ދިވެހިރާއްޖެ
| 
 ކުއްޔަށް ދިނުމަށް ހަމަޖެހިފައިވާ ތަން  | 
 އއ. އުކުޅަހު އިރުމަތީ ފަރާތު ވަށާމަގަށް ކުރިމަތިކޮށް ރައްދެބައިމަގުގެ އުތުރުން އޮތް ސަޕޯޓިން ލޭންޑް ޕްލޮޓް C, D, E, F - ޕޮލޮޓް C އަކީ 1708 އަކަފޫޓު ބިމެކެވެ. އަދި އެބިން އޮންނާނީ ބަށިމާވިލާ ގޯތްޗާއި އިންވެގެން ވަށާމަގަށް ކުރިމަތިކޮށެވެ. - ޕްލޮޓް D އަކީ 1629 އަކަފޫޓު ބިމެކެވެ. އަދި އެބިން އޮންނާނީ ފަރެސް ގޯއްޗާއި އިންވެގެން ވަށާމަގަށް ކުރިމަތިކޮށެވެ. - ޕްލޮޓް E އަކީ 1531 އަކަފޫޓު ބިމެކެވެ. އަދި އެބިން އޮންނާނީ ސިލްވާ ބީޗް ގޯއްޗާއި އިންވެގެން ވަށާމަގަށް ކުރުމަތިކޮށެވެ. - ޕްލޮޓް F އަކީ 1282 އަކަފޫޓު ބިމެކެވެ. އަދި އެބިން އޮންނާނީ ޕާމްޝޭޑް ގޯއްޗާއި އިންވެގެން ވަށާމަގަށް ކުރުމަތިކޮށެވެ.  | 
|
| 
 ބިން ދިނުމަށް ހަމަޖެހިފައިވާ މުއްދަތު:  | 
 8 (އަށެއް) އަހަރު ދުވަސް  | 
|
| 
 ބިމު ކުލި  | 
 އަކަފޫޓަކަށް މަދުވެގެން 2.5 ރުފިޔާ  | 
|
| 
 ބިޑްފޮތް ވިއްކުން  | 
 މި ބިން ކުއްޔަށް ދިނުމަށް ހަމަޖެހިފައިވަނީ ބިޑްފޮތް ވިއްކައިގެންނެވެ. ބިޑްފޮތް ވިއްކާނީ 1 ނޮވެމްބަރ 2022 އިން 09 ނޮވެމްބަރ 2022 އަށް ސަރުކާރު ބަންދުނޫން ކޮންމެ ދުވަހަކު ހެނދުނު 9:00 އިން 12:00 އަށް އަރިއަތޮޅު އުތުރުބުރީ އުކުޅަހު ކައުންސިލްގެ އިދާރާއިންނެވެ. ޕްލޮޓް ތަކަށް ބިޑް ފޮތް ވިއްކާނީ ވަކި ވަކިންނެވެ. އަދި ކޮންމެ ޕްލޮޓް އަކަށްވެސް ބިޑް ހުށަހެޅޭނީ އެ ޕްލޮޓެއްގެ ބިޑް ފޮތް ގަތް ފަރާތްތަކަށެވެ.  | 
|
| 
 ބިޑްފޮތް ވިއްކާ އަގު  | 
 ބިޑްފޮތެއްގެ އަގަކީ -/2000 (ދެހާސް ރުފިޔާ) އެވެ.  | 
|
| 
 ބިން ކުއްޔަށް ލިބިގަތުމުގެ ފީ  | 
 ބިޑް ކާމިޔާބު ކުރެވިއްޖެނަމަ ބިން ކުއްޔަށް ލިބިގަތުމުގެ ފީ އެއްގެ ގޮތުން ކޮންމެ ޕްލޮޓަކަށް މަދުވެގެން 50،000ރ (ފަންސާސް ހާސް ރުފިޔާ) ކައުންސިލްއަށް ދައްކަންޖެހޭނެއެވެ. މިއީ ޤާނޫނުން ނުވަތަ ގަވާއިދުން ނުވަތަ އެއްބަސްވުމުގެ ދަށުން ދައްކަންޖެހޭ އެހެން ހުރިހާ ފީއަކާއި އަގަކާއި ފައިސާއެއްގެ އިތުރުން ހުށަހަޅާ ފީއެކެވެ.  | 
|
| 
 ބިޑް ސެކިއުރިޓީ  | 
 ބިޑް ޑޮކިއުމަންޓް ގައި ހިމަނާފައިވާ ބިޑް ސެކިއުރިޓީގެ އިނގިރޭސި ނަމޫނާގައި ހިމެނޭ މައިގަނޑު ނުކުތާތައް ހިމެނޭގޮތަށް ދިވެހިރާއްޖޭގައި ހިންގާ ބޭންކަކުން ނުވަތަ ސަރުކާރުން ޤަބޫލުކުރާ ފައިނޭންޝަލް އިންސްޓްޓިއުޝަނަކުން ދޫކޮށްފައިވާ 50،000ރ. (ފަންސާސް ހާސް) ގެ ބިޑް ސެކިއުރިޓީއެއް ބިޑް ކުރާ ފަރާތުން ހުށަހަޅަންވާނެއެވެ.  | 
|
| 
 ބިޑް ޑޮކިއުމަންޓް އިޞްލާޙުކުރުން  | 
 ކައުންސިލްގެ އަމިއްލަ އިޚްތިޔާރުގައި ނުވަތަ ބިޑް ހުށަހަޅަން ބިޑް ފޯމް ގަނެފައިވާ ފަރާތަކުން ސާފުކުރަން އެދޭ މަޢުލޫމާތަކާ ގުޅިގެން ނުވަތަ އެނޫންވެސް ސަބަބަކާހުރެ ބިޑް ޑޮކިއުމަންޓަށް، 09 ނޮވެމްބަރ 2022 ވަނަ ދުވަހުގެ މެންދުރުފަހު 13:30 ގެ ކުރިން، އިޞްލާޙު ގެނައުމުގެ ފުރިހަމަ އިޚްތިޔާރު، ކައުންސިލަށް ލިބިގެންވެއެވެ. 
 ކައުންސިލުން ބިޑް ޑޮކިއުމަންޓަށް ގެންނަ ކޮންމެ އިޞްލާޙެއްވެސް، ބިޑް ޑޮކިއުމަންޓް ގަނެފައިވާ ހުރިހާ ފަރާތްތަކަށް ފޯރުކޮށްދީ، އެކަން ޢާންމުކޮށް އިޢުލާނުކުރެވޭނެއެވެ.  | 
|
| 
 ބިޑް ހުށަހަޅަންޖެހޭ ތަން  | 
 އަރިއަތޮޅު އުތުރުބުރީ އުކުޅަހު ކައުންސިލްގެ އިދާރާއަށް ނުވަތަ އެކަންކުރުމަށް ކައުންސިލްގެ އިދާރާއިން ކަނޑައަޅައި، ދުރާލާ ޢާންމުކޮށް އަންގާ އެޑްރެހަކަށެވެ.  | 
|
| 
 ބިޑް ހުށަހަޅާ ތާރީޚު އަދި ގަޑި  | 
 ތާރީޚު: 14 ނޮވެމްބަރ 2022  | 
 ގަޑި: 11:00  | 
| 
 ގަޑި ޖެހުމަށް ފަހު ހުށަހަޅާ ބީލަންތައް ބަލައިނުގަނެ އަނބުރާ ރައްދު ކުރެވޭނެއެވެ.  | 
||
| 
 ބިޑް ހުޅުވާ ތާރީޚު އަދި ގަޑި  | 
 ތާރީޚު: 14 ނޮވެމްބަރ 2022  | 
 ގަޑި: 11:00  | 
| 
 ބިޑް ހުޅުވާ ތަން  | 
 ބިޑް ހުށަހަޅާ ފަރާތްތަކުގެ ޙާޒިރުގައި ނުވަތަ އެފަރާތްތަކުން ފޮނުވާ މަންދޫބުންގެ ޙާޒިރުގައި ބާއްވާ ބައްދަލުވުމެއްގައި، ކައުންސިލްގެ އިދާރާގައެވެ.  | 
|
| 
 އިތުރު މަޢުލޫމާތު  | 
 ބިޑް ހުށަހެޅުމަށް ބިޑް ފޮތް ގަނެފައިވާ ފަރާތްތަކުގެ ތެރެއިން އިތުރު މަޢުލޫމާތު ހޯއްދެވުމަށް ބޭނުންވާ ފަރާތްތައް ލިޔުމަކުން ކައުންސިލްއަށް 09 ނޮވެމްބަރ 2022 ދުވަހުގެ 10:00 ގެ ކުރިން [email protected] އަށް އީމެއިލް ކުރެއްވުން އެދެމެވެ.  | 
|
| 
 ބީލަންތައް ހުށަހަޅަންވާނީ ބަންދުކޮށްފައިވާ ސިޓީއުރައެއްގައެވެ. އެ ސިޓީއުރައިގައި ކައުންސިލްގެ އިދާރާގެ ފުރިހަމަ އެޑްރެސް އޮންނަންވާނެއެވެ. އަދި އަންނަނިވި ޢިބާރާތް ސިޓީއުރައިގައި ކައުންސިލްގެ އިދާރާގެ އެޑްރެސް ޖަހާ ފުށުގެ އެންމެމަތީގައި، މެދަށްވާގޮތަށް، ފުރިހަމައަށް ލިޔެފައި އޮންނަންވާނެއެވެ. "އއ.އުކުޅަހު އިރުމަތީފަރާތު ވަށާމަގަށް ކުރިމަތިކޮށް ރައްދެބައިމަގުގެ އުތުރުން އޮތް ސަޕޯޓިން ލޭންޑް ޕްލޮޓް (C, D, E, F) 8 (އަށެއް) އަހަރުގެ ދުވަހުގެ މުއްދަތަށް ކުއްޔަށް ދޫކުރުމާއި ގުޅޭ". ސިޓީއުރައިގެ ބޭރުގައި، ބިޑް ހުށަހަޅާ ފަރާތުގެ ނަމާއި އެޑްރެސް ލިޔެފައި އޮންނަންވާނެއެވެ. އަދި ސިޓީއުރައިގެ ކަނާތްފަރާތު މަތީކަނުގައި ބިޑްގެ ސީރިއަލް ނަންބަރު އަދި ޕްލޮޓް ނަންބަރު ލިޔެފައި އޮންނަންވާނެއެވެ. ވީމާ، މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާންކުރީމެވެ.  | 
||