ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL)167-HR/167/2022/107
ޕަބްލިޝްކުރި ތާރީޚް: 02 ނޮވެންބަރު 2022
ޕަބްލިޝްކުރި ގަޑި: 11:46
ސުންގަޑި: 10 ނޮވެންބަރު 2022 15:00
މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް
ދިވެހިރާއްޖެ
އެސިސްޓެންޓް ސިވިލް އޮފިސަރ (ވަގުތީ)

މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް            

   މާލެ، ދިވެހިރާއްޖެ                                          

 

                           އިޢުލާން

      ތިރީގައި ދެންނެވިފައިވާ މަޤާމަށް ވަގުތީ ގޮތުން މުވައްޒަފަކު ހަމަޖެއްސުމަށް އިޢުލާން ކުރަމެވެ.

 

މަޤާމުގެ ނަން:

އެސިސްޓެންޓް ސިވިލް އޮފިސަރ

ބޭނުންވާ އަދަދު:

01

މަޤާމުގެ ޤިންތި:

ވަގުތީ (6 މަސްދުވަހަށް)

ރޭންކް:

އެސިސްޓެންޓް ސިވިލް އޮފިސަރ (ސީ 2)

ކްލެސިފިކޭޝަން:

ސިވިލް އޮފިސަރސް / ސަޕޯޓް ސަރވިސް

މުސާރަ:

މަހަކު -/5,400 ރުފިޔާ

ސަރވިސް އެލަވަންސް:

މަހަކު  -/3,500 ރުފޔާ

ނޮން ޕްރެކްޓިސް އެލަވަންސް:

މަހަކު  -/2,430 ރުފޔާ

މަސައްކަތް ކުރަންޖެހޭ ތަން:    

ހުޅުމާލެ ޖަލު ( ކޮންޕްލަޔަންސް ޑިޕާޓްމަންޓް/ ކެންޓީން ސަރވިސް ޑިޕާޓްމަންޓް )

ފެންވަރު ނުވަތަ ޝަރުތު:                       

މަގާމުގެ މަސައްކަތް ކުރުމުގެ ހުނަރު/ޤާބިލްކަން ސާބިތުކޮށްދިނުމާއެކު،

  1. މަޤާމާއި ގުޅޭ ދާއިރާއަކުން ދަށްވެގެން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 3 ގެ ސަނަދެއް ހާސިލުކޮށްފައިވުން ނުވަތަ؛
  2. ސާނަވީ އިމްތިހާނަކުން 02 މާއްދާއިން ދަށްވެގެން "ޑީ" ގްރޭޑް ލިބިފައިވުމާއެކު، އޭގެ އިތުރުން ސެކެންޑަރީ ސްކޫލް ސެޓްފިކެޓް އިމްތިހާނުގައި 'ދިވެހި' މި މާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައިވުން ނުވަތަ؛
  3. މީލާދީ ގޮތުން 18 (އަށާރަ) އަހަރު ފުރި، 35 (ތިރީސް ފަސް) އަހަރު ނުވާ މީހަކު ކަމުގައިވުން.
  4. ޖިނާއީ އެއްވެސް ބާވަތެއްގެ ކުށެއް ޝަރީއަތަށް ސާބިތުވެފައިވާ މީހަކަށް ނުވުމާއި، މަނާ ކުރެވިފައިވާ މަސްތުވާ އެއްޗަކުން އެކަހެރިވުމަށް ފަރުވާ ހޯދާފައިވާ ފަރާތަކަށް ނުވުން.

 

މަޤާމުގެ މަސްޢޫލިއްޔަތު:

 

  1. ޤައިދީންނާއި ބަންދުމީހުން ހުށަހަޅާ ސިޓީ އަދި ޝަކުވާ ފޯމްތައް ބަލައިގަނެ ފޮނުވަންޖެހޭ ފަރާތްތަކަށް ފޮނުވުމާއި ޖަވާބު ދިނުން.
  2. އެކިއެކި އިދާރާތަކުން ޤައިދީންނާއި ބަންދުމީހުންނާ ގުޅޭ ގޮތުން ފޮނުވާ ސިޓީތަކާއި މެއިލްތަކަށް ޖަވާ ދިނުން.
  3. ޤައިދީންނާއި ބަންދުމީހުންގެ އެކައުންޓްތަކާބެހޭ އެންމެހާ ކަންތައްތައް  ބެލެހެއްޓުން.
  4. ޤައިދީންނާއި ބަންދުމީހުން ކުރާ ވިޔަފާރިއާ ގުޅޭ ގޮތުން ފުރިހަމަ ކުރަން ޖެހޭ އެންމެހައި ލިޔެކިޔުންތައް ފުރިހަމަ ކުރުމާއި  ވިޔަފާރި ކުރެވޭނޭ އިންތިޒާމް ހަމަޖެއްސުން
  5. ޤައިދީންނާއި ބަންދުމީހުންނަށް ލިބޭ އެލަވަންސް ފައިސާ ޢާއިލާއާއި ހަވާލު ކުރަން ބޭނުންވާ ޤައިދީންނާއި ބަންދު މީހުންނަށް އެކަން ކުރެވޭނެ އިންތިޒާމް ހަމަޖައްސައި ދިނުން
  6. މަޤާމާއި ގުޅޭ ގޮތުން ހަވާލުކުރާ އިތުރު މަސައްކަތްތައް

 

މަޤާމާއި ގުޅޭ ދާއިރާ:

- އެކައުންޓިންގ، ބަޖެޓް އެންޑް ފައިނޭންސް ، އެޑްމިނިސްޓްރޭޝަން / ފައިނޭންސް މެނޭޖްމަންޓް

މަޤާމުގެ ތަޢުލީމީ ރޮނގުތައް:

- އެކައުންޓިންގ، ފައިނޭންސް، ބިޒްނަސް އެޑްމިނިސްޓްރޭޝަން، ބިޒްނަސް މެނޭޖްމަންޓް،

 

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލެވޭ ކަންތައްތައް:

  • ތައުލީމް ޝަރުތު (ސާޅީސް ޕަސެންޓް)
  • ދާއިރާއާއި ގުޅޭ ތައުލީމްގެ އިތުރަށް ލިބިފައިވާ ތަޢުލީމް (ފަސް ޕަސެންޓް)
  • މަސައްކަތު ތަޖުރިބާ (ދިހަ ޕަސެންޓް)
  • މަސައްކަތަށް ގާބިލުކަން އިންޓަވިއުގައި ސާބިތުކޮށްދިނުން (ސާޅިސް ފަސް ޕަސެންޓް)

 

ހުށަހަޅަންޖެހޭ ލިޔުންތައް:

1. ފުރިހަމަ ކޮށްފައިވާ ވަޒީފާއަށް އެދޭ ފޯމް

(މި ފޯމު މި ސަރވިސްގެ ވެބްސައިޓު www.corrections.gov.mv އިން ޑައުންލޯޑް ކުރެވޭނެއެވެ. އަދި މި ސަރވިސްގެ ހެޑް އޮފީހުގެ (ޤާޒީ ބިލްޑިންގ) ކައުންޓަރުންވެސް ލިބެން ހުންނާނެއެވެ.)

2. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށް ފެންނަ ސާފު ކޮޕީ

3. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު ( ސީވީ ) 

4. ސިވިލް ސަރވިސްއަށް / ސަރުކަރާށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މީހަކު ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާ މެދު އިއުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ރަސްމީ ލިޔުމުގެ ސާފު ކޮޕީ

5. ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ސާފު ކޮޕީ

(ހ) މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީއިން ލެވަލް ކަނޑައަޅައި ތައްގަނޑު ޖަހާފައިވާ، މަތީ ތަޢުލީމުދޭ ރާއްޖެއިން ބޭރުގެ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓުގެ ކޮޕީ؛ ނުވަތަ: ސެޓްފިކެޓު ނެތް ޙާލަތްތަކުގައި، ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި، މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ އެސެސްމަންޓް ރިޕޯޓްގެ ކޮޕީ އަދި ޓްރާންސްކްރިޕްޓްގެ ކޮޕީ

(ށ) ރާއްޖޭގެ މަތީ ތައުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތައުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ

6. ކުރިން ވަޒީފާ އަދާކޮށްފައިވާ މީހަކުނަމަ ވަޒީފާ އަދާކުރި ތަންތަނުން ދީފައިވާ މަސައްކަތުގެ ތަޖުރިބާ އަންގައިދޭ ލިޔުމުގެ ސާފު ކޮޕީ

7. ނެގި ފަހުން ތިން މަސްދުވަސް ހަމަނުވާ އިސްކޮޅު ފެންނަ ފޮޓޯއެއް

8. އިންޖީނުލީ އުޅަނދު ދުއްވާނަމަ ލައިސަންސްގެ ސާފު ކޮޕީ

9. ޕޮލިސް ރިޕޯޓް

 

ސުންގަޑި:

 

މި މަޤާމުތަކަށް  އެދޭ ފަރާތްތަކުން، މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ  2022 ނޮވެންބަރު 10 ވާ ބުރާސްފަތި ދުވަހު 15:00 ގެ ނިޔަލަށް

  [email protected] ނުވަތަ [email protected]

އަށް އީމެއިލް ކޮށްދެއްވުން އެދެމެވެ. ނުވަތަ މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްގެ ކައުންޓަރަށް ފޯމް ހުށައެޅުއްވުން އެދެމެވެ.

(ފޯމާއެކު ހުށަހަޅުއްވާ ހުރިހާ ލިޔެކިއުންތައް ހުންނަންވާނީ ފޯމާއެކު ހީރަސްޖަހައި ސަފުހާ ނަންބަރު ޖަހާފައެވެ. އަދި މެއިލް އިން ފޮނުވާނަމަ، މެއިލް ލިބުނުތޯ ޔަޤީންކުރަންވާނެއެވެ.

 

ޝޯޓް ލިސްޓްކުރުން:

  • މި ވަޒީފާއަށް އެދި ހުށައަޅާ، ޝަރުޠު ހަމަވާ ފަރާތްތަކުގެ އަދަދު 10 އަށްވުރެ ގިނަނަމަ، ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން މާކްސް ލިބޭ 10 ފަރާތް ޝޯޓްލިސްޓް ކުރެވޭނެއެވެ.

އިންޓަރވިއު އޮންނާނެ ތަނާއި،މުއްދަތު:

  • މިމަގާމުގެ އިންޓަރވިއު އޮންނާނީ 2022 ނޮވެންބަރު 13 އާއި 17 އާއި ދެމެދު މި ސަރވިސްގެ ހެޑް އޮފީސްގައި (ޤާޒީ ބިލްޑިންގ) ގައެވެ.

ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ލިބުނު ގޮތުގެ ޝީޓް (A2 ޝީޓު)" އާންމުކުރުން:

އިންޓަވިއު ބާއްވާތާ ރަސްމީ ބަންދު ނޫން 5 ދުވަހުގެ ތެރޭގައި "ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ލިބުނު ގޮތުގެ ޝީޓް (A2 ޝީޓު)" އާންމުކޮށް ފެންނާނެހެން މި އިދާރާގައި އަދި އިދާރާގެ ވެބްސައިޓްގައި އާންމުކުރެވޭނެއެވެ. ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ދެވިފައިވާ ގޮތާމެދު ޝަކުވާއެއް އޮތްނަމަ A2 ޝީޓު އާންމުކުރާ ދުވަހުން ފެށިގެން ރަސްމީ ބަންދު ނޫން 5 ދުވަހުގެ ތެރޭގައި އެ ޝަކުވާއެއް މި އިދާރާއަށް ހުށަހަޅަންވާނެއެވެ.

އިތުރު މަޢުލޫމާތު

  • މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ، 3026115 ނަންބަރު ފޯނަށް، ނުވަތަ 9112451 ނަންބަރު ފޯނަށެވެ.
  • ހުށަހަޅަންޖެހޭ ލިޔުންތައް ފުރިހަމަ ނުކޮށް ހުށަހަޅާ ފޯމުތަކާއި ޝަރުޠު ފުރިހަމަ ނުވާ ފަރާތްތަކުން ހުށަހަޅުއްވާ ފޯމުތައް ބާޠިލް ކުރެވޭނެ ވާހަކަ ދަންނަވަމެވެ.
  • ހުށަހަޅުއްވާފައިވާ ލިޔެކިޔުންތައް ސައްޙަ ނޫންކަމަށް ސާބިތުވެއްޖެނަމަ، ފޯމް ބާޠިލް ކުރެވޭނެ ވާހަކަ ދަންނަވަމެވެ.
  •  ވަޒީފާއަށްއެދޭ ފޯމާއެކު ހުށަހަޅާ ލިޔުންތަކުގެ އަސްލު އިންޓަވިއުއަށް ހާޒިރުވާއިރު ގެންނަންވާނެ އެވެ.

 

 

                

 

 

 

                               

02 ނޮވެންބަރު 2022