ދިވެހިރާއްޖެ
ނަމްބަރ: IUL)244-ESMSMS/244/2022/52
އިޢުލާން
މި ކައުންސިލުންދޭ މަޢުލޫމާތާއި އެއްގޮތަށް، މި އިދާރާއަށް 20 (ވިހި) ވޯޓަރ ޕިއުރިފަޔަރ ފޯރޮކޮށްދޭނެ ފަރާތެއް ހޯދުމަށް މި އިދާރާއިންކުރި ނަންބަރު: IUL)244-ESMSMS/244/2022/48 (16 އޮކްޓޯބަރ 2022) އިޢުލާނާއި ގުޅިގެން އެއްވެސް ފަރާތަކުން ޝައުޤުވެރިކަން ފާޅުކޮށްފައިނުވާތީ އެއިޢުލާން ބާޠިލްކުރުމަށްފަހު، އަލުން އެފުރުޞަތު ހުޅުވާލަމެވެ.
މި މަސައްކަތަށް އަންދާސީ ހުށަހެޅުމުގެ ފުރުސަތު ހުޅުވާލެވިފައިވަނީ، ވިޔަފާރި ރަޖިސްޓަރީކުރުމުގެ ޤާނޫނު (ޤާނޫނު ނަންބަރު: 2014/18) ގެ ދަށުން ވިޔަފާރި ރަޖިސްޓަރީ ކުރެވިފައިވާ ފަރާތްތަކަށާއި، އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫނު (ޤާނޫނު ނަންބަރު: 2014/19) ގެ ދަށުން ވިޔަފާރި ރަޖިސްޓަރީ ކުރެވިފައިވާ ފަރާތްތަކަށެވެ.
މިކަމަށް ޝައުޤުވެރިވާ ފަރާތްތަކުން، 02 ނޮވެމްބަރ 2022 ވާ ބުދަ ދުވަހުން ފެށިގެން 09 ނޮވެމްބަރ 2022 ވާ ބުދަ ދުވަހުގެ މެންދުރުފަހު 13:30 ގެ ކުރިން [email protected] އަށް، ގެޒެޓްކުރެވިފައިވާ ރެޖިސްޓްރޭޝަން ޝީޓް ފުރުމަށްފަހު، ރެޖިސްޓްރޭޝަން ޝީޓާއި ކުންފުނީގެ ރަޖިސްޓްރީގެ ކޮޕީ އީމެއިލް ކުރެއްވުން އެދެމެވެ. މިއިޢުލާނާއި ގުޅޭ ބީލަން ފޮތް ގެޒެޓް ކުރެވިފައިވާނެއެވެ.
ބީލަން ހުށަހަޅަން ބޭނުންފުޅުވާ ފަރާތްތަކުން 14 ނޮވެމްބަރ 2022 ވާ ހޯމަ ދުވަހުގެ ހެނދުނު 11:00 އަށް މި އިދާރާގެ މީޓިންގ ރޫމްއަށް ވަޑައިގެން ބީލަން ހުށަހެޅުއްވުން އެދެމެވެ. .
މި އިޢުލާނާއި ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރަން ބޭނުންފުޅުވާނަމަ 09 ނޮވެމްބަރ 2022 ވާ ބުދަ ދުވަހުގެ މެންދުރުފަހު 13:30 ގެ ކުރިން [email protected] އަށް މެއިލްކޮށްދެއްވުން އެދެމެވެ. އަދި ރަސްމީ ބަންދުނޫން ދުވަސްދުވަހުގެ ހެނދުނު 8:30 އިން 13:30 އަށް މި އިދާރާގެ ނަމްބަރު 6500035 ފޯނަށް ގުޅުއްވައި މަޢުލޫމާތު ސާފުކުރެއްވުން އެދެމެވެ.
މިހެންވެ މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާންކުރީމެވެ.