ދިވެހިރާއްޖެ
"ޒީން"ގދ. ތިނަދޫ އެވެ ކިޔާ ގޯތި ވިއްކުމާބެހޭ
މުދަލުގެ ތަފުސީލު:
ބާވަތް: ގޯތި
ނަން: ޒީން
ރަޖިސްޓަރީ ނަންބަރު: IR-2008/183
މުދަލުގެ ތަފުސީލު: 3,333 އަކަފޫޓުގެ ބަންޑާރަ ގޯއްޗެއް (މިގޯތީގައިވަނީ އިމާރާތެއް އަޅަން ފެށުމަށް ފައުންޑޭޝަން އެޅިފައެވެ.)
ވެރިފަރާތް: އަލްފާޟިލް އިބްރާހީމް ޝާހް، ޖަވާހިރުމާގެ ދެކުނު، ގދ. ތިނަދޫ
ރަހުނު: އަލްފާޟިލް އިބްރާހީމް ޝާހް، ޖަވާހިރުމާގެ ދެކުނު، ގދ. ތިނަދޫ އަށް ދޫކޮށްފައިވާ ލޯނަކަށް
ރަހުނު ވިއްކާލުމުގެ ހުއްދަ: ހުވަދުއަތޮޅު ދެކުނުބުރީ ތިނަދޫ މެޖިސްޓްރޭޓް ކޯޓުގެ ޤަޟިއްޔާ ނަންބަރު 255/Q10C/2013 އިން
ނީލަަމުގެ ތަފުސީލު:
މުއްދަތު ހަމަވާ ތާރީޚު: 30 ނޮވެންބަރު 2014 ގެ މެންދުރުފަހުގެ 01:30
ބިޑް ހުޅުވާނެ ތަން: ސީޓްރެކްސް ބިލްޑިންގގެ 07 ވަނަ ފަންގިފިލާގައި ހުންނަ ބޭންކް އޮފް މޯލްޑިވްސް ޕލކ ގެ ރިކަވަރީސް ޑިޕާޓްމަންޓް
މުއްދަތު ހަމަވާ ތާރީޚުގައި ސިޓީ ހުށަހަޅުއްވާ ފަރާތްތަކުގެ ތެރެއިން އެވަގުތު އެތަނަށް ހާޒިރުވެވަޑައިގެން ތިއްބެވި ފަރާތްތަކުގެ ހާޒިރުގައި ސިޓީތައް ކަނޑައި އެންމެ މަތީ އަގު އިޢުލާން ކުރެވޭނެއެވެ.
ކޮންމެ ދުވަހެއްގެ އެންމެ މަތީ އަގު މިބޭންކުގެ ވެބްސައިޓް (www.bankofmaldives.com.mv) ގައި އިޢުލާންކުރެވި، ބްރާންޗްތަކުގެ ނޯޓިސްބޯޑުތަކުގައި ބެހެއްޓިފައި ހުންނާނެއެވެ. ނީލަން ނިންމާލެވޭނީ އެންމެ މަތީ އަގު ކަމުގައި އިޢުލާނު ކުރެވޭ އަގަށް ބަދަލެއް ނައިސް، އިޢުލާން ކުރެވޭ ތާރީޚުން ފެށިގެން 05 (ފަހެއް) ދުވަސް ވަންދެން (ސަރުކާރު ބަންދު ދުވަސްތައް ނުހިމަނާ) އެއް އަގެއްގައި އޮތުމުންނެވެ.
ނީލަން ނިންމުން:
ނީލަން ނިމުމުން އެންމެ މަތީ އަގު ހުށަހަޅާފައިވާ ފަރާތަކަށް އެކަން އަންގާނެއެވެ. އެފަރާތަކަށް ނީލަން ނިމުނުކަން ބޭންކުން އަންގާ ތާރީޚުން ފެށިގެން 10 (ދިހައެއް) ދުވަހުގެ ތެރޭގައި (ސަރުކާރު ބަންދު ދުވަސްތައް ނުހިމަނާ) ނުވަތަ ބޭންކުން އިތުރުކޮށްދެވޭ މުއްދަތެއްގެ ތެރޭގައި އެފަރާތަކުން ހުށަހެޅި ޖުމްލަ އަގަށްވާ ފައިސާ ބޭންކަށް ދައްކަވަންވާނެއެވެ. ނުދައްކަވައިފިނަމަ އެހުށަހެޅުން ބާޠިލު ކުރުމަށް ނުވަތަ ދެވަނައަށް އެންމެ މަތީ އަގު ހުށަހެޅި ފަރާތަށް ނީލަން ނިންމާލުމުގެ ނުވަތަ ނީލަން އަލުން ފެށުމުގެ ޙައްޤު ބޭންކަށް ލިބިގެންވެއެވެ.
ވަކިފަރާތަކަށް ނީލަން ނިންމުމަށް ބޭންކުން ކަނޑައަޅައިފިކަން ރަސްމީކޮށް އެފަރާތަކަށް ބޭންކުން އެންގުމުގެ ކުރިން ނީލަން ބާޠިލުކުރުމުގެ އިޚުތިޔާރު ބޭންކް އޮފް މޯލްޑިވްސް ޕލކ އަށް ލިބިގެންވާކަމުގައި ދެންނެވީމެވެ.
އަގު ހުށަހެޅުން:
ހުށަހަޅަންޖެހޭގޮތް: ތިރީގައި ބަޔާންކޮށްފައިވާ ލިޔެކިޔުންތަކާއެކު ބަންދުކުރެވިފައިވާ ސިޓީއުރައެއްގައި ހެނދުނު 09:00 އާއި މެންދުރުފަހުގެ 01:30 އާ ދެމެދު ސީޓްރެކްސް ބިލްޑިންގގެ 07 ވަނަ ފަންގިފިލާގައި ހުންނަ މިބޭންކުގެ ރިކަވަރީސް ޑިޕާޓްމަންޓަށް ހުށަހެޅުއްވުން އެދެމެވެ. އަދި ބަންދުކުރެވިފައިވާ ސިޓީއުރައިގެ ބޭރުގައި "ޒީން، ގދ. ތިނަދޫ ގަތުމަށް އެދި" މިހެން ލިޔެވިފައި އޮންނަންވާނެއެވެ.
އަމިއްލަ ފަރުދެއްނަމަ: - ގުޅޭނެ ފޯނު ނަންބަރަކާއެކު، އަގު (ދިވެހިރުފިޔާއިން) ސާފުކޮށް ބަޔާންކުރައްވާފައިވާ ސިޓީއެއް
- ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ
ކުންފުންޏެއްނަމަ: - މި ނީލަމާ ގުޅިގެން ބޭންކާ މުޢާމަލާތު ކުރައްވާނެ ފަރާތަކާ ގުޅޭނެ ފޯނު ނަންބަރަކާއެކު، އަގު (ދިވެހިރުފިޔާއިން) ސާފުކޮށް ބަޔާންކުރައްވާފައިވާ ސިޓީއެއް
- ކުންފުނީގެ ރަޖިސްޓަރީގެ ކޮޕީ
- މި ނީލަމާ ގުޅިގެން ބޭންކާ މުޢާމަލާތު ކުރައްވާނެ ފަރާތެއް ޢައްޔަންކުރައްވާފައިވާ ކުންފުނީގެ ޤަރާރު
އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް: ބޭންކް އޮފް މޯލްޑިވްސް ޕލކ ގެ ރިކަވަރީސް ޑިޕާޓްމަންޓާއި (ފޯން ނަންބަރު: 3330187 / 3015385، އީމެއިލް:[email protected] ) އާ ގުޅުއްވުން އެދެމެވެ.
ޝަރުޠު: މަތީގައި ބަޔާންކުރެވިފައިވާ ނީލަމުގައި ބޭންކް އޮފް މޯލްޑިވްސް ޕލކ ގައި މަސައްކަތް ކުރައްވާ އެއްވެސް މުވައްޒަފަކަށް ނުވަތަ ބޭންކުގެ ބޯޑު ޑައިރެކްޓަރަކަށް، ނުވަތަ އެފަދަ އެއްވެސް ފަރާތެއްގެ ޢާއިލާގެ ބޭފުޅަކަށް (ޢާއިލާ މާނަކުރުމުގައި މައިންބަފައިން، ދަރިން، ފިރިން/އަނބިން، އެއްބަނޑު/ އެއްބަފާ ބޭފުޅުން، ހިމެނޭ ގޮތަށް) ނުވަތަ އެފަދަ ފަރާތެއް ހިއްސާދާރެއްގެ ގޮތުގައި ނުވަތަ ޑިރެކްޓަރެއްގެ ގޮތުގައި ހިމެނޭ ޕްރައިވެޓް ކުންފުންޏަކުން ބައިވެރިއެއް ނުވެވޭނެއެވެ. ދެންނެވިފައިވާ ބޭފުޅުން ފިޔަވައި އެންމެހާ ފަރުދުންނަށް އަދި ކުންފުނިތަކަށް މިނީލަމުގައި ބައިވެރިވެވޭނެއެވެ.
ކުރީގެ އިޢުލާންތައް: މަތީގައި ބަޔާންކުރެވިފައިވާ ގޯތި ވިއްކާލުމަށް މީގެ ކުރިން އެއްވެސް އިޢުލާނެއް ކުރެވިފައިނުވާ ވާހަކަ ދެންނެވީމެވެ.