ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL)133-AS/1/2014/13
ޕަބްލިޝްކުރި ތާރީޚް: 04 ނޮވެންބަރު 2014
ޕަބްލިޝްކުރި ގަޑި: 11:29
ސުންގަޑި: 17 ނޮވެންބަރު 2014 14:00
ޑިޕާޓްމަންޓް އޮފް ނޭޝަނަލް ރަޖިސްޓްރޭޝަން
ދިވެހިރާއްޖެ
އެސިސްޓެންޓް ޑޭޓާ ޕްރޮސަސިންގ އޮފިސަރ

މަޤާމު:  އެސިސްޓެންޓް ޑޭޓާ ޕްރޮސަސިންގ އޮފިސަރ  

ކްލެސިފިކޭޝަން:

ޓެކްނިކަލް އޮފިސަރ ގްރޭޑް 1

ރޭންކް:

ޖީ.އެސް 3

ބޭނުންވާ ޢަދަދު:

1

މުސާރަ: މަހަކު -/4465 ރުފިޔާ

ސަރވިސް އެލަވަންސް: މަހަކު -/1500 ރުފިޔާ

އުޖޫރައާއި ޢިނާޔަތްތައް:

އިތުރުގަޑީގެ މަސައްކަތް ކޮށްފިނަމަ އިތުރު ގަޑީގެ ފައިސާ އާއި އެހެން ވަޒީފާއެއް އަދާކުރުން މަނާކުރާތީ ދޭ އެލަވަންސް ގެ ގޮތުގައި މަހަކު މުސާރައިގެ %35 ލިބޭނެއެވެ.

ވަޒީފާ އަދާކުރަންޖެހޭ އޮފީސް / ސެކްޝަން / ތަން

ޑިޕާޓްމަންޓް އޮފް ނޭޝަނަލް ރެޖިސްޓްރޭޝަން/ ކަސްޓަމަރ ސަރވިސް / ސަރވިސްޑެލިވަރީ ޔުނިޓް/ މާލެ.

އަސާސީ ޝަރުޠު:

  1. އެސިސްޓެންޓް ޑޭޓާ ޕްރޮސަސިން އޮފިސަރ މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގޭ ޤައުމީ ސަނަދުގެ އޮނިގަނޑުގެ ލެވެލެގެ 3 ގެ ސަނަދެއް ހާސިލް ކޮށްފައިވުމާއެކު އެސިސްޓެންޓް ޑޭޓާ ޕްރޮސަސިން އޮފިސަރ މަސައްކަތުގެ ދާއިރާއެއްގައި 2 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން ނުވަތަ
  2. ސާނަވީ އިމްތިހާނަކުން 2 މާއްދާއިން ދައްވެގެން "ޑީ" ގްރޭޑް ލިބިފައިވުމާއެކު، އޭގެ އިތުރަށް ސެކަންޑަރީ ސްކޫލް އިންތިޙާނުގައި "ދިވެހި" މިމާއްދާއިން ދަށްވެގެން "ސީ" ގްރޭޑް ލިބިފައިވުން

މަޤާމުގެ މަސްއޫލިއްޔަތާއި ވާޖިބުތައް:

  • ކާޑުހަދަން އެދި ހުށަހަޅާ ފޯމު ބަލައިގަނެ މައްސަލަ ސާފުކޮށް ނޯޓު ދޫކުރުން. 
  • ފޮޓޯ ނެގުން.
  • ކާޑު ހެއްދުމަށް / އާކުރުމަށް ދައްކާ ފައިސާ ބަލައިގަތުން
  • ކާޑު ޙަވާލުކުރުން.
  • ޑިޕާޓްމަންޓަށް ހާޒިރު ނުވެވޭވަރު ބަލިމީހުންނާއި ނުކުޅެދޭ މީހުންނަށް ކަނޑައެޅިފައިވާ އުސޫލުން ކާޑުހެދޭނޭ ގޮތް ފަހިކޮށްދިނުން.
  • ކާޑު ހެދުމުގެ ޚިދުމަތް ފޯރުކޮށްދޭ މުވައްޒަފުންގެ މަސައްކަތް މޮނިޓަރކޮށް ސްޕަވައިޒް ކުރުމާއި ޚިދުމަތް ހޯދަންއަންނަ ފަރާތްތަކުގެ ޝަކުވާތައް ބަލައިގަނެ ޙައްލުކޮށް ދިނުން.
  • ކާޑު ހެދުނުގޮތުގެ ދުވަހު ރިޕޯޓު، މަސްދުވަހުގެ ރިޕޯޓު، އަދި އަހަރު ރިޕޯޓު، ތައްޔާރުކުރުން.
  •  ސެކްޝަނުގެ ޔައުމިއްޔާ ލިޔުން.
  • ހަވާލުކުރެވިފައިވާ މަސައްކަތާ ގުޅިގެން އަދާކުރަންޖެހޭ އެހެނިހެން މަސައްކަތްތައް ކުރުން
  • Øޑިޕާޓްމަންޓުގެ އަދި ޔުނިޓުގެ މަސައްކަތުގެ ތެރެއިން ޚާއްޞަ ހާލަތުގައި ހަވާލުކުރެވޭ މަސައްކަތްތައް ކުރުން.

ވަޒީފާއަށް އެންމެ ޤާބިލް ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

  • މަސައްކަތުގެ ތަޖުރިބާ
  • މަސައްކަތުގެ ހުނަރާއި ފެންވަރާއި، ޤާބިލުކަމާއި ސިފަތައް
  • ދިވެހި އަދި އިނގިރޭސިބަހުން ރަނގަޅަށް މުޢާމަލާތުކުރަން އެނގޭ ފަރާތަކަށްވުން
  • ގިނަވަގުތު މަސައްކަތުގައި އުޅެވޭ ފަރާތަކަށްވުން
  • މަޤާމުގެ މަސއްކަތްކުރުމުގެ ހުނަރު / ޤާބިލުކަން އިންޓަވިއު ޕެނަލް އަށް ސާބިތުކޮށްދިނުން

އިންޓަރވިއު ބޭއްވުމަށް ކަނޑައަޅާފައިވާ ތާރީޚާއި ތަން:

މިމަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު އޮންނާނެ ތާރިޚަކާއި ތަން، އިޢުލާނުގެ މުއްދަތު ހަމަވާތާ މަސައްކަތު 10 ދުވަހުގެ ތެރޭގައި އެންގޭނެއެވެ.

ނޯޓު: މިވަޒީފާއަށް އެދިފައިވާ ޝަރުޠު ހަމަވާ ފަރާތްތަކުގެ އަދަދު 15 އަށް ވުރެ ގިނަނަމަ ތަޢުލީމާއި ތަމްރީނަށްބަލައި 15 ފަރާތް ޝޯޓްލިސްޓް ކުރެވޭނެއެވެ.

އިތުރު މަޢުލޫމާތު:

އިތުރު މަޢުލޫމާތު ހޯއްދެވުމަށް 3323815 ނަންބަރު ފޯނަށް ގުޅުއްވުން އެދެމެވެ.

ހުށަހަޅަން ޖެހޭ ތަކެތި:

  • ފުރިހަމަކުރެވިފައިވާ އެޕްލިކޭޝަން ފޯމު (މި ފޯމު ޑިޕާޓްމަންޓް އޮފް ނޭޝަނަލް ރެޖިސްޓްރޭޝަން ގެ ކައުންޓަރުންނާއި ވެބްސައިޓް www.dnr.gov.mv އިން ލިބެން ހުންނާނެއެވެ.)
  • ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ
  • މުއްދަތު ހަމަނުވާ ދިވެހިރައްޔިތެއްކަންއަންގައިދޭކާޑުގެކޮޕީ
  • ވަޒީފާއަށްކުރިމަތިލާފަރާތުގެވަނަވަރު. (ގުޅޭނެ ނަންބަރާއި އީމެއިލް އެޑްސް އެގޭ ގޮތަށް)
  • ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން، ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާ މެދު އިއުތިރާޟެއް ނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުމެއް.
  • ސިވިލް ސަރވިސްގައި ވަޒީފާ އަދާކުރަމުންދާ މުވައްޒަފުން، އެ މުވައްޒަފުންގެ މަސައްކަތުގެ ފެންވަރު ބެލުމުގެ ނަތީޖާއާއި، ހާޒިރީ އަދި މަސައްކަތުގެ އަޚްލާޤު ހުރިގޮތް ބަޔާންކޮށް، ވަޒީފާ އަދާކުރާ އޮފީހުން ދޫކުރާ "މުވައްޒަފުގެ މަސައްކަތުގެ ފެންވަރު ބެލުމުގެ ނަތީޖާއާއި ހާޒިރީ އަދި މަސައްކަތުގެ އުޅުމާއި އަޚުލާޤު ހުރިގޮތް ބަޔާންކުރާ ފޯމު".

ސުންގަޑި:

17 ނޮވެންބަރު 2014 ވާ ހޯމަ ދުވަހުގެ 14:00 ގެ ކުރިން ޑިޕާޓްމަންޓް އޮފް ނޭޝަނަލް ރެޖިސްޓްރޭޝަން (ހ. ވެލާނާގެ ހަތަރުވަނަ ފަންގިފިލާ )

11 މުޙައްރަމް 1436

04 ނޮވެންބަރު 2014