުރި ގަޑި: 12:16
ސުންގަޑި: 20 ނޮވެންބަރު 2014 16:00
މޯލްޑިވްސް ޕެންޝަން އެޑްމިނިސްޓްރޭޝަން އޮފީސް
ދިވެހިރާއްޖެ
ސޮފްޓްވެއަރ ޑިވެލޮޕަރ (ލޯކަލް)

އެކްސްޕްރެޝަން އޮފް އިންޓްރެސްޓް ހުށަހެޅުއްވުމުގެ ދަޢުވަތު

ޕެންޝަން އެންޑް ސޯޝަލް ޕްރޮޓެކްޝަން އެޑްމިނިސްޓްރޭޝަން ޕްރޮޖެކްޓުގެ އެހީގެ ދަށުން ދިވެހިރާއްޖޭގެ ޕެންޝަންގެ ނިޒާމު ހަރުދަނާކުރުމަށްޓަކައި ސްޓޭކްހޯލްޑަރ އޭޖެންސީތަކުގެ ފަންނީ ޤާބިލުކަން އިތުރުކުރުމަށް ދަނީ މަސައްކަތް ކުރެވެމުންނެވެ. މިގޮތުން، މިނިސްޓްރީ އޮފް ހެލްތުގެ ނެޝަނަލް ސޯޝަލް ޕްރޮޓެކްޝަން އޭޖެންސީއަށް މި މަސައްކަތުގައި އެހީތެރިވެދޭނެ، ތިރީގައި މިދަންނަވާ މަޤާމުތަކަށް މީހުން ބޭނުންވެއްޖެއެވެ.

މަޤާމު: Software Developer (Local

ބޭނުންވާ އަދަދު: 2

މުސާރަ: ތިން މަސްދުވަހުގެ ޕްރޮބޭޝަނަރީ މުއްދަތުގައި މަހަކު -/ 33,000 ރުފިޔާ އަދި ޕްރޮބޭޝަނަރީ މުއްދަތަށްފަހު މަސައްކަތުގެ ފެންވަރަށް ބަލައި މަހަކު -/36,000 ރުފިޔާ.

މުއްދަތު: 7 މަސްދުވަހުގެ ކޮންޓްރެކްޓެއް

މި މަޤާމުތަކަށް ޝަޢުޤުވެރިވެލައްވާ ފަރާތްތަކުގެ ކިބައިގައި ހުންނަންޖެހޭ ތަޢުލީމީ ފެންވަރާއި  ތަޖުރިބާ، އަދި މިމަސައްކަތަށް ހޮވޭ ފަރާތެއްގެ މަސްއޫލިއްޔަތުތަކާއި ޒިންމާތައް، މިމަޤާމުގެ ޓަރމްސް އޮފް ރެފަރަންސްގައި ބަޔާން ކުރެވިފައިވާނެއެވެ. މި ޓަރމްސް އޮފް ރެފަރަންސް މިއޮފީހުގެ ވެބްސައިޓު www.pension.gov.mv އިން ޑައުންލޯޑް ކުރެވެން ހުންނާނެއެވެ.

މިމަޤާމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން އެޕްލިކޭޝަން ހުށަހަޅުއްވާއިރު ތިރީގައި މިވާ މަޢުލޫމާތު ހުށަހަޅުއްވަންވާނެއެވެ.

  • ތަޢުލީމީ ސެޓްފިކެޓްތަކުގެ އެޓެސްޓްކުރެވިފައިވާ ކޮޕީ.
  • މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ފަންނީ ތަޖުރިބާ އެނގޭގޮތަށް ތައްޔާރުކުރެވިފައިވާ ވަނަވަރު.
  • ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑު ނުވަތަ ޕާސްޕޯޓުގެ ކޮޕީ.
  • ގުޅޭނެ ނަންބަރާއި، އީމެއިލް އެޑްރެސް އަދި ދާއިމީ އެޑްރެސް.

މިމަޤާމަށް ހޮވޭ ފަރާތްް މަސައްކަތް ކުރައްވާނީ ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އޭޖެންސީގައެވެ. އަދި، މިފަރާތަކީ ވާރލްޑް ބޭންކުގެ އެހީގައި ހިންގާ މޯލްޑިވްސް ޕެންޝަން އެންޑް ސޯޝަލް ޕްރޮޓެކްޝަން އެޑްމިނިސްޓްރޭޝަން ޕްރޮޖެކްޓުގެ ދަށުން އައްޔަންކުރެވޭ ފަރާތަކަށްވުމާއެކު، މި މަޤާމަށް މީހަކު އައްޔަންކުރެވޭނީ ވާރލްޑް ބޭންކުގެ ގައިޑްލައިންތަކާ އެއްގޮތްވާގޮތުގެ މަތިންނެވެ.

ވީމާ، މި މަޤާމަށް ޝަޢުޤުވެރިވެލައްވާ ފަރާތްތަކުން 20 ނޮވެންބަރު 2014 ވާ ބުރާސްފަތި ދުވަހުގެ 16:00ގެ ކުރިން، ސިޓީއަކުން، އީމެއިލްއަކުން ނުވަތަ ފެކްސްއިން ތިރީގައި މިވާ އެޑްރެހަށް އެޕްލިކޭޝަން ހުށަހެޅުއްވުން އެދެމެވެ. އަދި، މިމަސައްކަތާ ގުޅޭ ގޮތުން އިތުރު މަޢުލޫމާތު ބޭނުންފުޅުވާނަމަ، ތިރީގައިމިވާ އެޑްރެހާއި ގުޅުއްވުން އެދެމެވެ.

މޯލްޑިވްސް ޕެންޝަން އެޑްމިނިސްޓްރޭޝަން އޮފީސް

ޕްރޮޖެކްޓް މެނޭޖްމަންޓު ޔުނިޓް

އަމީނީ މަގު، 20379

މާލެ، ދިވެހިރާއްޖެ

ފޯނު ނަންބަރު: 3309908

ފެކްސް ނަންބަރު: 3307759

އީމެއިލް:[email protected]  [email protected],

 

05 ނޮވެންބަރު 2014